އަޑުބަރޭ: ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސާބިތުވެ 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި.-- ފައިލް ފޮޓޯ: މިހާރު
22 ފެބުރުއަރީ 2022 - 10:44
ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވެ، އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް ޖަލަށްލި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހުކުމް ތަންފީޒުކުރަމުން ގެންދަނީ ހުޅުމާލެ ޖަލުގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އަލީ ވަހީދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަސްހަދަށް 15 ދުވަހުގެ ޖަލު ހުކުމެއް ޣައިރު ހާޒިރުގައި އިއްވީ މި މަހުގެ ދެ ވަނަ ދުވަހު އޭނާ އިނގިރޭސި ވިލާތުގައި ހުއްޓަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އަޑުބަރޭ ރާއްޖެ އައިސް އަމިއްލަ އަށް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެހެންވެ.
އަޑުބަރޭގެ ހުކުމް ތަންފީޒު ކުރަން ބަހައްޓާފައި ހުރީ ހުޅުމާލެ ޖަލުގައިކަން "މިހާރު" އަށް ކަށަވަރުވި ނަމަވެސް ޖަލުތަކާއި ކުށްވެރިން ބަލަހައްޓާ އިދާރާ އިން އެކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. އަޑުބަރޭ ބަންދުކޮށްފައި ހުރި ޖަލެއް ވެސް ނުބުންޏެވެ.
އަޑުބަރޭގެ މައްޗަށް އައި ހުކުމް ތަންފީޒުކޮށް، އަންނަ މަހުގެ ފަހެއްގައި ނިމޭއިރު، އޭނާ ބަހައްޓާފައި ހުރި ހުޅުމާލެ ޖަލުގައި ބަންދުކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ބިދޭސީންނެވެ.
ޕާސްޕޯޓް ދޫކޮށް، ބޭސްފަރުވާ އަށް އަލީ ވަހީދު "ފުރުވާލީ" ކަމުގެ ތުހުމަތު ކުރިއިރު، ހުކުމް އިއްވުމުގެ މައްސަލަ ތާވަލް ކޮށްފައި ވަނިކޮށް އަޑުބަރޭ ރާއްޖެ އިން ފުރީ ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރެފައި އޮއްވަ އެވެ. އެކަމަކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނުނެރެ އެވެ.
އަޑުބަރޭ މައްޗަށް ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން ޖާމިނުވި މީހާ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.
ރެޑް ނޯޓިސްއެއް ނުވަތަ ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތް ނަމަ އެވެ. އަލީ ވަހީދު ދިރިއުޅުއްވާ އިނގިރޭސި ވިލާތާއެކު އެފަދަ އެއްބަސްވުމެއް ނެތުމުން އޭނާ ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ.
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި އަޑުބަރޭ މިހާރު 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި ނަމަވެސް އަލީ ވަހީދަށް ޖާމިނުވުމުގެ އެއްބަސްވުމާ އަޑުބަރޭ ހިލާފުވެފައި ވާތީ، އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވެ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަދި މީޑިއާ އޮފިޝަލްް އަހްމަދު ޝަފީއު މިދިޔަ ހަފުތާގައި ވިދާޅުވީ ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ލިއުމުން ދެ ފަހަރަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި ޝަރީއަތުގައި އަނގަބަހުން ވެސް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ގޮތެއް ނިންމާފައި ނުވާތީ ދެން އޮންނަ ޝަރީއަތެއްގައި ވެސް އެކަން ޕީޖީ އޮފީހުން އެކަން ހުށަހަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
24 February 2022
ކޮވިޑް ކުރީ ކޮޅު ކަރަންޓީނު ވެސް ވާން ޖެހުނު ތިއަށް ވުރެ ގިނަ ދުވަހު! މަ އޮތިން ކަރަންޓީނޭ ކިޔާފާއި ފާޑެއްގެ ރަށެއްގައި 3 ހަފްތާ ބަންދުގަ!
އެހެންވީމަ
23 February 2022
ހުޅުމާލެ ޖަލުގައި އަޑުބަރޭ ބަހައްޓާނީ އުމުރުން ދުވަސްވީމަ ނޫނީ ބިދޭސީއަކަށްވީމަތާ. ނޫސްވެރިން އޮޅުންފިލުވާލިނަމަ މިދެކަމުން ކުރެ ކޮން ބަޔަކަށްތޯ އޭނަ ފެތެނީ.
ބޮޑުމީހާ
22 February 2022
މިދެން އަޖައިބެއް! އިންސާފާއި ހަމަހަމަކަމަކީ ބޮޑުންނަށް އެކަނި ލިބޭ އެއްޗެއް! ބަލަ ކުށްކުރީމަ ލާންވީ އެހން މީހުންވެސް ލާޖލަށ.
ހަސަނަ
22 February 2022
ޖާމިނުވީމާ ކުށްވެރިޔާ ފޮނުވާލީ، އޭނަ ނައިމަ ޖާމިނުވި މީހާ ހަފްތާއަކަށް ޖަލަށް ލީމަ ނިމުނީ. ޖާމިނުވީ މީހާވެސް ކުށްވެރިޔާވެސް މިނިވަންވީ. ސަޅި
120687
22 February 2022
ޖާމިނު ވީމާ ނިމުނީ. ޖާމިނުވީ ކަންތަކަށް ތަބާނުވީމާ ހުރިހާ ތުރާލެއް ރައްޔިތުންގެ ޓެކުސް ފައިސާއަށް. ކޮންމެ ޕްރޮސެސްއަކީ ވެސް ޚަރަދު ހިނގާ ކަމެއް. މި ފަދަ ކަންކަމުގެ ބުރަ ޓެކުސް ފަައިސާއަށް އުފުލަންޖެހިގެން ނުވާނެ. އަހަރުމެން ޓެކުސް ދައްކަނީ ކަލޭމެން އެއިން ބަތްކައްކާ ކުޅޭކަށް ނޫން.
ސަމަންދަރު
22 February 2022
ހުޅުމާލޭ ޢެމީހުންގެ ގޭގަ ތޯ
އޮނަރަބްލް އަފީފު ދީދީ
22 February 2022
ކީއްވެތޯ އޭނާގެ ޙުކުމް ތަންފީޒު ކުރަން ލަންޑަނަށް ނުވަތަ މަހުޜޫމް ދޮހޮއްކޮ ވިދާޅުވިފަދައިން މައްކާއަށް ފުނުވާނުލީ؟! ޤާނޫނަކީ އެފްރިކާގެ ފަޤީރު ޤައުމތތަކާއި އަހަރުމެން ރާއްޖެފަދަ ޤައުމުތަކުގައި ވަރަށް ތަފާތު އެއްޗެއް.
އިސްމާލި
22 February 2022
ހުޅުމާލެ ޖަލޭ ތި ބުނީ އަދީބުވެސް ހުންނަ ވަން އެވެނިއު ޖަލު ތަ؟
120687
22 February 2022
ފިނި ކޮޓަރިކޮޅެއް ތައްޔާރުކޮށްލައްވަން ފެނޭ.
ކުޗީ
22 February 2022
ދެން ގިޓަޔެއް ދީފަ ޕެންޓް ހައުސްއެއްގަ ބާއްވަންވީނު ...