އޭނާ ބުނި ގޮތުގައި 1986 ވަނަ އަހަރުން ފެށިގެން 2005 އާ ހަމައަށް ކޮންމެ އަހަރަކު އެ ދެމަފިރިން ރާއްޖެ އައިސްފައި ވާނެ. އަދި ފަހުން ކޮންމެ ތިން މަހަކުން ރާއްޖެ އާދޭ.
މެރިއެން (މަރިއަން): ރާއްޖެއަަށް ކޮންމެ ތިން މަހަކުން އާދޭ-- ފޮޓޯ: މިހާރު
25 ފެބުރުއަރީ 2022 - 16:52
އިނގިރޭސި ވިލާތު މީހެއް ކަމަށްވާ މެރިއެން ހާޓިގަން (މަރިއަން) އެންމެ ފުރަތަމަ އައީ 1986 ވަނަ އަހަރު އޭނާގެ ފިރިމީހާ އެލެން ހާޓިގަންއާ އެކުގަ އެވެ. އޭނާއަށް ވެސް ވީ ގޮތަކީ އެހެން ޓޫރިސްޓުންނެކޭ އެއްގޮތަށް ރާއްޖޭގެ ރީތިކަން ފެނި ރާއްޖެއަށް ހިތް ދެވުނީ އެވެ.
މިހާރު އުމުރުން 73 އަހަރުގެ މަރިއަން އައްޑައަށް ކުރި ފުރަތަމަ ދަތުރަށް ފަހު އުފެދުނު ގުޅުމަށް މެދުކެނޑުމެއް ނާދެ އެވެ. އޭނާގެ ފިރިމީހާ (އޭރުގެ ލޯބިވެރިޔާ) އަކީ 1971 ވަނަ އަހަރު ގަމުގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސްގެ މީހުން ތިބި އިރު އެއާ ޓްރެފިކް ކޮންޓްރޯލާއެއްގެ ވަޒީފާ އަދާކުރި މީހެކެވެ. މަރިއަން އަށް އެންމެ ފުރަތަމަ ރާއްޖޭގެ ރީތިކަމުގެ ވާހަކަ ކިޔައިދިނީ ލޯބިވެރިޔާގެ ސިޓީތަކުގަ އެވެ.
ރާއްޖެއާ ބެހޭ ގޮތުން ލޯބިވެރިޔާ ކިޔައިދެމުން ދިޔަ ވާހަކަތަކަށް ފަހު ރާއްޖެއަށް މަރިއަން ކުރި ފުރަތަމަ ދަތުރުގައި ވެސް ދިމާވީ އުފާވެރި އިއްތިފާގުތަކެކެވެ. ދެމަފިރިންގެ ގޮތުގައި ރާއްޖެ އައިސް ހުރި، ގަމުގެ އޯޝަން ރީފް (މިހާރުގެ އީކުއޭޓާ ވިލެޖު) އިން ލިބުނީ 101 ނަންބަރު ކޮޓަރި އެވެ. އެއީ އެތަނުގައި ރޯޔަލް އެއާފޯސް އޮތް އިރު އެލެން ހުރި ކޮޓަރި އެވެ.
މަރިއަން ބުނީ އޭނާގެ ނަމުގެ ފަހަތުގައި ވެސް "ގަން" އޮންނަ ކަމަށާއި އެކަން ވެސް ފާހަގަކުރެވުނީ ރާއްޖެ އައުމުން ކަމަށެވެ. އޭނާ އަށް ވިސްނުނީ މިއީ ރާއްޖެއާ އޮތް ގުޅުން ވަރުގަދަ ކަމުގެ ނިޝާނެއްގެ ގޮތުގަ އެވެ.
"އަހަރެންގެ ފިރިމީހާ ހުރީ ރޫމް 101 ގައި. އަހަރުމެން ކައިވެނިކޮށްގެން އައި ފުރަތަމަ ދަތުރުގައި އިއްތިފާގުން ހަމަ ލިބުނީ އެ ކޮޓަރި. އޭގެ ފަހުން އަހަރެން އަބަދުވެސް އައިސް ތިބެނީ އެ ކޮޓަރީގައި،" މަރިއަން ބުންޏެވެ.
މަރިއަން، އޭނާ އާއި އޭނާގެ ފިރިމީހާ އެންމެ ފުރަތަމަ ރާއްޖެ އައިސް ތިބި ކޮޓަރީގެ ބޭރުގައި: އޭނާ ގަމަށްދާ ކޮންމެ ފަހަރަކު ހުންނަނީ މި ކޮޓަރީގައި-- ފޮޓޯ: މިހާރު
މަރިއަން ރާއްޖެއަށް އައި އަދަދެއް ވެސް އޭނާއަށް ވެސް ކުއްލިއަކަށް ބުނެދޭކަށް ނޭނގެ އެވެ. އޭނާ ބުނި ގޮތުގައި 1986 ވަނަ އަހަރުން ފެށިގެން 2005 އާ ހަމައަށް ކޮންމެ އަހަރަކު އެ ދެމަފިރިން ރާއްޖެ އައިސްފައި ވާނެ އެވެ. އެކަމަކު އޭގެ ފަހުން ދިމާވި އެކްސިޑެންޓެއްގައި 2006 ވަނަ އަހަރު ފިރިމީހާ މަރުވުމުން އޭނާގެ ހަދާންތަކާ އެކު ކޮންމެ އަހަރަކު، ތިންމަހުން ތިންމަހުން ރާއްޖެއަށް އަންނަ ކަމަށް އޭނާ ބުންޏެވެ.
ފިރިމީހާ ވަކިވިޔަސް ރާއްޖޭގައި މަރިއަންއަށް އޭނާގެ ފިރިމީހާއާ އެކު ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކުރެވެ އެވެ.
"ރާއްޖެއަށް އައުމުން ފިރިމީހާ ކައިރީގައި ހުންނަ ފަދަ އިހުސާސެއް ކުރެވޭ. ދެމީހުން އެކުގައި ހޭދަ ކުރި ވަގުތުތައް ހަނދާން އާވޭ. އެހެންވެ، މިހާރު ވެސް އަހަރެން ގަމަށް އައިސް ރޫމް 101 އެއީ އަހަރެންގެ ކޮޓަރި،"
މިހާތަނަށް މަރިއަން އެތައް ފަހަރަކު ގަމަށް ގޮސްފައިވާއިރު އައްޑޫގެ ގިނަ ބަޔަކު އޭނާ ބަލައިގެންފައިވަނީ އައްޑޫގެ ރައްޔިތެއްގެ ގޮތުގަ އެވެ. އޭނާ ވެސް ގަބޫލުކުރަނީ އެހެންނެވެ.
ރޯޔަލް އެއާފޯސްގެ ދުވަސްވަރު އެލެންގެ "ވޮޝާ" (އަންނައުނު ދޮންނަ މީހުން) ގެ ގޮތުގައި މަސައްކަތް ކުރި ގަމު މީހާގެ އާއިލާއާ އަދިވެސް މަރިއަންގެ ގުޅުން އޮވެ އެވެ. އެ އާއިލާ އަކީ އަމިއްލަ އާއިލާގެ ގޮތުގައި އޭނާ ދެކޭއިރު އެ ގޭގެ އެންމެ ހަގު ފިރިހެން ކުއްޖާއަށް ނަން ދީފައިވަނީ ވެސް މަރިއަންގެ ފިރިހިމީހާ، އެލެންގެ ނަމުންނެވެ.
"އެއީ ހަމަ އަހަރެންގެ އަމިއްލަ އާއިލާ މިހާރު. އަހަރެންގެ ދަރިންނާއި މާމަ ދަރިން. އެ އާއިލާއާ ގުޅުން ބަދަހިކުރުމުން އެނގުނީ އެގޭގެ ބައްޕައަކީ ވެސް ރޯޔަލް އެއާ ފޯސްގައި އަހަރެންގެ ފިރިމީހާއާ އެކު މަސައްކަތްކުރި މީހެއްކަން،" މަރިއަން ބުންޏެވެ.
މަރިއަން އޭނާއާ ރާއްޖެއާ އޮތް ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަނީ. -- ފޮޓޯ: މިހާރު
މަރިއަންގެ އަސްލު ނަމަކީ މެރިއެން ނަމަވެސް އޭނާއަށް މަރިއަން ކިޔަން ފެށީ ދިވެހިންނަށް ފަސޭހައިން ކިޔޭ ގޮތަށެވެ. ގަމުގެ ގިނަ މީހުންނަށް އޭނާ އެނގޭނީ މަރިއަންގެ ގޮތުގަ އެވެ. އޭނާ ވެސް އެދެނީ ދިވެހިން އެގޮތަށް އޭނާއާ މުހާތަބު ކުރާށެވެ.
ރާއްޖެއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މަރިއަން ވަނީ ދިވެހި ބަސް ވެސް ދަސްކޮށްފަ އެވެ. އޭނާއަށް ބައެއް ބަސްތައް ރަނގަޅަށް ކިޔަން ނޭނގުނަސް ދިވެހިން ލިޔަން ކިޔަން އެނގެ އެވެ.
"އަހަރެންގެ އެކްސެންޓް ހުންނަ ގޮތުން ބުޅާ ކަހަލަ ބަސްތައް ކިޔަން އުދަނގޫ. އެހެން އަރެން ކިޔައިފިއްޔާ މާމަދަރިން މާމަ ތިކިޔަނީ ބްލާ ބްލާއޭ ކިޔާ މަޖާ ވެސް ކުރާނެ. އަހަންނަށް އެކަމަކު ލިޔަން ވެސް އެނގޭނެ ލިޔެފައި ހުންނައިރު ކިޔަންވެސް އެނގޭނެ،" ދިވެހި އާއިލާއާ އޮންނަ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން މަރިއަން ބުންޏެވެ.
މަރިއަން އަންނަނީ ދަނޑުވެރިކަމާއި ނިއުޓްރިޝަނާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ. ދެކުނުގެ ބައެއް ރަށްތަކުގައި އޭނާ މަސައްކަތް ކުރި ނަމަވެސް ބޮޑަށް ދިރިއުޅެނީ ގަމުގަ އެވެ.
އައްޑޫގެ ތާރީހާއި ސަގާފަތާ ގުޅުންހުރި ގިނަ ކަންކަންވެސް މަރިއަން އަށް އެނގެ އެވެ.
މަރިއަން ގަބޫލުކުރަނީ އޭނާއަކީ އެހެން ގައުމަކަށް އުފަންވިޔަސް ދިވެއްސެއް ކަމަށެވެ. އޭނާ އެދެނީ ރާއްޖޭގެ ސަގާފަތާއި ތާރީހު ދަމަހައްޓާށެވެ.
"އަހަންނަނީ 'ސްޕްރިޗުއަލީ' ދިވެއްސެއް. އަހަރެން މި ގައުމު ދެކެ، ދިވެހިން ދެކެ ވަރަށް ލޯބިވޭ،" މަރިއަން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގާރު
02 March 2022
އަހަރެމެން ދެކެން ތިނަދޫއާ ގުޅުންހުރި ހަބަރުތައްވެސް. އަދި ތިނަދޫ މީހުން މިތަނުން މިފެންނަފާޑު ކޮމެންޓުކުރާއްޗެއް ނުފެނޭ. ތިނަދޫ ކުރިކަހަލަ ތަޖުރިބާއެއް އައްޑޫ މީހުނަށް ކުރެވިފަ އޮތްނަމަ ތިބެން ނުކުޅަދާނަވީސް. އައްޑޫ މީހުން ކޮންމެކަމެއް ވާއިރަށް މާ އެހެން ބަޔަކަށް ވެގަނެ ދެންތިބި ދިވެހިންނަށް ވުރެ މޮޅު ހާއްސަ ބައެއްކަމަށްވެ މާބޮޑު ބޭއިންސާފަކާ އަނިޔާއެއް ލިބޭބައެއްކަމުގެ ތުކިތަޅުވާވަރުން މަ ފޫހިވޭ އައްޑޫއޮތްކޮޅަށް ބޯ ލާންވެސް.
އޮނަރަބްލް އަފީފު ދީދީ
26 February 2022
މެރިއެން ހާޓިގަންގެ ބައިލޮޖިކަލް އާއިލާ އައްޑޫގައި ނެތްކަމުގައިވިޔަސް އައްޑޫ އާއިލާއަކާއި އަދި އައްޑުއާއިދޭތެރޭ މެރިއެން ހާޓިގަންގެހިތުގައި އުފެދިފައިވާފަދަލޯތްބާއި ގާތްކަމެއް އިޤިރޭސިދައުލަތާއި އިޤިރޭސި ރައްޔިތުންދެކެ އައްޑޫމީހުންގެ ހިތުގައިވެސް ވަނީ އުފެދި ބިންވަޅު ނެގިފައި. # އޭރާއި މިހާރުގެ ޖީލަށް ވެލިކަމުގައިވިޔަސް "މިވަގުތު އަހަރުމެން އެބައެއްގެ ދަށުވެފައިތިބި މީހުނަށްވުރެންބޮޑަށް" އައްޑޫމީހުން ގަދަރުކޮށް ތާއީދު ކުރަނީ އިޤިރޭސި ދައުލަތަށް.
ބިސް
26 February 2022
އިނގިރޭސި ރައްޔިތުންނާއި އިނގިރޭސިދައުލަތް އެއީ ދޭއްޗެއް...ގަމުގަ ތިބި އިނގިރޭސި ދައުކަތުން ކަނޑައަޅާފަ ތިބި މަސައްކަތުމީހުން ދެކެ އައްޑޫ މީހުންކިތަންމެ ލޯބިވިޔަސް އިނގިރޭސި ދައުލަތަކުން ނޫޅޭ އައްޑޫ މީހުނަކާއިގެންނެއް. ޭޭޭޭަޭޭޭޭޭޭަޭޭޭޭޭަޭޭޭޭޭޭަޭޭޭޭޭަޭޭޭޭޭޭަޭޭޭޭޭަޭޭޭޭސޭކުންތަކެއް!
ހޮޅުދޫ.
26 February 2022
ބިސް ތިޔަބުނާ ގޮތަކަށްނޫން ދީދީ ލިޔެފައިި އޮތީ. އޭނާ ބުނެފައި އެބައޮތް އިޤިރޭސި ރައްޔިތުންނާއި ދައުލަތުގެ ވާހަކަ ވަކިވަކިމް. ބިސްއަށް ތިއޮތީ އެކަން އޮޅިފަ. ގަމުގައި ތިބީ އިޤިރޭސި ދައުލަތުގެ ސިފައިން . މަސައްކަތު އިގިރޭސި ލޭބަރުންނެއް ގަމަކު ނޫޅޭ.ލޭބަރުންނަށް ގެނެސްފައިތިބީ ލަންކާ އިންޑިޔާ ޕާކިސްތާޏް މީހުން.
ޙަސަން އަޙްމަދު
02 March 2022
މަރީއޭންގެ އިހްސާންތެރިކަމާ ގަމުގައި ތިބި އިނގިރޭސީން ފަރުދީ ހައިސިއްޔަތުން ތަނުގެ މީހުންނާ މެދު އޮތް ގާތްކަމާއި އޯގާތެރިކަމަށް ޝުކުރުއަދާކުރުމަކީ ރަނގަޅު އިންސާނީތަބީއަތް. އެކަމަކު ތިޔަފާޅުކުރި ޝުޢޫރުން ތަރުޖަމާވަނީ ދިވެންގެ ގިންތިންނެއްޓިގަނެ އިނގިރޭސިއަކަށްވާން ބޭނުންވެފައިހުރިކަމުގެ ޝުޢޫރު. ދިވެހިންނަކީ ދިވެހިން އިނގިރޭސިންނަކީ އިނގިރޭސިން. އިންސާނީ ދެދަރިފަސްކޮޅެއް މިއީ. އޮންނަންވީ އިންސާނީ އުޚުއްވަތްތެރިކަން. އޭގެތެރެއަށް މީތި ގިރުމެއްނޫން.
ދުރުމި
25 February 2022
އޭނާ ދެން މުސިމަކަށް ހޭދޭތޯ ބަލާބަލަ ކޮންމެވެސް މީހަކު އާޚިރަތުގައި ވަރަށް ގިނަ ގުނަ ސަވާބު އާއި ދަރުމަ ލިބިގެން ދާނެ.
ެރަނީ
25 February 2022
އޭނާގެ ރިލިޖިއަސް ބިލީފް އާ ކުޅެން ނުހަދާ.
ބޮރަކ
25 February 2022
ހަންފެތުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ
ވަހިން
25 February 2022
އޭނައަށް ހެޔޮ އެދެންޏާ ޖެހޭނެ ހައްގު ދީން ބުނެދޭން.
ކުޅެނީކީ ނޫން
25 February 2022
އޭނައަށްވެސް ރަނގަޅު ގޮތް ބުނެދޭންވާނެ، ހޯމް ސްޓޭގސްޓޭގެ ބޭނުމަކީވެސް އެއީ
ޒާހިރުބެ23
25 February 2022
ވެރީ ނައިސް ލޭޑީ. ޢައި ހެވް މެޓް ހަރ ސެވެރަލް ޓައިމްސް. މަރިއަން އަކީ ދިވެއްސެއް.
މުހައްމަދު.
25 February 2022
މަރިޔަމް އަކީ އައްޑޫ މީހެއް. ޝީ އިޒް އައްޑުއަންސް.
ސިމްޕަލް
25 February 2022
ފުރަތަމަ ފޮޓޯގައި މަރިއަން އުނދޯލީގައި އިށީދެ ލައިގެން އިންނަ އިރު ވަށައިގެން ތިޔަ ފެންނަ ހިތްފަސޭހަ މަންޒަރަކީ ހަމަ ކޮންމެ އިންސާނަކަށްވެސް ހިތަށް ފިނިކަން ލިބި، އެތަނަކަށް ލޯބި ޖެހޭ ފަދަ ރީތި މަންޒަރެއް. އަހަރުމެންވެސް ކުޑައިރު ހޭދަ ކުރީ ތިޔަފަދަ އުނދޯލީގޭތަކުގައި، ކަޅުބުޅާ ނާދޭ، މިގެއަށް ނާދޭ ފަދަ "ނާނާ" އަޑުއަަހަމުން. އެއީ އެންމެ އުފާވެރި ހަނދާންތައް.
އޮނަރަބްލް އަފީފު ދީދީ
25 February 2022
އައްޑުއަކީ މުޅިން ތަފާތު ޓްއަރިޒަމެއް އާލާކޮށް ހިންގިދާނެ ފުރުސަތުއޮތް ތަނެއް. ފަޅުރަށްތައް މަދުކަމުގައިވިޔަސް އައްޑޫމީހުންގެ ހުނަރާއި ހޭލުންތެރިކަމާއި އަދި އެމީހުންގެ ހަރުދަނާ ވިސްނުމާއި އެއްވަރަށް އައްޑުއަކީ ޖިއޮގްރަފިކަލްގޮތުން ރަނގަޅު ސަރަޙައްދެއްގައިއޮތް ކަނޑުގެ ދިރުމާއި ފެހިކަންގަދަ ރީތި ހިތްގައިމު އަދި ދޫނިތަކަށްވެސް ރައްކާތެރި "އެންމެންގެ ސިޓީއެއް" ފަދަ ހިތްހެޔޮބަޔަކު ދިރިއުޅޭތަނެއްކަން މެރިއެން ހާޓިގަންގެ ވާހަކައިންވެސް އެގިގެންހިގައްޖެ.
ބުލާގެބުޅާ
25 February 2022
އައްޑުއަކީ ދޫނިސޫފާސޫއްޕަށް ރައްކާތެރިތަނަކަސް އިންސާނުންނާއި އިންސާނުންގެ މިލްކިއްޔާތައް ރައްކާތެރި ތަނެއްނޫން.. މި ބުނި އެއްޗެއް ސާފުވެދާނެ ކަމަށް އުއްމީދުކުރަން ހޮނަރަބަލް
ހަސަދަވެރިކަން
26 February 2022
ކަލޭގެ ތިހުންނަނީ ޖާހިލުންގެ ވިސްނުން. އައްޑޫގައި 30 ހާސް ރައްޔިތުން ދިރިއުޅެނީ އެއީ ރައްކާތެރިތަނެއް ނުވީމަތަ؟ އެއީ އަނެއްކާ އިންސާނުންނެއް ނޫންތަ؟ އިންސާނުންގެ ތެރެއިން މާތްބައެއް އުޅޭކަމަށް ގަބޫލުކުރާ ބަޔަކު މެދުއިރުމަތީގައި އުޅޭނެ. ތިގެންގުޅެނީ އެވިސްނުން. އިންސާނުން މާތްވަނީ އެމީހުންގެ ތަގުވާވެރިކަމުގެ މައްޗަށް ބިނާވެގެން. ހަސަބާއި ނަސަބާއި ކުލައާއި ފައިސާވެރިކަމާއި އުފަންވިތަނަށް ބަލައިގެނެއް ނޫން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
25 February 2022
މަށަށްހީވަނީ އެތަށްދިވެހިންނަކަށްވުރެ މަރިޔަން މިގައުމުދެކެ ލޯބިވޭކަންނޭގެ. ވަރަށް ގިނަދިވެހިން މިގައުމު ކަޑަވާހަކަދައްކާވާހަކަ އަޑުއިވޭ. ކޮބާ އެބުނާ ކަޑަނޫންގައުމަކީ؟ ސިންގަޕޫރަކީ އާސަންދައޮންނަ ގައުމެއްނޫން. އާސަންދައާނުލާ ދިވެއްސަކަށް ދިރިހުރެވިދާނެބާ؟
އޮނަރަބްލް އަފީފު ދީދީ
25 February 2022
މެރިއެން ހާޓިގަން ބުނެފައިވާގޮތުން މާލޭމީހުން ފާހނަގަކުރާ ފަތުރުވެރިކަމުގެ 50 އަހަރާއިއެއްވަރަށް އޭނާވަނީ އައްޑުއަށް ދަތުރުކޮށްފަ. # އެކަމަކު 1986 - 2005 މެދުކެޑުމެއްނެތި ކޮންމެއަހަރަކު ދަތުރުކޮށް އަދި 2006 އަހަރުންފެށިގެން ކޮންމެ 3 މަހަކުން ދަތުރުކުރި މެރިއެން ހާޓިގަންގެ ދަތުރުތަކުގެމައުލޫމާތު މާލޭސަރުކާރަށް އެގިވަޑައިނުގަންނަވާތީތޯ އެންމެކުޑަމިނުން ވަޒީރުވެސް މެރިއެން ހާޓިގަން އާއި ބައްދަލުނުކުރީ؟! މިއީވެސް "ތަފާތުކުރުން" މިތަނުގައިއޮތް ދަރަޖަ.
ކަތީބްބެ
25 February 2022
ސަރުކާރަށް އެނގޭކަށްނުޖެހޭނެ. އައްޑުއަށް އެވަރަށްދާމީހެއްގެ މައުލޫމަތު ކަލޭކީއްތަވާނީ ސަރުކާރާ ހިއްސާކޮށްލިއްޔާ.
ބައްޑާ ބައްޑާ
25 February 2022
ކަލޭ މާލެއާ މާބޮޑަށް އަޅައިގަނެގެން ތިއުޅެނީ ކަލޭ ބޭނުން ވަނީތަ އައްޑޫއަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރަން؟
ވަރަށްވެދުން
26 February 2022
ބައްޑާއަށް. ތިކިޔާ ބައްޑާއަކީ އައްޑޫއާއީ އެއްވެސް ގުޅުމެއްއޮތް އެއްޗެއް ނޫން. ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބަޔަކު އޭރުގެ ޖީލުތަކައް ވިސްނައިދީފައިއޮތް އެއްޗެއް. ތިޔަ ބައްޑާއެއްގެ ވަޒަނެއް އައްޑޫގެ އެތެރެވަރިއަކަށް ނާރާ. އޭގެ ބަދަލުގައި އެމީހުން ބަޑިޖެހީ ފުވައްމުލަކަށާއި ތިނަދޫއަށް. އެދެރަށުގެ މީހުން "ގަލޮ ބައްޑާ" ވިޔަސް "ގޫބައްޑާ" ވިޔަސް ގޮވީ. ދެން ވެރިރަށް ބަދަލުކުރުމަކީ ތަރައްގީއަށްޓަކައި މިޒަމާނުގައި ކޮށްއުޅޭކަމެއް. މައުލޫމާތު ހޯދާ
ސަބީރު
02 March 2022
ހުރިހާ ކަމަކީ އައްޑޫ މީހުން ތަފާތުކުރުމުގެ ރޭވުމަކުން ހިނގާކަންކަމެއް ނޫން. އަދި މިތާކު ހޮލޮކޯސްޓެއް ވެސް ނުހިނގާ. ކަމެއް ވާއިރަށް ހޮލޮކޯސްޓު ކާޑު ތިޔަ ނަގަނީ. އިބުނު ބަތޫތާއަކީ ވެސް ސައްޔާހެކޭ ލިޔެފަ އޮންނަނީ. އެބަހީ ޓުއަރިސްޓެކޭ. މަރީއަނަށް ވުރެ ތަންކޮޅެއް ކުރިން އައި ޓުއަރިސްޓެކޭ މަހަނދާންވަނީ އެއީ ވެސް. ޓްއަރިޒަމްގެ ތާރީޚު ޖަހަން އެހިސާބަށް ދާންވީނުން؟ ނުވަތަ ޓުއަރިސްޓު ކިޔަނީ ދޮން އިނގިރޭސީންނަށްބާ ހަމައެކަނި؟
ރޫހީ
25 February 2022
ރޫހާނީ ގޮތުން ދިވެއްސެއް!