ޚަބަރު / ސ. ގަން

އައްޑު އާއި ހުވަދުއާ ދެމެދު ސީޕްލޭންގެ ދަތުރުތައް އަލުން ފަށަނީ

އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭންގެ ދަތުރުކުރުމާ ގުޅޭ ގޮތުން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނެޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. ގަމުގައި ގާއިމުކޮށްފައިވާ ސީ ޕްލޭންގެ ހިދުމަތަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ މެމްބަރުން ވެސް ބައިވެރިވައިގެންނެވި އެވެ.

ގަމާއި ހުވަދު އަތޮޅާ ދޭތެރޭ ސީ ޕްލޭންގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރި އިތު ހިދުމަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ އެވެ. އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވެސް އަންނަނީ ވަމުންނެވެ. މީގެ ސަބަބުން ދެކުނުގެ ޓޫރިޒަމަށް ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އައިއޭއެސް އާއި އޭއައިއޭ އިން ބުންޏެވެ.

މީގެ ކުރިން 2016 ގައި ވެސް ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑު އާއި ހުވަދުއާ ދެމެދު ސީ ޕްލޭންގެ ދަތުރުތަކެއް ފެށި އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެކަން ވަނީ ހުއްޓިފަ އެވެ. އަލުން އެ ހިދުމަތް ފަށާ އިރު އައިއޭއެސްގެ އެމްޑީ ވިދާޅުވީ އެ ކުންފުނިން އަންނަނީ ރާއްޖޭގެ ހިސާބުތަކުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން އެހީވަމުން ކަމަށެވެ. އެގޮތުން އަނެއްކާ ވެސް އަލުން ރާއްޖޭގެ އެންމެ ދެކުނުގައި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޓްކުރަން ފެށުންވެގެންދާނީ މި ސަރަހައްދުގެ ޓޫރިޒަމަށް އަންނާނެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

އައިއޭއޭ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ ކުންފުންޏެވެ،

އައްޑު އާއި ހުވަދު އަތޮޅަކީ ރިސޯޓްކާއި ގެސްޓްހައުސްތައް ވެސް ހިންގަމުން އަންނަ ދެ ސަރަހައްދެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ސަރަހައްދުގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެވެ. އެގޮތުން އައްޑޫގެ އެންމެ ދެ ރިސޯޓް މި ވަގުތު އޮތީ ވަގުތީ ބަންދުކޮށްފަ އެވެ. އެއީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ އިތުރުން ކެނަރީފް ރިސޯޓެވެ.

72 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

04 October 2020

އެސްޓީއޯއާއިއެކު 50 އަހަރުގެ ކޮންޓްރެކްޓެއް ހަދާ 80 މިލިޔަން ގެލަން ޖެޓްފިއުލް ސްޓޯރޭޖް ގަމުގައި ހަދާ ތެޔޮ ސަޕްލައިކުރުން ހަވާލު ކުރާންޖެހޭ. # ގަމުގައި ސިފައިން ތިބި ސަރަހައްދުހުސްކޮށް އިންފްލައިޓް ކޭޓަރިންއާއި އެއަރލައިން ލައުންޖް ތަކާއިއެކު މެނޭޖްކޮށް ހިންގާން ބީޗް ހިމެނޭ 600 ކޮޓަރީގެ ސިޓީ ހޮޓަލެއް ކޮންވެންޝަނަލް ހޯލާއިއެކު އިންވެސްޓަރ ފައިނޭންސް އުސޫލުން ތަރައްޤީކޮށް 90 އަހަރަށް ހިންގާނެ ބައިނަލް އަޤުވާމީ ޕާޓީއެއް ހޯދާ ހަވާލުކުރާންޖެހޭ.

The name is already taken The name is available. Register?

ކަތީބު.

04 October 2020

ތިހިރަ ކަންކަމަކީ އެއަރޕޯޓެއްގައި އެންމެ ފުރަތަމަ ޤާއިމް ކުރާން ޖެހޭ ކަންކަން. މާލޭ ސަރުކާރު ވަޒީރުން އައިސްގެން ހަފުލާ ބާއްވާއިރު އެމީހުން ހީކުރަނީކަން ނޭގެ މިތަނުގައި ތިބީ ޤަމާރުން ކަމަށް. ބަލަ ތިޔަ ކަނޑަށް ޖައްސާ ބޯޓް ނުޖެއްސޭނެ ފަޅެއް މިރާއްޖޭގެ އެއްވެސް ރަށެއްގައިނެތް. ފުރަތަމަ އެއަރޕޯޓް ތަރައްޤީ ކޮށްބަލަ

The name is already taken The name is available. Register?

މަސްވެރިޔާ

04 October 2020

360،000 ޓަނު ތެޔޮ؟ ތީދެން ފުކެއް ބޮޑުވަރު ދެއްތޯ؟ މާލޭ އިންޓަރނޭޝަނަލްގައިވެސް އަދި ހުރިކަމަށް އަޑުއިވެނީ 50،000 ޓަނު ވަރު.

The name is already taken The name is available. Register?

ކތ. މުހައްމާދީ.

04 October 2020

ތަރައްޤީ އަކީ ތިހެން ވާއެއްޗެއްނޫން .. ތަރައްޤީ ކުރެވޭނީ ތިގޮތަށް ކުކުޅުކާންވެގެން ބާއްވާ ހަފުލާތަކުގެ ބަދަލުގައި ކ.އަތޮޅު މާލެ ތަރައްޤީ ކުރާން މާލޭ ސަރުކާރުން ކަންކުރާގޮތަށް ފައިސާ ހޯދައި ކަންކަން ފަށައިގަނެގެން ކުރެވޭ ކަމެއް. ތިއީ ނޫސްތަކުގެ ސުރުޙީ ތަރައްޤީ ކުރާން ކުރާ ކަންކަން. ..

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 October 2020

ޓްއަރިޒެމްއާއި ބާނާ މަސްކޮޅު އެކްސްޕޯޓްކުރުމަށްވުރެން ފުޅާކޮށް ގޭންއެއަރޕޯޓާއިމެދު ވިސްނައި Strategic point ގެ ގޮތުން ގަން އޮތްތަނުގެ ބޭނުން ހިފާންޖެހޭ. # އޮސްޓްރޭލިއާ، ނިއުޒީލަންޑުން އެފްރިކާބައްރަށް ކުރާދަތުރުތަކާއި ބޮމްބޭ ޑިއްލީ، ބެންގަރލޯރ އިން ސައުތުއެފްރިކާއަށާއި ގަލްފްބައްރަށް ކުރާބައެއްދަތުރުތަކާއި ބީޖިންގ، ކޮންގކޮންގް، ޝެންގްހާއީ އިން އޮޝޭނިއާއަށް ކުރާދަތުރުތަކުގައި އަރާމްކޮށްލުމަށް ބޯޓާއި ފެސެންޖަރުން މަޑުކޮށްލާ ހިތްގައިމުތަނަކީ ގޭން ކަމުގައިހަދާންޖެހޭ.

The name is already taken The name is available. Register?

ގުޑު

04 October 2020

އަފީފު ދީދީގެ މި ޙިޔާލަށް އަހަރެން ވަރަށް ބޮޑަށް ތާއީދު ކުރަން. ޓްއަރިޒަމް އިން ލިބޭ ފައިދާ އަށް ވުރެން ދައުލަތަށް ފައިދާ ހުރި ގޮތަކަށް ގަން އެއަރޕޯޓް ބޭނުން ކުރުމަށްޓަކާ މިފަދަ ގޮތަކަށް އިސްކަން ދީގެން ގަން ތަރައްޤީކޮށް ގަމަކީ ޙަޤީގަތުގައިވެސް ޓްރާންސްސިޓް ހަބަކަށް ހެދުން ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެ.

The name is already taken The name is available. Register?

ކުރޮޅި ޢަލީ

04 October 2020

ސީ ޕްލޭން ދަތުރު ފަށާތީ އޭ ކިޔާ މަތިންދާ ބޯޓުގެ ދެބޯޓު ފުރާ މަޖިލިސް މެންބަރުން ތިތަނަށް ދަތުރު ކުރުމަކީ އެތަނަށް ގެންދިޔުމަކީ ވަގުތާ ޙާލަތާ ނުގުޅޭ ކަމެއް މުހިންމު ކަމެއް ނޫން އަދި ކޮވިޑުގެ މިޙާލަތުގައި ޤައުމު ރަނގަޅަށް މެނޭޖް ކިރުމުގެ ރޭޥުމެއް ނެތްކަމުގެ ހެތްކެއް މިކަމުގަ ތިކުރީ ވަރަށް ބޮޑު އިސްރާފެއް

The name is already taken The name is available. Register?

ނަޝީދު.

04 October 2020

އައްޑޫއިން ހުވަދޫއަށް ޑްރަގް ގެންދަންތޯ؟

The name is already taken The name is available. Register?

ޓަކަފިރޯށި

03 October 2020

ހުވަދޫ މ.ޑ.ޕ އަށްނިސްބަތްވާ މަޖިލީހު މެންބަރުން ދާއިރާގެ ހާލަތާ ވިންދު އެގޭވަރަށް ހަމަ "ސާބަހެވެ".އައްޑޫގެ ވަތަނީ ގަދަފަދަ ފަހުލަވާނުން ހުވަދޫގެ ގުދުރަތީ މުއްސަދިކަން ޝިކާރަކޮށްލައިފިއެވެ.

The name is already taken The name is available. Register?

ކޮންކޮން

03 October 2020

އައްޑޫ ކުދިން އަމިއްލަ މޮޅުކަމާއި ބޮޑާމާއި ފޮނިކަމުގައި ހުވަދޫއާއި ނުބެހި ސިންގަޕޫރާއި އިސްޓްރޭލިޔާއާ ދެމެދު ތިޔަކުރާ ދަތުރުތަކެއް ފަށާބަލަ. މާފައިދާބޮޑުވާނެ.

The name is already taken The name is available. Register?

ސާމިރު

03 October 2020

ގަން ކީއްކުރަންތޯ ފުވައްމުލަކުގައި އެއަރޕޯތް ހަދައިގެންވެސް ހުވަދޫ އަތޮޅު ރިސޯތްތަކަށް ފަސޭހައިން އަގުހެޔޮކޮށް ޓްއަރިސްޓުންނަށް އާދެވެނިކޮށް އަހަރުމެނަށް ނިމުނީ. އެއަރޕޮޓް އޮންނަ ރަށަކާއިމެދު އަހަރުމެން އަހަރުމެނަށް ތަޅާ ފޮޅާނެ ކަމެއްނެތް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

03 October 2020

ގެއްލުމުގަވެސް ފެޝާތި؟ ބަގުރޫޓްވަންދެން ހުއްޓާނުލާތި؟

The name is already taken The name is available. Register?

މަސްފަތަފޮޅި

03 October 2020

ފައްޔާޒަށާއި މިނިސްޓަރ މައުސޫމަށް ޝުކުރީއްޔާ. ކަންކަން އިގޭ މީހުނާއި ކަންކަން ޙަވާލު ކުރުމުން ކަންކަން ކުރާގޮތް އެބަފެނެއެއްނު. މި ދެބޭފުޅުންނަކީވެސް ހީވާގި ހިންގުންތެރި ބައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!