ހުވަދޫން ގަމަށް މޯލްޑިވިއަންގެ ދަތުރުތައް މާދަމާ ފަށަނީ

މާދަމާ އިން ފެށިގެން އައްޑު އާއި ހުވަދު އަތޮޅާއި ލ. އަތޮޅު ވައިގެ ދަތުރުތަކުން ގުޅައިލަން ނިންމައިފި އެވެ.


މިދިޔަ ބުރާސްފަތި ދުވަހު ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް މި ވާހަކަ ހިއްސާކުރައްވާފައި ވަނިކޮށް މޯލްޑިވިއަނުން ވަނީ ދަތުރުތަކުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ބުނެފަ އެވެ.

މޯލްޑިވިއަންގެ އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މިއަދު ވިދާޅުވީ ހަފުތާއަކު ހަ ދުވަހު އައްޑު އާއި ހުވަދުއާ ދޭތެރޭ ޝެޑިއުލް ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެއީ ކާޑެއްދޫ އެއާޕޯޓުން ތިނެއް، އަދި ކޫއްޑޫ އެއާޕޯޓުން ތިން ދަތުރެވެ.

މީގެ އިތުރުން މާދަމާ އިން ފެށިގެން ލ. އަތޮޅާއި އައްޑޫ ގަން އެއާޕޯޓް ދެމެދު ދެމެދު ހަފުތާ އަކު އެއް ދަތުރު ބާއްވަން ވަނީ ނިންމައިފަ އެވެ.

މި ދަތުރުތަކުގެ ޓިކެޓް މިއަދުން ފެށިގެން ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މީގެ ކުރިން ވެސް ހުވަދު އާއި އައްޑުއާ ދެމެދު ދަތުރުތަކެއް ބޭއްވި އެވެ. ނަމަވެސް އެ ދަތުރުތައް ފަހުން ވަނީ ހުއްޓާލައިފަ އެވެ.

މި ފަހަރު މިއީ އައްޑު އާއި ލ. އަތޮޅާ ދެމެދު ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.