ވިޔަފާރި / ރާއްޖެ-ޔުކްރެއިން

ރާއްޖޭގައި ތިބި ޔުކްރެއިންގެ ޓޫރިސްޓުންނަށް އެހީވާން ޓްރެވެލް އެޖެންޓުން އެދިއްޖެ

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި-- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި މިހާރު ތިބި ޔުކްރެއިނުގެ ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުގެ ޓްރެވެލް އެޖެންޓުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކިބައިން އެދިއްޖެ އެވެ.

އެ ގައުމުގެ ޓްރެވެލް އެޖެންޓުން މިގޮތަށް އެދުނީ ރަޝިއާ އާއި ޔުކްރެއިނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުތައް ހުއްޓިފައި އޮތުމުންނާއި ޔުކްރެއިނަށް ފައިސާ ފޮނުވުމުގައި ދަތިތަކެއް ދިމާވުމުންނެވެ.

ޔުކްރެއިނުން އެދުނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެ ގައުމުގެ މީހުންނަށް ރާއްޖޭގައި ތިބުމާއި ކެއުމާއި އަދި ނަފްސާނީ އެހީތެރިކަން މި ދުވަސްވަރު ފޯރުކޮށްދިނުމަށެވެ.

ޔުކްރެއިނުގައި ހިންގާ ރާއްޖޭގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ރިސޯޓް ލައިފްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު "މިހާރު" އަށް މިއަދު ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް ހިފެހެއްޓި އެއް މާކެޓަކީ އެ ގައުމު ކަމަށް ވާއިރު، މިއީ އޭގެ ބަދަލު ދޭންޖެހޭ ވަގުތު ކަމަށެވެ. މިހާރު ވެސް ބައެއް ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ޔުކްރެއިނުގެ ޓޫރިސްޓުންނަށް ހިލޭ ތިބުމާއި ކެއުން ހަމަޖައްސަދީފައިވާއިރު އެނބުރި ނުދެވި ތިބި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔުކްރޭންގެ ބޮޑު މާކެޓެއް ކަވަރު ކުރަނީ ރާއްޖެ. އެ ގައުމުން މި ދަނޑިވަޅު ފައިސާ ފޮނުވާނެ ގޮތެއް ވެސް ނެތް. މި ދަނޑިވަޅުގައި އަޅުގަނޑުމެން ބަލަންވީ އެ މީހުންގެ އަތުގައި ހުރި ފައިސާ ހުސްނުކޮށް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން،" ވަލީދު ވިދާޅުވި އެވެ.

"ޕެންޑެމިކް ތެރޭގައި ވެސް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ޔުކްރޭން ހިމެނޭ. އަދިވެސް ހާލަތު ރަނގަޅު ވެއްޖެ ނަމަ އެ މީހުން އަޅުގަނޑުމެންނަށް މުހިންމު. އެހެންވެ އަޅުގަނޑު އެދެނީ ފައިސާ އަށް ނުވިސްނައި މި ދަނޑިވަޅު ވެވެން އޮތް އެހީއެއް ޔުކްރޭން އަދި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް ވެދޭން."

ޔުކްރޭނާއި ރަޝިއާއާ ދެމެދު ހަނގުރާމަ ފެށުމާއެކު، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ރާއްޖޭގައި ތިބިި އެ ދެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. އެ ދެ ގައުމުގެ ޓޫރިސްޓުންނަށް ރާއްޖޭގައި ތިބެން ވިސާ އިތުރުކޮށްދޭއިރު، ކައިރި ގައުމަކަށް ދާން ބޭނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު ފަހިކޮށްދިނުމާއި ރާއްޖޭގައި އަގުހެޔޮކޮށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން މީގެ ތެރޭގައި ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މި ވަގުތު ޔުކްރެއިނުގެ 750 ޓޫރިސްޓެއް އަދި ރަޝިއާގެ 8،000 ޓޫރިސްޓުން އެބަތިއްބެވެ.

14 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖާހު

28 February 2022

މިވަގުތު ޓޫރިސްޓުން ގޮތުގަ ރާއްޖޭގަ ތިބި ރަޝިޔާ ރައްޔިތުން ' އެމީހުން އެދިއްޖެ ހާލަތެއްގައި' ވިސާގެ ލުއިގޮތް ތަކެއް ހޯދައިދެނުން އެދެން. ހަމަ އެފަދައިން ޔޫކްރޭން ރައްޔިތުން އަށްވެސް. . މެހްމާން ދާރީ އަދާކުރުމުގެ މިސާލަކަށް ދިވެހިން ވާން ވާނެ.

The name is already taken The name is available. Register?

120687

28 February 2022

.. އެ މީހުން އެދޭ މުއްދަތަކަށް. އަޅުގަނޑު ހިތުން މި ކަމުގައި ދިވެހި ވިޔަފާރިވެރިން ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިވެދޭނެ. މިއީ ރާއްޖެ އަކީ މެހުމާނުންގެ ހޭވަން އެއްކަން ސާބިތުކޮށްދޭންވީ ވަގުތު. ދިވެހިންނަކީ އަބަދުވެސް މެހެމާނުންނަށް ޚާއްޞަ އަޅާލުމަކާއި ލޯތްބާއި ގަދަރު ދެމުން އައި ބަޔެއް. 2/2

The name is already taken The name is available. Register?

120687

28 February 2022

މި ވަގުތަކީ އިންސާނީ އެހީތެރިކަމުގައި ރާއްޖެއިން އިސްނަގަންވީ ވަގުތު. މި ވަގުތު ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުން އައިސްތިބި ފަތުރުވެރިން ބޭނުން ނަމަ އެހެން ގައުމުތަކަށް ދިއުމުގެ ފުރުސަތު ދިނުން ރަނގަޅު. އެ ކަމަކު އެ މީހުން ބޭނުން ނަމަ ތިބުން ވެސް މައްސަލައެއް ނެތް ކަން ބުނެދޭނެކަން ޔަގީންކުރަން. އެ މެހެމާނުންނަށް ހިލޭ ސާބަހަށް ރާއްޖޭގައި ތިބުމުގެ އިންތިޒާމު ހަމަޖައްސައިދިނުން އެދެން. ހަނގުރާމަ ފިނިވެ ނިމެންދެން ނުވަތަ އެ ފަހުންވެސް.. 1/2

The name is already taken The name is available. Register?

ވަހީދު

28 February 2022

ސީރިއާގެ ދާޚިލީ ހަނގުރަމައިން ސަލާމަތްވާން އެގައުމުގެ ރައްޔިތުން އެކުގައުމުތަކަށް ހިޖުރަ ކުރިއިރު އެމީހުން ރާއްޖެ އައުމުން އަނބުރާ ފުނުވާލި ހަނދާންވޭ. ފައިސާއަށް ނުވިސްނަންވީ ވަކިބަޔަކަށްވީމަތޯ؟

The name is already taken The name is available. Register?

ގޮހޮރުބާން

28 February 2022

ަބަލަ ރަސިޔާގަ ހަނގުރާމަ އެއް ނުހިގާތާާ ރަސިޔާފުލަިޓުތަކުގަ ބޭނުންގާޑިޔަކުދެވޭނެތާ

The name is already taken The name is available. Register?

ނާގޯށި

28 February 2022

އެބައިމީހުން ތެރޭގަ މޮޅު ތަފާތު އިލްމުވެރިން ތިބޭނެ ބޭނުން ހިފަމާ

The name is already taken The name is available. Register?

އަލި މަނިކު

27 February 2022

250 މީހުން ދިއްގަރަށް ފޮނުވާލާ ... ތިންއިރު ކާންދީފަ ނިންދަވާނަން

The name is already taken The name is available. Register?

ލާމަސީލު

27 February 2022

ރަޝިޔާގެ 8000 ޔުކްރޭންގެ 750 ގެސްޓުން ރާއްޖޭގަ ތިބީމަ އިސްކަން ދޭންވީ ރަޝިޔާގެ ބޮޑު މާރކެޓަށް އެހީވެ ސަލާމަތް ކުރަން.

The name is already taken The name is available. Register?

ކޮރަލް

27 February 2022

މިއީ ނަމޫނާ ދައްކަން ވީ ވަގުތެވެ. އެމީހުންނަށް މިހާ ރު އެހީވާން ވީ އެމީހުން އާދޭސް ކުރީމަ އެއް ނޫނެވެ. އަމިއްލަ އަށް ފެނިގެންނެވެ.

The name is already taken The name is available. Register?

ޢިންސޫރެންސް

27 February 2022

ޢިންސޫރެންސް ކޮބާ ޢޭގެ ބޭނުން ހިފޭގޮތެއް ނުއިދޭ ބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454