މެރީޑިއަމްގެ ވެރިޔާ ރިޔާޒު ރަޝީދު: އެމްޕީއެލް އިން ކުރި ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައި.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
19 ޑިސެމްބަރ 2016 - 15:38
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރަން މެރީޑިއަމްއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން އަންގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ގޮތަށް ހުކުމް ކުރީ އެމްޕީއެލްގެ ވެހިކަލްތަކަށް ތެޔޮ ސަޕްލައި ކުރުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމާ ހަވާލުކޮށްފައި ވަނިކޮށް، އެހެން ފަރާތަކާ އެކަން ހަވާލުކޮށްގެން އެމްޕީއެލް އިން ތެޔޮ ހޯދަމުން ދާތީ އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ކުރިން ވަނީ، މެރީޑިއަމް ނޫން އެހެން ފަރާތަކުން ތެޔޮ ނުހޯދަން އަންގައި އެމްޕީއެލްގެ މައްޗަށް ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.
އެ އަމަރު އެމްޕީއެލް އިން ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައި ވަނިކޮށް، ސިވިލް ކޯޓުގައި މިއަދު މެންދުރު ފަހު ބޭއްވި ޝަރީއަތުގައި މެރީޑިއަމްއާ އެއްކޮޅަށް ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު، އެ ހުކުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މެރީޑިއަމުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެމްޕީއެލްގެ ވެހިކަލްތަކަށް ތެޔޮ ސަޕްލައި ކުރުން މެރީޑިއަމާ ހަވާލުކުރީ މިިދިޔަ އޭޕްރީލް މަހު އެވެ. އެ އެއްބަސްވުން އެ ގޮތަށް އޮއްވާ، އެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމަކީ އެއްބަސްވުމުގެ މަގްސަދާ ހިލާފް ކަމެއް ކަމަށް އެ މައްސަލައިގައިވެ އެވެ.
އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި މެރީޑިއަމް އަތުން ތެޔޮ ގަތުން ހުއްޓާލީ އެމްއީއެލް އަށް މިލިއަން ރުފިޔާ އިން ގެއްލުންވާތީ އާއި މެރީޑިއަމުން ތެޔޮ ސަޕްލައި ކުރުމުގައި އޮޅުވާލައި އަދި ތެޔޮ ސަޕްލައި ކުރާ މިންވަރު ޔަގީން ނުކުރެވޭތީ އެވެ. އެކަމަކު، އެ ތުހުމަތުތައް މެރީޑިއަމުން ދޮގުކުރެ އެވެ.
ތެލުގެ ވިޔަފާރީގައި މެރީޑިއަމާއި އެމްޕީއެލްއާ ދެމެދު މައްސަލަ ޖެހިފައިވާ އިރު، މީގެ ކުރިން އެސްޓީއޯ އިން ކްރެޑިޓަށް ގަތް ތެލަށް މެރީޑިއަމުން 19.3 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ވެސް ނިމުނީ މެރީޑިއަމް ކޮޅަށެވެ. އެކަމަކު އެސްޓީއޯ އިން މިހާރު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މނ
20 December 2016
ކިތަންމެ ގެއްލުމެއް ވިޔަސް ކޯޓުން އެބުނީ އެކަން ކުރިޔައްގެންދަން ސާބަސް
އެކްސް
20 December 2016
މިއަދު ތިހެން ހުކުމް ކުރިއަސް އިންސާފު ލިބޭނެ ދުވަހެއް އަންނަން އެބައޮތް.
ކީކޭދެން ބުނާނީ
20 December 2016
އަގު ހެޔޮކޮށް ތެޔޮ އެހެންތަނަކުން ލިބެންހުއްޓާ، ވަކިތަނަކުން ބޮޑުއަގެއްގައި ތެޔޮގަންނަށް ކުންފުންޏަކަށް މަޖުބޫރު ކުރުމަށް ކިޔާނީ ކީކޭބާ؟ މީހަކު އަޅޭ އަވައްޖެއްފެހެ ނުވާނެތަ މިގައުމުގައި!
އަލީ
20 December 2016
ގަދަ މޯޑިސް! ދުވާލު މެންދުރު ރޭޕް ކުރާއިރުވެސް، ހެވި ދިލިފައި މިތިބެވެނީ!!!!
ޟުހާ
19 December 2016
މިވެރިން ގަދަބާރުން ސަރުކާޜު ހިންގަން ފޫގަޅައިގެންތިބިސަބަބު މިއޮތީ ސާފުކޮއްފެންނަން.
ތެޔޮވަޅު
19 December 2016
ކޯޓު ހުކުމުން ރިޔާޒު އެސް.ޓީ.އޯ އަކުން ތެލެއް ނުނަގާ. (ނެގި ނަމަ ފައިސާ ދައްކަން ޖެހޭނެތާ!). މި ހާރު އަނެއް ހުކުމް އެއައީ ރާއްޖޭގެ ބަނދަރަށް ރިޔާޒު އަތުން ނޫނީ ތެޔޮ ނުގަންނަން. ސުވާލަކީ ރިޔާޒު ތެޔޮ ނަގަނީ ކޮންތާކުން ތޯ އެވެ؟
އަބްދުﷲ ބެ
19 December 2016
ޖުނެއިދު އަކީ ވަރަށް ހިތްވަރު ގަދަ ކެރޭ ބޭފުޅެއްކަން މިޔަދު ސާބިތު ވެއްޖެ
އަކޫ
19 December 2016
ރިޔާޒް ދަންނަވަން ތޯ! އެމް.ޕީ.އެލް ގެ ސީ. އީ. އޯ މުހައްމަދު ޖުނެއިދް އަކީ ކޮރަޕްޝަން އަށް މަގުފަހި ވާ އެއްވެސް ކަމަކަށް ޖާގަ ދެއްވާނެ ބޭފުޅެއްނޫން. ޖުނެއިދް އަކީ އިޙްލާސް ތެރި ވަފާތެރި ދިވެހި ދަރިއެއް.
ހުސްކޮއްފި
19 December 2016
ދައުލަތް ކާހުސްކުރަނީ ކޯޓުމެދުވެރިކޮށް
ކޮލޮމްބޯ
19 December 2016
މީ އަޅެ މި ގައުމަށް ދިމާވެފައި ހުރި ކޮންފަދަ މުސީބާތެއް ހެއްޔެވެ؟