ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ
28 ފެބުރުއަރީ 2022 - 01:33
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން، އެއްވެސް ޝަރުތަކާ ނުލައި ރަޝިޔާއާ އެކުގައި މާދަމާ މަޝްވަރާތައް ފަށަން ތައްޔާރަށް އޮތް ކަމަށް ޔޫކްރޭނުން މިރޭ ބުނެފި އެވެ.
ބެލަރޫސްގެ ރައީސް އެލެގްސެންޑްރާ ލުކަޝެންކޯއާ އެކުގައި މިރޭ ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހު، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަޝިޔާއާ އެކުގައި ވާހަކަތައް ފެށުމަށް، ޔޫކްރޭން ސަރުކާރުގެ ވަފްދެއް، މާދަމާ ޔޫކްރޭނާއި ބެލަރޫސް ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ފޮނުވާނެ ކަމަށެވެ.
މި ބައްދަލުވުން އޮންނާނެ ކަމަށް ޔޫކްރޭނުން ބުނަނީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕްރިޕްޔަޓް ކޯރު ކައިރީގެ ސަރަހައްދެއްގަ އެވެ. ނަމަވެސް ބައްދަލުވުން އޮންނާނީ މާދަމާގެ ކޮން ގަޑިއެއްގައި ކަމެއް، ޔޫކްރޭނުން ވެސް އަދި ރަޝިޔާ އާއި ބެލަރޫސް އިން ވެސް ނުބުނެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔޫކްރޭންގެ ވަފްދު އެ ސަރަހައްދަށް ގޮސް އެނބުރި އައުމާ ދެމެދު، ބެލަރޫސްގެ ސަރަހައްދުގައި ހުރި ހުރިހާ އަސްކަރީ ވައިގެ އުޅަނދުތައް ވައިގެ ބަނދަރުތަކަށް ތިރިކޮށްފައި ބެހެއްޓުމުގެ ޒިންމާ، ބެލަރޫސްގެ ރައީސް ވަނީ ނަންގަވައިފަ އެވެ. މީގެ ކުރިން ޔޫކްރޭނުން ބުނަމުން އައީ ބެލަރޫސް އަށް ގޮސް ރަޝިޔާއާ އެކުގައި މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ، މަޝްވަރާ ކުރުމަށް ޔޫކްރޭނުން އާދޭސް ކޮށްކޮށް އޮއްވައި އެ ކަމަށް އިޖާބަ ދިނުމެއް ނެތި، ޔޫކްރޭނަށް ހަމަލާ ދިނުމަށް ބެލަރޫސްގެ ސަރަހައްދު ރަޝިޔާ ސިފައިންނަށް ދީފައިވާ ކަމަށެވެ. ޔޫކްރޭނުން މިދިޔަ ހަފުތާގައި ވެސް ބުނެފައިވަނީ، މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމަށް އެދި އެތައް ފަހަރަކު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ދެންނެވުމުން ވެސް، އެކަމަށް އިޖާބަ ނުދެއްވި ކަމަށެވެ.
ޔޫކްރޭންގެ ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި މާދަމާ ދެ ގައުމުގެ ވަފްދުގެ މެދުގައި ކުރާ މަޝްވަރާތަކުން މާބޮޑު ނަތީޖާއެއް ހާސިލްކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. ނަމަވެސް ހަނގުރާމަ ހުއްޓުމުގެ ކިތަންމެ ހަނި ފުރުސަތެއް އޮތް ނަމަވެސް، އެ ފުރުސަތުގެ ބޭނުން ނުހިފިކަމަށް ބުނުމުގެ ފުރުސަތު ޔޫކްރޭންގެ ރައްޔިތުންނަށް ދޭން ބޭނުން ނުވާތީ، އެ މަޝްވަރާތަކުގައި ޔޫކްރޭން ބައިވެރިވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
28 February 2022
މިފަހަރު ކޮންކަހަލަ ކޮމެޑީ ރޯލެއްބާ ކުޅޭނީ ހިތުން ކުކުޅައްވުރެ ބިސްދޮށިވެގެން އެމެރިކާ ޔާ ނޭޓޯ މީނާ ޔައް ރަންއިލޮށިން ކަދުރުހިފައިގެން އައިސް ކާންދޭނެ ކަމައް މީނަހީކުރީ ގާތްއަވައްޓެރި ރަޝި ޔާގެ ކިބައިން އެތައްބިލި ޔަން ޑޮލަރެއްގެ އިންވެސްޓްމަންޓް ހޯދާފަ ފަހުވަގުތު ރަޝި ޔާގެ ބޯޑަރައް ހުޅަނގާ އެމެރިކާގެ ޖާސޫސުން ގެނެސް މީނާއުޅުނީ ކޮމެޑީގަ ކުޅޭޒާތު އަސްލު އެއްޗެއްކުޅެން ނަމަވެސް ރަޝި ޔާއިން ރަނގަޅައް މީނާ ފަލަރޯނުން މިހިރީ ބަނދެފަ ދެންވެސް ޑުރާމާ ބ
ރަދީފްއޮފިޝިއަލް
28 February 2022
ސޮވިއެޓް ޔުނިއަން ރޫޅުނު ވަގުތު ވަގަށް ނެގި ބިންތައް އެއީ ބިންފޭރުމުގަ ދުނިޔޭގަ ހިންގި އެންމެ ނުބަިއ ޖަރީމާ.
120687
28 February 2022
ބޮޑާ ނުހާކައި ކުރިންވެސް ތި ގޮތް އޮތެއް ނޫން ހެއްޔެވެ.
ދެންމަހީހީހީހީ
28 February 2022
ސައްދާމަށް ހެދިގޮތް ހަދައި، ހުޅަނގާއި ނޭޓޯގެ ޤައުމުތަކުން މީނަދޫކޮށްލީކަން މިހާރު ޔަގީންވެއްޖެ. ބެލެވޭގޮތުގައި މީނައަށް ހުޅަނގާއި ނޭޓޯޤައުމުތަކުން ދީފައިއޮތް ޔަގީންކަމަކީ ރަޝިޔާގެ ސިފައިން އޭނަގެ ޤައުމަށް އަރައިފިނަމަ، އެމީހުންގެސިފައިން ބައިވެރިކުރާނެކަމުގެ ގެރެންޓީ. ޕުޓިން ނިޔުކުލިޔަރު ހަތިޔާރު ތައްޔާރު ތައްޔާރީ ޙާލަތަށް ގެނައިމަ، ހުޅަނގާއި ނޭޓޯ މިފެނުނީ ގަނޑުވިތަން. އެމީހުންގެސިފައިން ނިޔުކުލިއަރު ހަނގުރާމައަކަށް ދާކަށް ބޭނުމެއްނުވާނެ.
ސުލްހަމަސްލަސް
28 February 2022
އިރާދަކުރެއްވިއްޔާ ޔުކުރޭނަށް ކާމިޔާބުވާނެ
ނޫނު
28 February 2022
ގޮތްދޫކޮށްގެން ދެންވެސް ރައްޔިތުންނަށްޓަކައި ދޭބަލަ. ރަޝީޔާގެ ގައުމީ މަސްލަތަހަތަށް އެވަރުގެ ބާރުހުރި ގައުމަކުން ވިސްނާނެ. އެކަން ގަބޫލުކޮށްބަލަ.
ރަދީފްއޮފިޝިއަލް
28 February 2022
ޔުކްރެއިން އެއީ ރަޝިޔާއަށް ކަމެއް ޝަރުތު ކުރެވޭނެ ގައުމެއް ނޫން.އެއީ އެމީހުންގެ ފެންވަރެއް ނޫން.
ޖުއްބާ
28 February 2022
އެހެންވީމަ ތި އަމާންދިނީތޯ....
ށަވިޔަނި
28 February 2022
ކޮބާ ކޮންތާކުޖެހުނީ. ބަލަ ދުނިޔޭގެ ބޮޑު ބާރެއްގެ ކުރިމަތީ ބޮޑުއިބްލީހުގެ ވަސްވާހަށް ހެއްލުނީމަ ލިބޭނެ މޮޅެއްނެތް. ދުނިޔޭގެ އެންމެން ރަޝިއާއާއި ޗައިނާ ފަދަ ބާރުތައް ގުޅިގެން ބޮޑު އިބްލީސް ގެ ނުބައިން ދުނިޔެ ސަލާމަތްކުރަންޖެހޭ.