ބީއެމްއެލުން މަޑުއްވަރީގައި ހުޅުވި އޭޓީއެމް-- ފޮޓޯ: ބީއެމްއެލް
28 ފެބުރުއަރީ 2022 - 14:58
ރ. މަޑުއްވަރީގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
މިއީ ބޭންކުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި އޭޓީއެމް ސެންޓަރެކެވެ. އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މި އޭޓީއެމް ސެންޓަރާ އެކު މިހާރު ރ. އަތޮޅުގެ ފަސް ރަށަކުން އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ. އެއީ މަޑުއްވަރީ އާއި އުނގޫފާރާއި މީދުއާއި އަލިފުއްޓާއި ދުވާފަރެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް، މީހުން އުޅޭ ގިނަ ރަށްތަކެއް އޭޓީއެމް ސެންޓަރުތައް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އޭޓީއެމްތަކުގެ ސަބަބުން އާއްމުންނާއި ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑު ފައިދާއެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗާއި 79 ސެލްފް ސާވިސް ސެންޓަރާއި 137 އޭޓީއެމް ބީއެމްއެލުން ވަނީ ހުޅުވާފަ އެވެ. އަދި 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
28 February 2022
ވަރައް މޮޅުކަމެއް. ރާއްޖެތެރޭ ރަށެއްގަ ފާހާނާތައްޓެއް ބެހެއްޓިޔަސް އެވާހަކަ ނޫހުގަ ޖަހަންވާނެ.
ރަދީފްއޮފިޝިއަލް
28 February 2022
މިފަދަ ތަންތަން ހުޅުވަން ރިބަން ކަނޑަން މިސްޓަރ ރިބަން ދާން ޖެހޭނެ.ދާއިރާގެ މެމްބަރުވެސް ސައިޑެއްގަ ހުންނަން ޖެހޭ.
ދިޔާނާދ
28 February 2022
މިއީ ވަރަށް ބޭނުން ތެރި ހިދުމަތެއް..