މަރުކަޒީ ބޭންކުގެ މައި އިދާރާ: .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޑިސެމްބަރ 2016 - 23:01
މަނީ ޓްރާންސްފާ ކުރުމުގެ ހުއްދަ ނެތި، އެ ހިދުމަތް ދެމުންދިޔަ ބަޔަކު ފަޅާއަރައި އެ ފަރާތްތަކާ މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ފިޔަވަޅު އަޅައިފި އެވެ.
އެމްއެމްއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ބީ.ކޭޝް" ގެ ނަމުގައި މަނީ ޓްރާންސްފާގެ ހިދުމަތް އިސްތިހާރުކޮށް، ބައެއް މީހުން ބަންގްލަދޭޝަށް ފައިސާ ވެސް ޓްރާންސްފާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް، އެ މައްސަލަ ބެލުމަށްފަހު ގާނޫނީ ފިޔަވަޅު އަޅާފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި މަނީ ޓްރާންސްފާ ކުރުމުގެ ހިދުމަތް ދެވޭނީ އެމްއެމްއޭ އިން ދޫކުރާ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބުންޏެވެ.
"މިގޮތަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެ އެވެ. ލައިސަންސް ނެތި މަނީ ޓްރާންސްފާގެ ހިދުމަތް ހިދުމަތް ދިނުމަކީ ގާނޫނީ ކުށެކެވެ،" ބަޔާނުގައި ބުންޏެވެ.
ގާނޫނާ ހިލާފަށް މަނީ ޓްރާންސްފާ ކުރުމުގެ ހިދުމަތްތައް ދެމުން އަންނަ ފަރާތަކާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ، އެކަން އެމްއެމްއޭ އަށް އެންގުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
20 December 2016
ރާއްޖޭގައި އުޅޭ ބިދޭސިންގެ މައްސަލަ ހައްލުކުރަން ބޭނުންނަމަ މިހާރުން މިހާރަށް އިމިގްރޭސަންގެ ހިންގުން ސިފައިންނާހަވާލުކުރޭ އިމިގްރޭސަން ވަނީ ކޮރަޕްޓްވެގެންގޮސް އަނެއްއަތަށްޢަޅާފަ...
ޕސްޓާރޖަޖް
20 December 2016
ޑޮލަރ ބޮޑު އަގުއި ވިއްކަން ބަންގާޅިން ވަރަށް ގިނައިން އެބައުޅެއެވެ. މި ކަން ކޮން އިރަކުން ހުއްޓުވޭނީ..
ނައިންޓީ
20 December 2016
އެއީ ވަގަށް ކުރާކަމެއް ނޫން. ބަޔަކު ވިޔަފާރިއެއް ފެށީމާ މޭކަރަނީ. ފުކެއް ބޮޑުވަރުތީ. ހަބޭސް ޓީމުގެ މީހަކަށް މީގެން ކަމިޝަނެއް ނުލިބޭތީ ވެގެންއުޅޭގޮތެއް މީ. ކަންކަން ހަމަޔާ އިންސާފުން ބަލާނަމަ "ބީކޭޝް" އެއް ނޫން ބަންދުކުރަންވީކީ. ކޮބާތާ އަދީބު. ކޮބާތަ އަދީބު ބެހި ފައިސާތައް ނިކުތްމަގު. ކުށްވެރި ނަމުގަ ކޮށްފަ އެހެރީނު ޖަލުގަ އަރާމުކުރަން ބަހައްޓާފަ. ދެން ގޯނޮގޯނީގަ ބަސްތާ ކޮނޑުއަޅައިގެން ދިޔަ މީހަ އެހެރީނު އެންމެ ޢިއްޒްތްތެރި ކަމާއެކު މަޖިލީހިގަ. ދެން އެ ބަހައިދިން ޕާޓުންތައް އެތިބީނު އަރާމުގަ ބޭރު ގައުމުތަކުގަ. ބީކޭޝް އިން ކުރަންވީ ކަމަކީ ހަބޭސް ގުރޫޕަށް ބައި އަޅަންވީ.. އެޭރުން ހުރިހާކަމެއް އަމާންވާނެ.
ރިސޯޓް އޯނަރު
20 December 2016
ޢަހަރަމެން ބްރިފްކޭސް ބްރިފްކޭސް ފުރެންދެން ފައިސާ ބޭރުކުރާނީ، ނިކަމެތިން ތިބޭ ސިސްޓަމްތެރޭ ތާށިވެފައި.:ޕ
4444
20 December 2016
150 ނޫނީ 200 ޑޮލަރު ލިބޭމީހާގެ މުސާރައިން 3 ފަސެންޓު އުނިކުރީމާ ވާނެގޮތް މިފެންނަނީ. ނުކަތާވަރަށް ޓެކްސްނެގަން ފެށީމާވޭނެގޮތް މިފެންނަނީ. ކޮންމެ ކަމެއްގަވެސް އާއްމުންނަށް ނުކަތާވަރަށް އުނދަގޫކުރުމުން ސިސްޓަމްގެ ބޭރުން އަގުހެޔޮކޮށް ކުރަން ގޮތްތައް ހޯދާ. މީގަވެސް މިވެގެން މިއުޅެނީ އެކަހަލަ ގޮތެއް ކަންނޭގެ. ވެދާނެ ތިޔަބުނާމީހުން ނަގަނީ ކުޑަލާރިކޮޅެއްކަމަށް ދައްކަން ޖެހޭ ޓެކުސްއަށް ބަލާފަ. އެހެން ނޫނީ ވަގަށް އުޅޭމީހުން ހޯދާ އެމީހުންނާއި މެދު ފިޔަވަޅު އެޅޭނެ ހަރުދަނާ ސިޔާސަތެއް ނެތުމުންވެސް ދިމާވާނެ ގޮތެއް.. މިހާރު ތިބަޔަކު ހުއްޓުވުނަސް މާދަމާ އެހެން ނަމެއްގަ އާބަޔަކު އަންނާނެ މިކަހަކަ ދެއުޅިއެއް ނުވާ ސިޔާސަތު އޮންނަ ތަންތަނަށް. ބަލަން ތިބޭ.!!!
އަހްމަދު
20 December 2016
މިއީ ކޮންބައެއްކުރިކަމެއްކަމާއި ކިހާދުވަެއްވަންދެންކުރިކަމެއްވެސް ނޭގެ މައުލޫމާތެއްނއތް. ކީއްވެ ކމެއްނޭގި ލަނޑުލިބިދާނެތީކަންނޭގެދޯ.
ފައިސާ
20 December 2016
ގަވާއިދާ ޚިލާފަށް ފައިސާ ފޮނުވުމަކީ ކޮބާ؟ އެމީހަކުގެ ފައިސާ އެމީހަކު ފޮނުވާނެ ގޮތަކަށް ފޮނުވެން ޖެހޭނެ ނުންތަ. ތިޔަކަމަކީވެސް އިންސާނީ ހައްގަ ފުރައްސާރަ ކުރުމުގެ ބައެއް. އާއްމުން އަތުން ޓެކްސް ނެގުން، މީހުންގެ ފައިސާ ކޮންޓޮރޯލު ކުރުން މީހުސް އިންސާނީ ހައްގަ އެރުން. ޓެކްސް ނަގަން ޖެހެނީ ރާއްޖޭގެ ގުދުރަތީ ވަސީލަތް ބޭނުން ކޮށްގެން ދާ ނޮއޮހޮރަހާ އެމީހަކަށް ބޭނުންވާ ވަރަށް ވުރެން ގިނައިން ލާރި ޖަމާ ކުރާ މީހުން އަތުން. އަދި މިގޮތަށް ނަގާ ޓެކްސް ހޭދަ ކުރަން ޖެހެނީ މަޖްލިސް މީހުންނާ ފުލުހުންނާ ކޯޓުތަކުގާ ތިބޭމީހުންނާ ރަށް ރަށުގެ މީހުން ހިތް ހަމަ ޖައްސާދެން ނުން. މަސައްކަތް ނުކުރެވޭ ނިކަމެތިން އަށް އެހީވުމަށާ މީހުންނަށް މަސައްކަތް ފޯރު ކޮށް ދިނުމަށް
ވޮއިލް
20 December 2016
މިގައުމުގައި ވަކި ބަޔަކު ދިރިއުޅެނީ ވަރަށް ފަސޭހަކޮއް. އެމީހުންނަށް ގާނޫނު ނުހިގާ . ބޭނުންވަރަކަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި އެތެރެކުރުން ހުއްދަ.
ކޮލަމާފުށި
20 December 2016
ވަގު ވިޔަފާރި ކުރާމީހުން ގެ ވާހަކަތައްވެސް ކިޔައިދޭންވީ އާންމުން...ހެހެ ކީއްކުރާ ޕޮލިހެއް..ކިއްކުރާ ސިއައިޑީ ޑިޕަރޓްމަންޓެއް...
ދފދފދ
20 December 2016
އެއީ އިންޓެލިޖެންސް ރިޕޯޓު ހަދަން މީހަކު ޕްރޭމް ކުރަންޖެހޭ ހާލަތެއްގަ!ހެހެ
ނަގޫފިއްތި
20 December 2016
ކުޑަކުދިންނަށް ނިދި ނައުމުން ނިއްދަވަށް ކިޔާލަދޭން ރަނގަޅު ކުރުވާހަކަޔަކަށްފުދޭ ބަޔާނެއް ތިޔަނެރެލީ، މި ޤަޢުމުގައި ޤަވައިދާ އެއްކޮތަށް ކުރާކަމެއްބުމެލަދީބަލަ.