ޚަބަރު / މާލެ ސިޓީ ކައުންސިލް

ޕެލެޓްތައް ބެހެއްޓުމުގެ ބަދަލުގައި "ޑަބަލް ލައިން" ކުރަހައިދީ، ސްލޮޓް ވިއްކަނީ

ޕާކިން ޒޯނެއްގައި ޕެލެޓުތަކެއް ފުނިޖަހާފައި، މިގޮތައް ޕެލެޓުތައް ބެހެއްޓުމުގެ ސަބަބުން ޕާކުކުރާނެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ނަގަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކް ކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" ކުރަހައިދޭނެ ކަމަށެވެ.

"ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައިވާ ގޮތުން، މުދާ އަރުވައި ބޭލުމަށް ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށް ފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށެވެ.

ކައުންސިލުން ދިން މުއްދަތުގައި ހުއްދަ ނުހޯދައި ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ ނަމަ، އެ އެއްޗެހި ނަގާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ޕާކިން ޒޯނެއްގައި ޕެލެޓުތަކެއް ފުނިޖަހާފައި، މިގޮތައް ޕެލެޓުތައް ބެހެއްޓުމުގެ ސަބަބުން ޕާކުކުރާނެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިދިޔަ ހަފުތާގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލޭގެ މަގުތައް ތަރުތީބުކުރަން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވެސް ކައުންސިލުން ވަނީ ޕާކިން ޒޯންތަކުގައި ޕެލެޓްތައް ބަހައްޓާފައި ހުންނަ މައްސަލަ ހައްލުކުރަން ނިންމައިފަ އެވެ.

"އަމާޒަކީ ރޯދަ މަސް ފެށެންވާއިރަށް މާލެތެރެއިން ޕެލެޓުތައް ނެގުން،" މޭޔަރު ވިދާޅުވެފައިވެ އެވެ.

އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓްތައް ބަހައްޓައި، ބަންދުކޮށްފައި ހުންނަ މައްސަލަ އަބަދު ވެސް ވަރަށް ބޮޑެވެ. މި ފަހުން އެ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުން ބޮޑުވީ އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ގެނެސްދިން ފޮޓޯ ސްޓޯރީ އަށް ފަހު އެވެ.

އެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން އެ ޕެލެޓްތައް ނަގައި މަގުތައް ހުޅުވައިލި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، އަނެއްކާ ވެސް ޕެލެޓުތައް ބެހެއްޓި އެވެ. މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މަގާމުގައި ހުންނެވި ދުވަސްވަރު ވެސް ޕެލެޓް ނެގުމުގެ ކަންކަން ދޭތެރެދޭތެރެއިން ސިޓީ ކައުންސިލުން ކޮށްފައިވެ އެވެ.

25 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 38%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިޔުމަން

02 March 2022

ހިނގާ ޕޭމަންޓް އެއް ހަދަން ފެންނަނީ.

The name is already taken The name is available. Register?

ކޮންސޮޅި

02 March 2022

ފެންނަފެނުމުގައި ޓްރިޕްލް ލައިން ކުރަހައި ދިނަސް ޕެލެޓްއެޅުމަކަށް ބަދަލެއްނައަންނާނެ. އަޅާނެ ނަގާނެ އަޅާނެ. ލަފާކުރެވޭގޮތުން އޮންނާނާ މިގޭމް. އެއީ މަގުމަތީގެ އަދަބުތައް ދަސްވެފައި ނެތީމަ ދެން ގަވާއިދު ނުބެލެހެއްޓޭތީ. ގަވާއިދެއް ފޮތުގައި ލިޔުނަކަސް އެއްފަހަރު ނިކުމެ އުޅެލިއަކަސް ނުވާނެ.

The name is already taken The name is available. Register?

ސަމީރު ސޭކު

01 March 2022

ލާހިކެއް ނޫން ތިކަންކުރަން. ޢަހަރުމެންގޭ ކުރިމަތީ ހުރި ޕުލާސްޓިކް ޕެލެޓު އެނުނެގޭނެ.

The name is already taken The name is available. Register?

ޣައްސާން މައުމޫން

01 March 2022

ޕެލެޓެއް ނުނެގޭނެ. ދެން ކިހިނެއް މަގޭ ޖިޕު ޕާކު ކުރަނީ ލިލީ މަގުގަ. ތިކަމެއް ނުވާނެ އެހެން ކަމަކާ އުޅޭ

The name is already taken The name is available. Register?

މައުލާނާ

01 March 2022

މިސްކިތްތަކަށްް ވަންނަ ދޮރުދޮރު މަތީގައިވެސް ވެހިކަލްތައް ޕާކް ނުކުރެވޭ ގޮތަށް ދެރޮނގު ދަމާލަ ދެއްވާ! ވަރަށް ސަލާމް.

The name is already taken The name is available. Register?

ޗޮނީ

01 March 2022

ޑަބަލް ރޮނގުދަމާފަ މިހާރުވެސް ހުރޭ ދެކޮޅުބަލާފަ އެތާޕާކުކޮށް ފުރާފަ އޮންނަނީ

The name is already taken The name is available. Register?

އިބްރާ1

01 March 2022

ޕެލެޓް ނަގާފަޕެލެޓް ކުރަހާފަ މަގު ވިއްކާލާ. މީނަ އަދި އައްމަގެ ފައްޓަރުބައި ވެސް ވިއްކާނަން.

The name is already taken The name is available. Register?

ހާސަރު

01 March 2022

ދިރިއުޅޭގެއަށް ވެސް ވަދެވޭނީ ދެން ފައިސާ ދައްކައިގެންތޯ؟! މިމާލޭގައި ކިތައްގޭގެ ދޮރުމަތީގައި ޕެލެޓް ބަހައްޓައިގެންމިހާރުވެސް ގެއަށްވަދެވެނީ! މިހާރު ޑަބަލް ލައިން ދަމާފަހުރި ކިތައްމަގުތޯ ޕާރކްކޮށް ފުރިފަ އެއޮތީ! ކަމެއް ހައްލުވާނީ ހައްލުވާ ޒާތުކަންކަން ކޮށްގެން. ތިކުރަންއުޅޭކަމަކުން އެއްވެސް ހައްލެއް ނުލިބޭނެ.

The name is already taken The name is available. Register?

ހިތަދޫ 21

01 March 2022

ތިޔަ އެއްޗެ ކުރެހިޔަސް ވާކަމެއް ނޯވޭ! ކަސްޓަމް ލޮރީ އަކަށް މިނަޓަކަށް ނަގާ 7ރ. ލޮރީ އަންނަންވާއިރަށް ޖާގަ ހަދައިގެން މީހުން ނިދާތިބެން ޖެހެނީ، ޖާގަ ހަދަން ސައިކަލް އެއްފަރާތް ކޮއްލިޔަސް ބަވަނީ، ޖާގަ ހެދީމަ އަިސް ސަައިިކަލް ވެސް ޖަހަނީ ޖެއްސުން ކުރަނީ، ދެން ޕެލެޓް ނާޅާ ކިހިނެތް ހަދަނީ؟ އެކަނި ސަައިކަލް ދުއްވާމީހުންތަ ހައްގު އޮންނަނީ؟ ސައިކަލްވެސް ވައްދަން ޖަރާޖު ނެތި ރެޖިސްޓްރީ ނުކޮއްބަލަ!

The name is already taken The name is available. Register?

ގަދަހަސަނު

01 March 2022

ޕެލެޓުތައް ނަގާފާ އެތާ ފުލެޓުއަޅާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454