ލަކުޑި ގުދަނެއް ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓްތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ފެބުރުއަރީ 2022 - 13:36
ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ހުރި ޕެލެޓުތައް ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ނަގަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ތަރުތީބުކުރަން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ ނޮވެމްބަރު ދެ ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވެސް ކައުންސިލުން ވަނީ ޕާކިން ޒޯންތަކުގައި ޕެލެޓުތައް ބަހައްޓާފައި ހުންނަ މައްސަލަ ހައްލުކުރަން ނިންމައިފަ އެވެ.
އެކަމަކު، މަގުމަތީގެ ތަރުތީބު ގެއްލިގެންދާތީ އަދި ރޯދަ މަސް ކައިރިވަމުން ދާތީ މޭޔަރު ވަނީ ކައުންސިލްގެ މުނިސިޕަލް ކޮމިޓީން މަޝްވަރާކުރުމަށް ފަހު، ޕެލެޓްތައް ނެގުމުގެ ކަންކަން އަންނަ ހަފުތާގައި އިއުލާނުކުރެވޭނެ ގޮތެއް ރާވައިދިނުމަށް އެދިވަޑައިގެންފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް
އޭނާ ވިދާޅުވީ ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ މީހުން ބޭނުންވާ ގޮތެއް ޕެލެޓްތަކުގެ މައްސަލާގައި ހުށަހެޅުމަށް ދެ ހަފުތާގެ މުއްދަތެއް ދިނުން ރަނގަޅު ކަމަށެވެ.
އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓުތައް ބަހައްޓައި ބަންދުކޮށްފައި ހުންނަ މައްސަލަ އަބަދު ވެސް ވަރަށް ބޮޑެވެ. އެކަން ހައްލުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން އެ ޕެލެޓުތައް ނަގައި މަގުތައް ހުޅުވައިލި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، އަނެއްކާ ވެސް ޕެލެޓުތައް ބަހައްޓަ އެވެ. ކުރީގެ މޭޔަރު ޝިފާ މުހައްމަދު މަގާމުގައި ހުންނެވި ދުވަސްވަރު ޕެލެޓް ނެގުމުގެ ކަންކަން ދޭތެރެދޭތެރެއިން ސިޓީ ކައުންސިލުން ކުރެ އެވެ.
މިހާރުގެ މޭޔަރު މުއިއްޒު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ، ބައެއް ސަރަހައްދުތަކުގައި ޕާކްކޮށްފި ނަމަ ގަރާޖަށް ވެހިކަލް ވައްދަން ނުވަތަ ވިޔަފާރިއަށް ވަދެ ނުކުމެ އުޅެން ދަތިވާ ކަމަށެވެ. އެ ކަހަލަ ބައިވަރު ގޮންޖެހުންތައް އެ މީހުންނަށް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އަނެއް ކޮޅުން، ޕެލެޓު ބަހައްޓައި ބަންދުކޮށްގެން ހިންގާ ބައެއް ތަންތަނަކީ ގަވައިދާ އެއްގޮތަށް ހުރި ތަންތަނަށް ނުވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭރުން ގަވައިދުގެ ތެރެއަށް ވަނުމާ އެކު، ޕެލެޓު ބެހެއްޓުމުގެ ބަދަލުގައި އެ ފަރާތްތަކުން އެދޭ ގޮތް ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ހުއްދަ ނަގައިގެން ގަރާޖު ނުވަތަ ފިހާރަ ހިންގާ ނަމަ ރަސްމީކޮށް އިއުލާނު ކޮށްގެން ދޭނެ ފުރުސަތަކީ، މޭޔަރު ވިދާޅުވި ގޮތުގައި، ދޮރު ކުރިމަތީގައި ޕާކްނުކުރެވޭ ގޮތަށް ރޮނގު ދަމައިދިނުން އަދި ގަރާޖެއް ނަމަ މުދާ އަރުވައި ބާލާ ތަނެއްކަން އަންގައިދޭ ޒޯނެއް ހަދައިދިނުމެވެ.
"އެކަހަލަ ފުރުސަތުތަކެއް ދީފިއްޔާ އަޅުގަނޑުމެންނަށް ވެސް އެކަން ކުރެވޭނެ ގޮތް ހަމަޖައްސައިދެވި، ޕެލެޓުތަކާއި މި ފަދަ އެއްޗެހި މަގުމަތިން ނެގިގެން ދާނީ. އަދި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ވެސް އޭރުން ފާހަގަ ވެގެން ދާނީ،" މޭޔަރު ވިދާޅުވި އެވެ.
"ގަވައިދާ ހިލާފަށް ހިންގާ ތަންތަން ކޮންމެ ގޮތެއް ވިޔަސް އެގޮތަކަށް އަޅުގަނޑުމެންނަކަށް ރޮނގު ދަމައިދީ ބަންދެއް ނުކޮށްދެވޭނެ. އެ ތަންތަން ޖެހޭނީ ގަވައިދުގެ ތެރެއަށް ވަންނަން. އެ ތަންތަނުގެ ކުރީމަތީގައި ޕެލެޓު ބަހައްޓާނެ ފުރުސަތެއް ވެސް ނުދެވޭނެ އަދި އެ ތަންތަން ޖެހޭނީ އޮންނަ އުސޫލުން ޕާކްކުރަން ފުރުސަތުދޭން."
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ..-- ފޮޓޯ: ސިޓީ ކައުންސިލް
އޭނާ ވިދާޅުވީ ހުއްދަ އޮތް ތަންތަނަށް އެ ފުރުސަތު ދީފި ނަމަ މާލެ ތެރެއިން ޕެލެޓުތައް ނެގޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އަމާޒަކީ ރޯދަ މަސް ފެށެންވާއިރަށް މާލެތެރެއިން ޕެލެޓުތައް ނެގުން،" މޭޔަރު ވިދާޅުވި އެވެ.
މުދާ އަރުވައި ބާލައި ޒޯނެއް ހެދުމަށް ފަހު، ކައުންސިލަށް އާމްދަނީ ލިބޭ ގޮތަށް ހެދުމަކީ ވެސް ރަނގަޅު ކަމަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، މާލެތެރޭގައި ޕެލެޓުތައް ހުރެގެން ނުވާނެ ކަމަށާއި މިހާރު ހުރި ޕެލެޓުތައް ބެހެއްޓުން ހަމައަކަށް އަޅުވަންޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޯން
24 February 2022
ހަވީރީ ހިގުމުގައި އެއްވެސް ހިސާބެއްގައި ޕާކިން ޒޯނެއް ކުރަހާފަ ނެތް ކޮންކަމެއްކުރެވޭ ބައެއްބާ
ކުރުސީ ކަލޭގެ
23 February 2022
އަމާޒަކީ 2023 ގައި ޔާމިނު ހޮވުން
ސޭކުބެ
23 February 2022
މާލޭ މަގުމަތީ ޕާކުކުރަން އޮތިއްޔާ އޮތްތަންކޮޅެއް ވިއްކާލި ގޮތަށް ޕެލެޓް ސްޕޭސްވެސް ވިއްކާލަން ފެންނަނީ އޭރުން ދައުލަތަށް ފައިސާ ލިބޭނެއެއްނު!
މަޖާމީހެއް، ޝަހާދެއް
23 February 2022
ޕެލެޓުތަށް ނަގަފަ ފިހާރައަށް މުދާ އަރުވާތަނުގަ ޕާކުނުކުރެވޭ ގޮތަށް، ދޮރުމަތީ ކަސްޓަމަރުންނަށް އުދަގޫވާތީ ޕަކުނުކުރެވޭ ގޮތަށް،، މުއިއްޒޫ! ޢެހެންވީމަ ތިޕަލެޓުތައް ނުނެގިއްޔާ ރަގަޅީ.. ބިކޯޒް ޕަލެޓްތައް ބާވާފަ އޮތީ އެފަދަ ތަންތާ..
ޑޮކްޓާރ. ބަނާނާ
23 February 2022
ރޯދަ ކައިޜިވީމާ ޕެލެޓް ތިޔާ ނަގާހެން މަގުމަތީ މަސްތުގެ ހާލަތުގައި ކުނިކޮތަޅު ހޮވާ ޒުވާނުން ވެސް ގެންގޮސް ފަރުވާ ދެއްވާ .. ތޭންކުސް މުއިއްޒު!
ކޮވިޑް ހަސަން
23 February 2022
ކެރެންޏާ "މޫން ކެފޭ" ކައިރީގައި މޫން ކެފޭގެ ވެހިކަލްތައް އެކަނި ބެހެއްޓޭގޮތަށް ހުންނަ ޗޭންގަޑުވެސް ނަގާބަލަ. މޫން ކެފޭގެ ގަރާޖް ގުދަނަކަށް ހެދުމަށްފަހުން ޗޭނުޖަހައިގެން އެތަނުގެ ވެހިކަލް ނޫނީ ނުބެހެއްޓޭގޮތަށް ހުންނަތާ ކިތައްއަހަރު. މޫން ކެފޭގެ ވެހިކަލް ޕާކް ކުރަންވީމާ ވެއިޓަރުން ލައްވާ އެތާ ކައރީ ހުންނަ ހުރިހާ ސައިކަލް އެއް މަގު މެދަށް ގެނެސްފަވެސް މޫން ކެފޭގެ ވެހިކަލް ޕާކް ކުރާނެ
ސެކެނިފަން
23 February 2022
ތީ މަޝްހޫރު ހޮޅި މުއީޒު ތީނަގެ މިނިސްޓަރު ކަމުގައި މާލޭ ޕޭވްމަންތައް މަތީ މީހުން ހިނގާނެ ތަންކޮޅެއް ނުބާއްވާ ހޮޅިއަކާޖެހި ހޮޅިއެއް އަޅާ މަގުތައް ފުރާލި ފައިސާކޮޅެއްދިނީމަ ކޮންމެކަމެއްވެސް އެޕްރޫވްކޮށްލަދޭނެ ދެން ކިހިނެއް މުއީޒުއަށް ޕެލެޓްތައް ނެގޭނީ
ރަދީފްއޮފިޝިއަލް
23 February 2022
ހެހެ.ހިތުން ވަރަށް މޮޅު ވާހަކައެއް ކަލެއަށް ތިބުނެވުނީ.މިއަދު ވެސް ހޮޅިތައް ޕޭވްމެންޓް މަތިން ފެނޭ.ކުރިން ހޮޅީގެ މޫސުމް ކަލެއަށް ފެނުނު އަސްލު ސަބަބު ވިސްނާލިންތަ؟؟!! އެދުވަސްވަރު ކިރިޔާ ވެސް ފައިސާ ހުރި މީހުން ދިޔައީ މާލޭގަ ގެތައް ހަދަމުން.މިއަދު އެމަންޒަރު ނުފެނޭ.ކީއްވެބާ؟ މިއަދު ލޯނު ހޯދުން ފަސޭހަނޫން އަދި ފައިސާގެ ގޮތުން މީހުންގެ ޖީބުތައް ވަނީ ހުސްވެފަ.އެމްޑަބްލިއުއެސްސީގެ ސިސްޓަމް އަޕްގްރޭޑްކޮއްބަލަ އަނގަ ނުތަޅާ.ޑީވޯޓާކުރަން ފަސޭހަވާނެ ދޯ.
ދެވެލިން
23 February 2022
މުއިއްޒުއާ ސިޓީކައުންސިލުގެ ހުރިހާވެސް އަމާޒަކީ އެޗް.ޑީ.ސީ ސިޓީކައުންސިލުގެ ބާރުގެ ދަށަށް ގެނައުން އެކަމާ އުޅެފަ ދެން އެހެންކަމެއް ކުރާނެވަގުތެއް ނުވޭ ބޮޑު ފައިސާގަނޑެއް އަތުނުޖެހިގެން އުޅޭތަން މިފެންނަނީ އެޗް.ޑީ.ސީ ގަ ލައްކަ ފައިސާ އޮންނާނެތާދޯ އެހެންވީމަ ކިހިނެއް ޕެލެޓްގަނޑެއް ފެންނާނީ
ސަމާސާސާ
23 February 2022
ތިކުދިން ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް. ސަރުކާރުން މިކަމަށް ކުރެވޭނޭކަމެއްނެތި ޤައުމު ބޮއްސުންލުމުން ނޫސްވެރިން މި ވާހަކަ ދައްކަންފެށުމުން ކޮންމެވެވެސް އެއްޗެކޭ ކިޔަނީ. ޤައުމު މިއޮތީ ކުށްކުރުމުގައި ހައްދުފަހަނައަޅާފައި.
ކަދީދައްތަގެ މުނީރާ
23 February 2022
މިފަހަރު ނަމަނަމަ އުނބަށްނުޖަހާތި.