ޚަބަރު / މާލެ ސިޓީ ކައުންސިލް

މާލެ ބަލަހައްޓަން 78 "މަގުފާރަވެރިން" މަގުތަކަށް ނެރެފި!

މާލެ ސިޓީ ބަލަހައްޓަން ކައުންސިލުން އަލަށް ހެދި ޑިޕާޓްމެންޓަށް ނެގި "ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުން" ޔުނީފޯމުގައި: އެ މަސައްކަތަށް ނަގާފައި ވަނީ 18 އަންހެނުންނާއި 60 ފިރިހެނުން.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން "މަގުފާރަވެރިން" ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތަށް ބެލެހެއްޓުމުގެ މަސައްކަތް އެ މީހުންނާ މާލެ ސިޓީ ކައުންސިލުން ރޭ ހަވާލުކޮށްފި އެވެ.

އެ ކައުންސިލުން އަލަށް އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

އެ 78 މުވައްޒަފުންނާ ރަސްމީކޮށް މަސައްކަތް ހަވާލު ކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"މާދަމާ [މިއަދު] އަޅުގަނޑުމެންގެ ކައުންސިލަށް ދެ އަހަރު ފުރޭއިރު ވަރަށް ބޮޑު އުފަލެއް އެއީ އަޅުގަނޑުމެން ތަސައްވަރު ކުރި ޕްލޭންގަ އޮތް ގޮތަށް، ވަރަށް އުނދަގޫ ކަމެއް ނަމަވެސް ވަރަށް މުހިންމު ކަމެއް ހާސިލު ވާތީ،" މުއިއްުޒު ވިދާޅުވި އެވެ.

އެއީ "ޗާލު މާލެ ސިޓީ" ގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައް ހާސިލް ވުމުގެ އުފާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ބޮޑު ޒިންމާއެއް. އަޅުގަނޑުމެން މިކަން މި ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް އަޅުގަނޑުމެން މި ކުރަނީ. ވަރަށް ގިނަ ބަޔަކަށް ވަޒީފާ ލިބިއްޖެ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، މާލެ ސިޓީ ކައުންސިލާ އޭނާ ހަވާލުވެވަޑައިގެންނެވިއިރަށް ވުރެ މިހާރު ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. ޒިންމާތައް އިތުރުވެއްޖެ އެވެ. އެ ހުރިހާ ކަމަކާ އެކު، ކައުންސިލުން ތައްޔާރުކުރި ޕްލޭންގައި ހިމަނާފައިވާ ކަންކަން ވެސް ހާސިލް ވަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ބަލަހައްޓަން ކައުންސިލުން އަލަށް ހެދި ޑިޕާޓްމެންޓަށް ނެގި "ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުން" އެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތައް ހަވާލުކޮށްފައިވާ، އެ ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ސައުދީ ރޭ ވިދާޅުވީ، ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ، ހިތްހަމަ ޖެހޭ ތަނަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް ރޭ ފެށިޔަސް އެއް ކަންތައް އަދި ފުރިހަމަ ނުވާ ކަމަށެވެ. އެއީ ފުލުހުންނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެ ކަން ވެސް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

"[އެއީ] ޓްރެފިކް މެނޭޖް ކުރުމާއި ދިމާވާ އިންސިޑެންޓްތަކާއި އެކްސިޑެންޓްތަކުގައި އަމަލު ކުރާނީ ކިހިނެއް ކަމާއި އަދާކުރަންވީ ކޮން ކޮން ދައުރެއްކަން،" ސައުދީ ވިދާޅުވި އެވެ.

"ސްކޫލު ތަކަކީ ޕާކް ތަކަކީ އަދި މިސްކިތްތަކަކީ ކޮބައިކަން. މިސާލަކަށް އެ ތަންތަނުގެ ޓްރެފިކް ކޮންޓްރޯލް ކުރާއިރު އެ މީހަކަށް އެންގެން ޖެހޭނެ ދެނީ ކޮން ސިގްނަލްތަކެއްކަން. އެކަންކަން ކުރަން ޖެހޭނެ."

ސައުދީ ވިދާޅުވީ މިއީ މުޅިން އަލަށް ފަށާ ކަމަކަމަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އާ ކަންކަމާ ކުރިމަތިލައްވައި، ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިޔަތު އަދާކުރެއްވުމުގައި ދެމިހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްހެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ބަލަހައްޓަން ކައުންސިލުން އަލަށް ހެދި ޑިޕާޓްމެންޓަށް ނެގި ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ކުރަނީ ކޮން ކަމެއް؟

އެ ޔުނިޓްގެ މުވައްޒަފުންގެ ޒިންމާއަކީ އާންމުންނަށް އުނގަދޫވާ ގޮތަށް ހުރި ކަންކަން ބަލައި އެ ކަންކަން އިސްލާހު ކުރުމެވެ.

އިސްލާހު ކުރަނީ އެ ކަމެއް ރައްދުވާ ފަރާތާ ގުޅިގެން ވާހަކަ ދައްކައިގެން ކަމަށް ކައުންސިލުން ބުންޏެވެ. އެ މުވައްޒަފުންނަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ އާންމުންނަށް ދިމާވާ އުނދަގުލުން ސަލާމަތްކޮށް، އިސްލާހުގެ މަގަށް ގެންދިއުމެވެ.

އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ ބައެއް ޒިންމާތައް:

- މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން.

- ގަވާއިދާ ހިލާފަށް ބަހައްޓާ ޕެލެޓްތައް ނެގުން.

- މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން.

- ޕާކް ކުރުމުގެ މައްސަލަތައް.

- ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން)

- އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުން.

- ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން.

އެ މުވައްޒަފުން މާލެ ތެރޭގައި ހަރަކާތްތެރިވާއިރު އެފަދަ ކަންކަން ކުރާ މީހުން ފެނިއްޖެ ނަމަ އެ މީހުންނަށް ވަކިން ނަސޭހަތް ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ. އިސްލާހު ނުވާ ކަންކަމުގައި ދެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ މީހުންނާ ހަވާލުކޮށްފައިވާ މަސްއޫލިޔަތެކެވެ.

މާލޭގެ މަގުމަތި ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ފެށިއިރު، މަގުމަތި ކުނިކެހުމާއި ސާފުކުރުމާ ވެސް ކައުންސިލުން ވަނީ ހަވާލުވެފަ އެވެ. އެކަމުގައި ކައުންސިލާއި ވެމްކޯގެ ކޯޅުން ބޮޑުވެ ކުނި ނުނަގާ މައްސަލަ ވެސް ބޮޑުވި އެވެ.

މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެގެން އެގޮތަށް ކުނި ބަހައްޓާ ބައެއް ތަންތަނުގެ ލިސްޓެއް ވެސް ސިޓީ ކައުންސިލުން އާންމުކުރި އެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ 100 އެއްހާ މުވައްޒަފުން ވެސް ވަނީ ނަގައިފަ އެވެ.

73 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 2%
icon inlove icon inlove 16%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިފާޒާ

16 May 2023

ސާބަހޭ މޭޔަރ. ތިކަމުން ވަޒީފާވެސް އުފުދުނީ. ހުރިހާ ކަމެއް ރައްޔިތުނަށް. ކުރިޔަށް މޭޔަރ

The name is already taken The name is available. Register?

ޝާފީން

16 May 2023

މަގޭ ވަރަށް ތާއިދު މިކަމަށް. ސްކޫލް ކައިރި ބެލެހެއްޓި ކުނި އަޅާ މީހުން މޮނިޓާރ ކުރަންޔާ މަށް އޯކޭ.

The name is already taken The name is available. Register?

ޏަމްޏަމާ

17 May 2023

ކުރަންޏާ ....

The name is already taken The name is available. Register?

އައްފާން.

16 May 2023

ޕޮލިހުންނަށް ނުވެ ހުރި ކަންކަން ރަނގަޅުކުރާތި، މިއީ ވަތަށް ރަނގަޅު ކަމެއް. ރައްޔިތުންގެ އެއްބާރަލުން ލިބިގެން ވަރަށް ކަންކަން ކުރެވޭނެ އަސްލް

The name is already taken The name is available. Register?

ޝާދިން ހަންނާން

16 May 2023

ވަރަށް މުހިއްމު ކަމެއް. މިކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ.

The name is already taken The name is available. Register?

އަފީފް އަބްދުﷲ

16 May 2023

މުއިޒް ވަރެއް ނެތް. މަގޭ މޫނު ބުރުގާ އެޅި އަންހެނުންނަށް ވަޒީފާ ވެސް ދީފި.

The name is already taken The name is available. Register?

ވިސްނާށޭ

16 May 2023

އެއއމެ ފަހުން ރަގަޅު އިސނެގުމެއް. އެކަމަކު ފައިދާލިބޭނީ 5 އަހަރާއި 10 އަހަރަށް ހިންގައިގެން.

The name is already taken The name is available. Register?

ރައްޒާގު

15 May 2023

ހުސްނުހީނާމަގު ކެންޓެކް ފިހާރަ ކުރިމަތީގަ ޕާރކް ކޮއްފަ އެއޮންނަ އެމީހުންގެ ވޭންގަޑު ނަގާދީބަލަ. ސައިކަލް ބަހައްޓާލާނެ ތަންކޮޅެއްވެސް ނޯވެ.

The name is already taken The name is available. Register?

އެނޮނިމަސް

15 May 2023

2012 ފެބްރިއަރީ 7 ބަޢާވަތަށްފަހު ދިވެހި ފުލުހުންނަކީ ބޮޑުމުސާރަނަގައިގެން ވަރަށް އަރާމުގައިއުޅޭބައެއް.

The name is already taken The name is available. Register?

އާދަނު33

15 May 2023

ފުލުހުންނަށް މާލެތެރެ ނުބެލެހެއްޓިގެން އެންމެފަހުން މަގުފާރަވެރިން ކިޔާބަޔަކު ހެދީ؟! ރައްޔިތުންގެ ޓެކްސްފައިސާއިން ބޮޑު މުސާރަދީފައި ތިބޭ ފުލުހުން މީ ކީއްކުރާ ބައެއްތައަޅޭ؟!

The name is already taken The name is available. Register?

ފޮލިސް

15 May 2023

ޕޮލިހައް ދޭން ވާ ލާރިނުދީ އޮތީމަ ޕޮލިސް މިސައް ކައް ހުއްޓާލީ ވާނުވާގަ ތިހުރީ

The name is already taken The name is available. Register?

ތުނިޔަ

15 May 2023

ތިގްރޫޕް ފޮނުވަބަލަ ބަންގާޅުކުދިން ރަޖިސްޓްރީ ނުކޮށް ހިންގާ ވިޔަފާރިތައް ބަލަންވެސް..އަދި އަގު ނުޖަހާ މުދާވިއްކާ ފިހާރަތަށްވެސް..އެއީ އިކޮނޮމިކް މިނިސްޓްރީގެ ޒިންމާއެއްނަމަވެސް މުވައްޒަފުން މަދުކަމުން ނުވަނީއޭ ކިޔާޢަޑު އިވޭތީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454