މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް-- ފޮޓޯ: މިހާރު
01 މާޗް 2022 - 14:56
ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ ސަން އަހުމަދު ސިޔާމް މުހަންމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ދ. މީދޫ ދާއިރާގެ މެމްބަރު ސިޔާމްގެ އިތުރުން، ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަން ވެސް، ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް މިދިޔަ މަހުގެ 9 ގައި ކުރި އަމުރުގައި އަންގާފައިވެ އެވެ.
ޕާސްޕޯޓް ހިފެހެއްޓުމުގެ ކޯޓު އަމުރުތަކާ އެކު، އާންމު އުސޫލުން ވަގުތުން ޕާސްޕޯޓް ހިފަހައްޓަ އެވެ. ނަމަވެސް އިމިގްރޭޝަނުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.
ހިލްޓަންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތް:
● ނ. މެދުފުށީގައި ސަން ޓްރެވެލް އިން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގަން ހިލްޓަން އާ ހަވާލުކުރީ ފެބްރުއަރީ 27، 2009 ގައި.
● ދެ ފަރާތުގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލް އިން، އެޕްރީލް 30، 2013ގައި އެއްބަސްވުން ބާތިލްކުރި. އެހެންވެ، މި މައްސަލަ ހިލްޓަން އިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅި.
● އާބިޓްރޭޝަނުން އޮގަސްޓް 17، 2015ގައި މައްސަލަ ނިންމީ ސަން ޓްރެވެލްއާ ދެކޮޅަށް. އެއީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭން.
● އެ އަމުރު ތަންފީޒުކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅި. އަދި ސިވިލް ކޯޓުން ވަނީ ސެޕްޓެމްބަރު 2020ގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒް ކޮށްފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
02 March 2022
ތިޔަކަންތައް ހަމަޖެހިދާނެ، ހިތް ފުރޭވަރަށް ސަރުކާރު މީހަކަށް ޑޮލަރު ޖަހާލައިފިއްޔާ.
ގުދުގުދާބެއްޔާ
01 March 2022
ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒް ކޮށްފައި.؟؟؟ ހެހެހެ މިއުޅޭ ޕޮލިޓިކަލް ކުދިންކޮޅަށް ހީވަނީ ރައްޔިތުންގެ ބޮލަށް ޗިޕްޖެހޭނެކަމަށް! މިހާގިނަދުވަހު އެކައުންޓް ފުރީޒް ކޮއްފައި ހުރެމެ ސިޔާމް މެން އެއުޅެނީ ހަމަ އުފަލުގައި! މިއީ އަރަތެއް! ދެން މިއީވެސް ތިމަންނާމެން ނީ ވަރަށް އިންސާފުން ކަންކުރާ ބައެކޭ ރައްޔިތުންނަށް ދައްކާލަން ވެގެން ޖެހި ސްޓަންޓެއް
އޮނަރަބްލް އަފީފު ދީދީ
01 March 2022
ދައުލަތުގެ 3 ބާރުގެތެރެއިން 2 ބާރު "ވާނުވާގައި" އޮތް ދުވަސްވަރެއްގައިވެސް ޑިމޮކްރަޓިކް ދައުލަތްތަކުގެ އެންމެ ޙާއްސަ ބާރުކަމުގައި ބަލަމުންދާ ސްޕްރީމްކޯޓާއި އެކޯޓްގެ ބަލަދުވެރިކަމުގެދަށުގައިހިމެނޭ ހައިކޯޓާއި ދަށުކޯޓްތަކުން އަދުލަށް ޙުކުމްކޮށް "ތަފާތު ކުރިމެއްނެތި" އިންސާފުގެމަގުގައި ކުރިއަރާދާތަން ފެނުމަކީ އަހަރުމެން ނުހަނު ބޮޑަށް އުފާވާކަމެއް. # އަހަރުމެންގެ އުއްމީދަކީ ސަރުކާރާއި މަޖިލިސް މިކަމުގެތެރެއަށް އުސޫލުތަކުގެބޭރުން ވަދެގަނެ ގޯސްނެހެދުން.
ހަސަންކާރީ
02 March 2022
މާލޭ މީހުނަށް ފަތިވަރު ނުގޮވާ ކަލެއަށް ކޮމެންޓެއް ފުރިހަމ ކޮށްލެވުނީތީ އަހަރެން މިހިރީ އަތްޖަހަން.
ހުސެން
01 March 2022
މިއުޅޭގިނަމީހުންގެ އަސްލު ސައިޒަކީ މިއީ، އެތަންމިތަނަށް ދަރާފަ، ނުވަތަ މުއައްޒަފުންނަށް ހަމަ މުސާރަނުދީ!!
ހިފަހައްޓައިފި
01 March 2022
ކަށީގަހިފައިފި. އެގްރީމެންޓެއް ހަދައިފިއްޔާ ޖެހޭނެ ކޮންމެވެސް ޚިލާފެއްވާން.
ކުޗީ
01 March 2022
ތީހުސް ޑްރާމާ. ހަޤީގަތުގައި ޕާސްޕޯޓެއް ހިފަހައްޓާކަށް ނުޖެހޭ. ރިސޯޓް ވިއްކާލާފަވެސް ތިލާރި ދޭންޖެހޭ. .... މިގައުމުގައި އިންސާފެއް ނުލިބޭނެ. 2023 ގައި ވެރިކަން ބަދަލުވާނެ ... އޭރުން އަނެއްކާވެސް 5 އަހަރު ލިބުނީ.
ކަސަބެ
01 March 2022
ބޮޑުކާރަކަށް އަރާ އިނދެވުނީމަ ނިމުނީނު. ލަދު
ނނމާ
01 March 2022
ނ. މެދަފުށި
ރަދީފު ބިން ރަފައިދާ
01 March 2022
ޖާބިރު ހައްޔަރުކުރުމުގެ އަމުރެއްވެރެއް ތަންކޮޅެއްކުރިން ނެރުނު. މިހާރު އެކަން އޮތްހިސާބެއް ނޫންވެރިން ބަލާލަދީބަލަ. ހައްޔަރުކުރިތޯ ނުވަތަ ނުކުރޭތޯ މިހާކަވަރު ބަލާލަދީބަލަ.
އަސްތާ
01 March 2022
ރަޝިޔާ ހަނގުރާމައިގަ ބައިވެރިވާން ދެން އޭނައަށް ނުދެވޭނެ ގޮތް ތިޔަވީ.