01 މާޗް 2022 - 15:08
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކަނޑައަޅާ ޝަރުތުތައް، ރަޝިޔާ އިން ޔޫކްރޭނާ އިއްޔެ ހިއްސާކޮށްފި އެވެ.
މި ޝަރުތުތައް ރަޝިޔާ އިން ޔޫކްރޭނާ ހިއްސާ ކުރީ، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދެ ގައުމުން އައްޔަންކުރި ދެ ވަފްދުގެ މެމްބަރުން، ބެލަރޫސްގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ. މި މަޝްވަރާތަކާ ގުޅޭ ގޮތުން ޔޫކްރޭނުން ބުނީ، އެ ގައުމުން ބޭނުންވާ އެއްވެސް ނަތީޖާއެއް، އެ މަޝްވަރާތަކުން ހާސިލް ނުކުރެވުނު ކަމަށެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ވަފުދާ އެކުގައި ބޭއްވީ އުނދަގޫ މަޝްވަރާތަކެއް ކަމަށެވެ. އަދި ރަޝިޔާ ސަރުކާރު ބޮޑަށް ބުރަވަނީ ހަނގުރާމަކުރުމަށް ކަމަށާއި ސުލްހަވެރި ގޮތުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ރަޝިޔާ އިސްކަން ދެނީ ހަމަލާ ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ރަޝިޔާ އިން ހުށަހެޅި ފުރަތަމަ ޝަރުތަކީ، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ދެކުނު ސަރަހައްދު، ކްރީމިއާއަކީ ރަޝިޔާގެ ބިމެއް ކަމަށް ޔޫކްރޭނުން ވެސް އަދި ހުޅަނގުގެ ގައުމުތަކުން ވެސް އިއުތިރާފް ވުމެވެ. ދެ ވަނަ ޝަރުތަކީ، ޔޫކްރޭނުގައި (ރަޝިޔާގެ ސަލާމަތަށް ނުރައްކާވާ ގޮތަށް) ހިންގާ އަސްކަރީ އެންމެހައި ހަރަކާތްތަކާއި ނާޒީ ހަރަކާތްތައް ހުއްޓައިލުމެވެ.
މީގެ އިތުރުން ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޔޫކްރޭން ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދިނުމަކީ ވެސް ރަޝިޔާގެ ޝަރުތެކެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވަނީ ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯންއާ އެކުގައި ފޯނުން ކުރެއްވި މަޝްވަރާތަކުގައި ވެސް މިޝަރުތުތައް މެކްރޯން އަށް ދަންނަވައިފަ އެވެ.
ބެލަރޫސްގައި ރަޝިޔާ އާއި ޔޫކްރޭނުން އިއްޔެ ބޭއްވި މަޝްވަރާތައް މެދުކަނޑައިލީ، ހަނގުރާމަ ހުއްޓުމާ ބެހޭ ވާހަކަތައް އިތުރަށް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް އެއްބަސްވެގެންނެވެ. އެނިންމުމާ އެއްގޮތަށް ދެން ބާއްވާ މަޝްވަރާތައް ވަރަށް އަވަހަށް ފެށޭނެ ކަމުގެ އިޝާރާތެއް ރަޝިޔާ އިން ވަނީ ދީފަ އެވެ.
މަޝްވަރާތަކުގައި ބައިވެރިވާ ރަޝިޔާ ވަފްދުގެ ވެރިޔާ ވްލަޑިމީރް މެޑިންސްކީ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާ އާއި ޔޫކްރޭނުން ބާއްވާ ދެ ވަނަ ބުރުގެ ވާހަކަތައް އޮންނާނީ ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގަ އެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ވަކި ދުވަހަކާއި ވަގުތެއް ދެ ގައުމުން ކުރެ ގައުމަކުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމެންގެ
02 March 2022
އެމެރިކާ ޕަޕެޓު ހެދިގެން އުޅޭ ކޮމޭޑިއަނެއްގެ ބަލާވެރިކަން
އަބްޑޫޅް
02 March 2022
Владимир މިނަން، ކަލޭމެން "ލަޑިމިއާ" މިހެން ލިޔެނީ ކީއްވެގެން؟ އެ ނަމަކީ "ވްލަޑީމިރް". ގަބޫލު ނުކުރަންޏާ، ގޫގަލް ތަރުޖަމާގެ އޯޑިއޯ ޖައްސައިގެން އަޑުއަހާލަ ބަލަ. މިހާރު މިކަހަލަ ކަންތައް ކުރާކަށް މާ ދުރަކަށް ދާކަށް ނުޖެހެ.
ކީސްފިލާ
02 March 2022
އަހަރެންވެސް ކޮމެންޓްތަކުގައި ތިޔަވާހަކަ ލިޔަން. މީހުންގެ ނަމާ ގައުމުތަކުގެ ނަމާ ތަންތަނުގެ ނަން ލިޔާއިރު އެބަޔަކު ކިޔާގޮތް އަހައިގެން ރަނގަޅަށް ލިޔުމަށް.
އިބިނު އަޝްރު
01 March 2022
ހިތައްވެރިވަނީ ބަދުރު ހަނގުރާމައިގެ ހާދިސާ. ހިތްވަރުގަ އަދަދުގެ ގޮތުންމަދު މުސްލިމު ލަޝްކަރަށް އެތައްގުނައެއް އަދަދުގެ ގޮތުންގިނަ މުޝްރިކުންކުރި ހަނގުރާމަ. ހަފައެފަދައިން ހިތްވަރުގަދަ ކުޑަކުޑަ ޔުކުރޭނަށް އަނިޔާވެރި ބިޔަބޮޑު ރަޝިޔާ މިހާރު ދޭހަމަލާތައް! ވިސްނާ ބަޔަކަށް ކަންކަން ފަހުމުވެގެންދާނީ...
ބިސް
05 March 2022
ޔޫކުރޭނު މީހުން އެއީ ކޮންކަހަލަ ބައެއްކަން ދެނަހުރިންތަ؟ކަލޯތިޔައީ އެމްޑީޕީ މީހެއްދޯ؟ ހަމަ އަހާލީ އިނގޭi
ކަޅުބުޅާ
01 March 2022
އަދު އެއްސަރުތު މަދު، ޕަޕެޓް ރައީސް އިސްތިއުފާ ދީފަ ފިލުން.
ޗަރޭ
01 March 2022
ސާބަހޭ. ތިއީ ގަޓު ރައީސުންނަކީ. އަހަރުމެންގެ ގަޓުވެގަނެގެން އުޅުނު ރައީސް ޖަލުގައި އަހަރެއްވަންދެެން ތަޅުވާލީމާ މިހާރު ނިކުމެގެން ގޮވަނީ މޮޔަ...
ކުރުސީ
01 March 2022
ރައީސް ޝާހިދު ރުހޭބާ މި ޝަރުތުތަކަށް. ހަމަ އަހާލީ.
120687
01 March 2022
ހާދަ ރައީސުން ގިނަ ގައުމެކޭ. ބޮސްނިއާ އެންޑް ހޭޒަގޮވީނާގައި ތިބޭ ތިން ރައީސުން ކޮންމެ ދަރިކޮޅަކަށް ރައީސެއް. މި ގައުމުގައި ކޮންމެ ގެޔަކަށް ރައީސެއް.
އަޝްރަފް
01 March 2022
މީ ހަގީގީ ގަޓު ރައީސުންނަކީ...
ގަހޭ
01 March 2022
ހަމައެކަނި މި ޝަރުތައް ވިސްނާލިޔަސް، ރަސިޔާއިން ޔޫކުރޭނަށް އަރައިގަތުން ރަގަޅުނޫންކަން ގަބޫލްކުރެވޭ. "މިހާރު ކުރިއަށް ދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ރަޝިޔާ އިން ހުށަހެޅި ފުރަތަމަ ޝަރުތަކީ، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ދެކުނު ސަރަހައްދު، ކްރީމިއާއަކީ ރަޝިޔާގެ ބިމެއް ކަމަށް ޔޫކްރޭނުން ވެސް އަދި ހުޅަނގުގެ ގައުމުތަކުން ވެސް އިއުތިރާފް ވުމެވެ."
ރަދީފްއޮފިޝިއަލް
01 March 2022
ކްރައިމިއާ ރަޝިޔާގެ ބެލުމުގެދަށުގަ އޮންނަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓްގަ ކްރައިމިއާގެ %95 މީހުން ބުނީ ރަޝިޔާގެ ބެލުމުގެ ދަށުގަތިބެން ބޭނުންވާކަމަށް. ސޯ ވަޓް؟؟
ރަދީފްއޮފިޝިއަލް
01 March 2022
ވަރަށް ގަޓް ޝަރުތުތަކެއް.ސާބަހޭ ޕުޓިން.ތިޔާއީ މޭންއެއް.އުޑާޗީ މިސްޓަރ ޕްރެޒިދެންޓް
ޙަމީލިޔާ
01 March 2022
ޝަރުތުތައް ގޯހެއް ނޫން