އޮލެކްސެންޑާ ޒިންޗެންކޯ: އެފްއޭ ކަޕްގައި ރޭ ސިޓީ ކުޅުނު މެޗުގައި ކެޕްޓަން ބޭންޑް އެޅީ އޭނާ --- ފޮޓޯ: ޝަޓާ ސްޓޮކް
02 މާޗް 2022 - 12:34
މެންޗެސްޓާ (މާޗް 2) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭނާ އެކު ވާކަން ހާމަކުރުމުގެ ގޮތުން އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ކެޕްޓަން ބޭންޑް ޔޫކްރޭންގެ ޑިފެންޑަރު އޮލެކްޒެންޑާ ޒިންޗެކޯ އަށް ދީފި އެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ މެޗުގައި ރޭ، ޕީޓާބާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ނެރުނު ޓީމު ލިސްޓްގައި އެންމެ ފުރަތަމަ ކެޕްޓަނެއްގެ ގޮތުގައި ޖަހައިފައި ވަނީ ސިޓީގެ ދާއިމީ ކެޕްޓަން ފެނާންޑީނިއޯ އެވެ. އެކަމަކު މެޗު ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް ފެނާންޑީނިއޯ ވަނީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ކައިރީ އެދިގެން އެ މެޗުގައި ކެޕްޓަން ބޭންޑް ޒިންޗެންކޯއާ ހަވާލު ކުރަން އެދިފަ އެވެ.
"އަހަރެމެންގެ ކެޕްޓަން (ފެނާންޑީނިއޯ) ނިންމީ އޭނާ (ޒިންޗެންކޯ) އަށް ކެޕްޓަން ބޭންޑް ދޭން. އެއީ މި އުނދަގޫ ވަގުތު އޭނާގެ މުހިންމުކަން އިހްސާސް ކޮށްދޭން،" މެޗަށް ފަހު ގާޑިއޯލޯ ބުންޏެވެ.
"ކްލަބްގެ ހުރިހާ މެންބަރުން ތިބީ މި ކަމުގައި އޭނާއާ އެކުު. އަހަރެމެންގެ ކެޕްޓަން ނިންމި ނިންމުމަށް މުޅި ކްލަބް އިހުތިރާމު ކުރޭ."
މެޗު ފެށުމުގެ ކުރިން ޕީޓާބާގެ ކެޕްޓަން ފްރެންކީ ކެންޓް އާއި ޒިންޗެންކޯ ވަނީ ޔޫކްރޭންގެ ދިދަ ހިފަހައްޓާލައިގެން ދަނޑަށް ނުކުމެފަ އެވެ. ރޭގެ މެޗު ސިޓީން ކާމިޔާބު ކުރީ 2-0 އިންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ރިޔާދު މަހްރޭޒް އާއި ޖެކް ގްރިލީޝް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާދަނުބެ
02 March 2022
މުސްލިމުން ބޮލަށްވާރޭ ފެން އޮހޭހެން އެމެރިކާ އާ އިސްޜާ އީލުން ބޮން އެޅި އިރު ކޮބާކަލޭމެން ނޭޓޯ އޭ މި ކިޔާމިހުން ވީކޮންތާކު މުސްލިމު އެތްވެސް ގަ އުމެތް ނޭޓޯ ގަ އުމަކަށް ނުވަނީކީ އްވެ
ހައްގުބަސް
02 March 2022
ހުޅަނގުގެ 02 ފުށް ދެގޮތް ސިޔާސަތު މިފެންނަނީ.ފަލަސްތީނަށް ތާއިދުކޮށް ކްލަބްތަކުގެ ފޭނުން ސްޓޭޑިއަމްތަކުގަ ހަރަކާތްކުރީމަ ކްލަބަށް ފިޔަވަޅުއަޅާފަ އެބަހުރި.