އަންހެނުންތަކެއް މަގުމަތިން ހިނގާފައި ދަނީ: ރާއްޖޭގައި ދަރިމައިވާ ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 މާޗް 2022 - 10:12
ރާއްޖޭގައި ދަރިމައިވާ ރޭޓް އަދިވެސް އަންނަނީ ދަށްވަމުން ކަމަށް އެންމެ ފަހުން ހެލްތު މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނެރުނު ސިއްހީ ދާއިރާގެ ތަފާސްހިސާބު ރިޕޯޓުގައިވާ ގޮތުން، 2009 ވަނަ އަހަރު ރާއްޖޭގައި ދަރިމައިވާ ރޭޓް ހުރީ 2.5 ގަ އެވެ. އެކަމަކު 2017 ވަނަ އަހަރު މި ރޭޓް ހުރީ 2.1 ގަ އެވެ.
ރަށްރަށުގައި އެ ރޭޓް 2.8 ގައި ހުރި އިރު މާލެ ސަރަހައްދުގައި ރޭޓް ހުރީ 2.1 ގަ އެވެ.
ޕާޓިލިޓީ ރޭޓަކީ އާބާދީގެ ކޮންމެ 1،000 މީހަކަށް އުފަންވާ، ދިރިހުރި ކުދިންގެ އަދަދެވެ. ގައުމެއްގެ އާބާދީ އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށް އެންމެ ދަށްވެގެން 2.1 ގައި ހުންނަންޖެހޭ ކަމަށް ބައެއް ހޯދުންތަކުގައި ބުނެފައިވެ އެވެ. އެއީ ހިޖުރަކުރާ މީހުންގެ އަދަދުތައް ނުހިމަނަ އެވެ.
ރަށްތަކާއި މާލޭގެ މި ރޭޓް ވަކިން ބަލާއިރު މާލޭގައި މި ރޭޓް ހުރީ 1.8 ގަ އެވެ. ރަށްރަށުގައި ހުރީ 2.5 އަށް ދަށްވެފަ އެވެ.
އަންހެނަކު، ކުޑަ ދެ ކުއްޖަކާއެކު ހިނގާފައި ދަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަމަކު 2020 ވަނަ އަހަރު ރަށްރަށުގައި ޖެނެރަލް ފާޓިލިޓީ ރޭޓް އިތުރުވެ، މާލޭގައި އެ ރޭޓް ވަނީ ދަށްވެފަ އެވެ. އޭގެ ސަބަބެއް ކަމަށް ބަލަނީ، ކޮވިޑް-19 ގެ ސަބަބުން ދަތުރުކުރުމުގައި އޭރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ވިހޭ މީހުން މަދުވުމެވެ.
ދެހާސްވިހި ވަނަ އެ އަހަރު ރާއްޖޭގައި އަލަށް 6،215 ކުދިން އުފަންވި އެވެ. މި ކުދިންގެ މައިންގެ އެވްރެޖް އުމުރަކީ، ތަފާސްހިސާބުން އެނގޭ ގޮތުގައި 29 އަހަރެވެ.
ދަރިން ލިބޭ އުމުރުގެ މީހުންގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލަނީ 15-49 އަހަރާ ދެމެދުގެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަނާ
04 March 2022
ދަރިން ރަގަޅަށް ތަރުބިއްޔަތު ކުރާކަށް ނޭގޭ، އެހެންވެ ދަރިފުޅު ޕާޓޭ އަކަށް ވެދާނެތީ ބިރުން ދަރިއަކު ވެސް ނުހޯދަން، މިހަކާ ވެސް ނީންނަން.
ބަކަމޫން
03 March 2022
އިބްރާހީމް ވެސް އެބުނަނީ އަގަޔަށް ބާރުލާފަ މާލޭ މީހުނަށް ގޯތި ދޭނަމޭ އޭރުން ރަށްރަށު މީހުން މާލެ ގެނެސް ކުއްޔަށް ގެ ދިނުމުން ލިބޭ ފައިސާ ވިލާތު ޤައުމު ތަކަށް ޙަރަދުކުީމަ އެ ނިމުނީ، ރަށްރަށު މީހަ މާލެ އައިސް ކޮޓަރިގަނޑެއްގެ އަނެއް ރަށެއްގެ މީހާ އިނދެ ރަށުންވެސް ވަންނާނެ ތަނެއް ނެރި ދަރިން ހޯދޭނެގޮތެއް ނެތި، ބިކަވެ މުސްކޮޅުވެގެންދާއިރު ދަރިން ހޯދާނެގޮތެއްވެސް ނޯވޭ، ހުރިހާ ވެސް މައްސަލައަކީ މާޅޭ މީހުނާ ރަށްރަށު މީހުން ތަފާތުކުރުން
އާދަނު123
04 March 2022
ދުނިޔެ އުފަންވާ ކުއްޖަކާއެއްކޮށް އެކުޖާގެ ބަރަކާތް ވެސް މަތްﷲ ދެއްވާނެ
ބޮލިރަވަ
03 March 2022
ދަރިންގެ ރޭޓްމަދުވީ ޕްރައިވެޓް ހޮސްޕިޓަލް ގިނަވިހިސާބުން، ނެޗްރަލްބާރތްގެ ބަދަލްގައި ސިޒޭރިއަން ހަދަން އިސްކަންދިނުމުން، އެތަންތަން ސަވައިވްވާން ގިނަ ފައިސާވައްދަން ސިޒޭރިއަންހެދީމާ ހޮސްޕިޓަލަށް، ސިޒޭރިއަން ހަދާ ޑޮކްޓަރަށް ބައިއެޅިގެންދޭ، ސިޒޭރިއަނުން ތިން ދަރިންނަށްވުރެގިން ނުލިބޭ.
ޢެކަނިވެރި އަންހެނެއް
03 March 2022
ކިހިނެތް ދަރިން ހޯދާނީ، ރަށުގަ ވަންނާނެތަނެއް ނެތް. މާލޭގަ އުޅޭތީ ރަށުން ގެވަޅެއް ނުދޭ، ރަށުގަ ރަޖިސްޓްރީ އޮންނާތީ މާލޭއިން ބޯހިޔާ ވަހި ކަމެއްނުލިބެ، ކުލީގެ އަޅުން ގޮތުގަ މަރުވަންދެން މާލޭގަ އެއްތަނުން އަނެއްތަނަށް ހުރި ހަމައެކަނި ދަރި ގޮވައިގެން އުޅުން ނޫން ގޮތެއްނެތް
އެކަނިވެރިކޮއެ
04 March 2022
ކޮއެ ނުދައްކަނީ އެއްމެ ވާހަކައެއް އެއީ ދަރިފުޅުގޮވައިގެން މާލޭގައި އެބުރުމަށް ވުރާ މާރަގަޅުވާނެ، ރަށަށް ދިޔައިއްޔާ. ރަށުގައި ކުލީގެ ގޮތުގައި އުޅުނަސް އަތުންދާ ޚަރަދު ކުޑަވެފައި، ހިތަށް ލިބޭ ފިނިކަން މާބޮޑުވާނެ.
ފޮރިއަލް
03 March 2022
ނޯ ޕްރައިވަސީ ޓުމޭކް މޯ ބޭބީސް.
އާދަނު123
03 March 2022
މިއޮށް ހުރިހާދުވަހު އާއިލާ ރާވާށެ ހުރަސް ބޭނުން ކުރާށޭ ކިޔާ މީހުން ދަރިން ހޯދާ ވަރު ދަށްވީމަ އަދި މި އެނގުނީ މީ ކިހާ ވަރެއްގެ ކަމެއްކަން
އޮނަރަބްލް އަފީފު ދީދީ
03 March 2022
މާލޭ މީހުން ހީކުރީ ޤައުމު އަޅުވެތިވަނީ ހަމައެކަނި އިންޑިޔާ ސިފައިން ތިބީމަ ކަމަށް. # އެހެންވެ ޤައުމުގައި ހުރި އިޖްތިމާއީ މައްސަލަތަކާއި ދައުލަތުގެ ވެލްތް ޑިސްޓްރިބިއުޝަންގައި ބޭއިންސާފު ވުމާއި، ދައުލަތުގެ މުދަލާއި ފައިސާއާއި ވަސީލަތް އެމީހުންގެ ރަށުމީހުނަށް މިލްކް ކުރުމަކީ ނުވަތަ މިފަދަ ރޭސިސްޓް އެއްރަށްދައުލަތް ސިޔާސަތަކީ އޭގެ ނުބައި ނަތީޖާ އެތައް ގޮތަކުން ނިކުމެ ދައުލަތަށް ގެއްލުންވާނެ ކަމެއްކަން މާލޭމީހުނަށް ވިސްނުފައިނެތުމުން މިހެން ދިމާވީ.
ބޫސްޓަރު ނުޖަހާނަން
03 March 2022
މަޖުބޫރު ކޮށްގެން އެންމެން ގަޔައް ޖެހި ބޫސްޓު ތަކުން ވާކަމެއް،، ނޫސް ތަކުގަ ފަލަ ސުރުހީ ގަ މިވާހަކާ ލިޔާ އިރު ހަގީގަތް ހާމަކޮށް ވެކްސިން ބޭނުން ކޮށްގެން ސްޓެރަލައިސް ކޮށް މީހުން މަރަމުން ދާއިރު ވާހަކަ ދައކާނެ މީހަކު ނެތް
ތިއްތަ
03 March 2022
ދަރިންނެއް ނުހޯދޭނެ ތާ ހޯދައިގެން ވައްދާނީ ކޮން ތާކަށް މާލެ މޭހެއް ވީމާ ސިޔާސީ ނުން ވީމަ ހިޔާވަހި ކަމުނއް މަހުރޫމް ކޮއްލީ.
މުހައްމާ
03 March 2022
ގެދޮރުގެ ދަތިކަން އާމްދަނީގެ ވާހަކަ، ދަރިންގެ ވާހަކައާ ގުޅިގެން މިއަންނަނީ. އެތެރެގެއާއި ބޭރުގެ ހަދައިގެން ފަނުން ގެދޮރުގައި އަޅައިގެން އުޅުނުއިރު އެގޭތެރޭގައި ދެޖިންސުގެ ހައެއްކައަށެއްކަ ދަރިން ބޮޑެތިވަމުން އަންނަނީ. ބައެއް މީހުން ދިހަބާރަ ދަރިން ހޯދިއިރު ސިޒޭރިއަން ހަދާކަށްނުޖެހޭ. އުޅުނީ އަތްފައިކޮށައިގެން މަސައްކަތްކޮށްގެން. އަންހެނުން އުޅުނީ ވަލަށްގޮސް ދަރުކޮށައިގެން ކައްކައިގެން. އޭރުތޯ ދަތިހާލުގައި އުޅުނީ މިހާރުތޯ ދަތިހާލުގައި މިއުޅެނީ؟!!!