ޓްރީޓޮޕް ހޮސްޕިޓަލުން އައިވީއެފް ކާމިޔާބުވި ފުރަތަމަ މަންމައާއި އޭނާގެ ދަރިފުޅު. ފައިލްފޮޓޯ:މިހާރު
19 ނޮވެމްބަރ 2025 - 20:36
ޤުދުރަތީ ގޮތުން ދަރިމައިނުވާ އަންހެނުން ދަރިމައިކުރުމަށް ދޭ ހާއްސަ ފަރުވާއެއް ކަމަށްވާ އައިވީއެފް ހަދަން އެހީދޭން ސަރުކާރުން ގާއިމްކޮށްފައިވާ "ފާޓިލިޓީ ކެއާ ފަންޑު"ން މި އަހަރު ދޭ އެހީއަށް އެދެން ސަރުކާރުން މިއަދު ހުޅުވާލައިފި އެވެެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިފަހަރު ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް ކަމަށެވެ.
މިދިޔަ އަހަރު 100 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލިއިރު، 93 ދެމަފިރިއަކަށް 7.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކަމަށް އެންސްޕާ އިން ވަނީ ބުނެފަ އެވެ.
މާދަމާއިން ފެށިގެން ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެ ފުރުސަތަށް އެދި ސަރުކާރުގެ "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. އަވީއެފް އާއި އަައިޔޫއައި ގެ ފަރުވާއަށް ފާޓިލިޓީ ފަންޑުން އެހީތެރިވުމުގެ އުސޫލު ވެސް އެ އިއުލާނާ އެކު މިއަދު އާއްމުކުރި އެވެ.
އެ އުސޫލުގައިވާ ގޮތުން އެހީއަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ، އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ މީހުންނަށެވެ. ދަރިމައިވުމުގެ އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައި ވުމަކީ ވެސް ޝަރުތެކެވެ.
އެންސްޕާ އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ފަރުވާގެ އެހީ ފޯރުކޮށްދިން 93 އަންހެނުންގެ ތެރެއިން 23 މީހެއްގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ.
ދައުލަތުގެ ވެލްފެއާ އިދާރާގެ އިތުރުން އާސަންދައިގެ ދަށުން ވެސް މިހާރު އަންނަނީ އައިވީއެފް ހެދުމަށް މާލީ އެހީ ދެމުންނެވެ. އެހެންވެ، އެކަމަށް ދެ ފަންޑަކުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދެ އެވެ.
ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.
އައިޖީއެމްއެޗްގައި ވެސް އައިވީއެފް ހެދޭނެ ގޮތްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
20 November 2025
އޭއި، ދިވެހިރާއްޖޭގެ ރައްޔިތުންނޭ، ކޮބާ ކަލޭމެންގެ ލަދު؟ ޕޮޕޮސް، ޕޮސް.
އަބްޑޫޅް +
20 November 2025
އަހުރެންގެ ދެމަފިރިން އައިވީއެފުން ދަރިފުޅު ހޯދި ވާހަކަ އިވިގެން، ކަލޭމެން ދިވެހީން ހީވީ ދުނިޔެ އަށް މޮޔަވިހެން. އެކުރީ ޒިނޭ އޭވެސް ގޮވި. ކަލޭމެންނަށް އިންޑިޔާމީހުން ދިން މަނަވަރާއި ހެލިބޮކުޓަރު ފޮނުވައިގެން ދެމަފިރީންނާ ދަރިފުޅު ހައްޔަރުކޮށް، ބިޑިއަޅައި އަނަދަގޮނޑިޖަހައިގެން މާލެ ނުގެނައީވެސް ހަމަ ކިރިޔާ. ހައްދުޖަހާށޭވެސް ގޮވި. މިހާރު ކަލޭމެން ތިޔަ އުޅެނީ އައިވީއެފު ނުހެދިދާނެތީ، ... ޕޮސް.
އަބްޑޫޅް +
20 November 2025
ކަލޭމެން ދިވެހީންނަށް އެނގޭ ދޯވ، އަހުރެންނަކީ ކާކުކަން. ޕޮސް. ޕޮސް. ޕޮ ޕޮސް ޕޮސް...... ޙޫމް.
ރައުޔު
19 November 2025
100 ދުވަސް ހަމަވާން ކައިރި ވެއްޖެއެވެ