ޚަބަރު / މެމްބަރު އިމްތިޔާޒް ފަހުމީ

އިންތިހާބު ގަޑުބަޑުވެދާނެތީ ފަސްކުރަން އިންތިގެ ޓީމުން ދެކޮޅު ހަދައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންތި އާއި އީވާ އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް: ޗެއާޕާސަންގެ އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައި އޮތީ އެޕްރީލް 16 ގައި. -- ފޮޓޯ/ މިހާރު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅުވައި ނުފޫޒާއި ބާރުގެ ބޭނުންކުރާ ކަމުގެ ޝަކުވާތަކެއް ކެނޑިނޭޅި ލިބެމުންދަނިކޮށް، މިހާރު އޮތް ތާރީހް ފަސްކޮށް، ވޯޓު ގަޑުބަޑުވެދާނެ ފަދަ އެއްވެސް ކަމަކަށް ޖާގަ ދިނުމާ ދެކޮޅު ކަމަށް އިންތިހާބުގައި ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަނަކު ހޮވުމުގެ އިންތިހާބު މިހާރު ޝެޑިއުލްކޮށްފައި އޮތީ އެޕްރީލް، 16 އަށެވެ.

މިއީ ރޯދަ މަހަށް ވުމުން ދަތިތަކެއް ކުރިމަތިވެދާނެތީ، އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުށަހެޅުއްވީ ވޯޓުލުން އަވަސްކުރަން ނުވަތަ ރޯދަ މަހުގެ ތެރޭގައި ނުބާއްވައި ދެން ބާއްވާނެ ދުވަހެއް ގައުމީ މަޖިލީހުން ނިންމުމަށެވެ.

އިންތިގެ ކެމްޕޭން ޓީމުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެންމެ ދުވަހަކަށް ވެސް އިންތިހާބު ލަސްކުރަން ތާއީދު ނުކުރާ ކަމަށެވެ. އެ ޕާޓީގެ އާއްމު މެމްބަރުން ތިބީ އިންތިހާބަށްޓަކައި ޖޯޝާއި ފޯރީގައި ކަމަށާއި ކެމްޕޭނު ހިނގުންތަކާއި ޖަލްސާތަކާއި ޖަގަ ހުޅުވުން ވެސް ބާރުމިނުގައި ކުރިއަށް އެބަދާ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ކެމްޕޭންގައި އިންތިއަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާ އާއި ފައިސާ އާއި ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމުގެ ޝަކުވާ ކެނޑިނޭޅި ދަނީ ލިބެމުންނެވެ.

"އިންތިހާބުގެ ތާރީހެއް ކަނޑައެޅުމަށް ފަހު އެ އިންތިހާބު އިއުލާންކޮށް، ކެންޑިޑޭޓުން ކުރިމަތިލައި ކެމްޕޭން ފަށައިގަތުމަށް ފަހު އިންތިހާބުގެ ތާރީހަށް ބަދަލު ގެނެސް ގަޑުބަޑުކުރުމަކީ އިންތިހާބުގެ ސައްހަކަމާ މެދު ޝައްކާއި ވަހުމް އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރިން ވެސް ހިންގާފައިވާ، އަދި އެކަމުގެ މައްޗަށް އެމްޑީޕީން ކެނޑިނޭޅި ހަރުކޮށް ދެކޮޅު ހަދާފައިވާ ކަމެއް ކަން ހަނދާންކޮށް ދެމެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވާ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަން އެވެ.

ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމު ކުރުމާއި ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަމާއި ޕާޓީގެ އުސޫލުތަކަށް ރައްކާތެރިވެ، މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވުމަކީ ވެސް ޗެއާޕާސަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.

މި އިންތިހާބު ކާމިޔާބު ކުރުމުގެ ކެމްޕޭންގައި ފެންނަނީ އެމްޑީޕީގެ ހިޔާލުތަފާތުވުންތައް ބޮޑުވެ ދެ ފަޅިން ބަހުގެ ހަމަލާތައް ބަދަލުކުރުމާ އެކު ތުހުމަތުތައް އަޅުވާ މަންޒަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ނުކުންނެވި ފައްޔާޒުގެ ކެމްޕޭނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް، ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތާ އެކު މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް އިންތިގެ ކެމްޕޭންގައި އުޅުއްވާ މަޖިލިސް މެމްބަރުން ހުށަހެޅުއްވި މައްސަލައާ ގުޅިގެން، މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގި އެވެ. އޭގެ ތެރޭގައި، މި ސަރުކާރު ގެނައުމަށް މަސައްކަތްކުރީ އެމްޑީޕީގެ ވަކި ފެކްޝަނަކުން ކަމަށެވެ. މި ވާހަކަ އަށް ރައްދު ދެއްވި މެމްބަރުން ވިދާޅުވީ އެ ދަރަޖަ އަށް ޕާޓީގެ ބައެއް މެމްބަރުންގެ މަސައްކަތް ބަލައިނުގަތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީނާ1

04 March 2022

ދުނިޔޭގަ ބާރާއި ފައިސާ ހަމަ ގަދައީ ?? ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އެއްވެސް އެއްޗެއްނޫން ?? ގައުމުގެ ހާލަތު ?? ލާރިނަގާފަ ވިކިފަ ވޯޓުދޭންވީ ހައްގު ރަގަޅު މީހާއަށް ?

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

03 March 2022

بسم الله.ٱلْحَمْدُ لِلَّٰهِ. ކޮންކްރީޓް މެޝިން ، ޖާޑި ، އުވަ ސަލީފާ ، ސަރަބޯސް ، ތެލި ތާސް ފަދަ ތަކެއްޗަށް ވޯޓް އަޅައިގެން ވެސް ފެކްޝަނަކުން އެމީހުން ބޭނުންވާ މީހާ ހޮވުނުކަމަށް ބުނާނެ.އެމްޑީޕީ މެމްބަރުން ނިންމާނީ ރަނގަޅަށް.އަހަރުމެން މިތިބީ ކުޅިބަލަން.ހެހެހެހެހެހެ. #އެމްޑީޕީޑިސައިޑްސް2022 #ޗެއާޕާސަން #ވޯޓްސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454