ލަންކާގައި ތެޔޮ ހޯދަން މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
03 މާޗް 2022 - 18:50
ކޮލަމްބޯ (މާޗް 3) - ސްރީ ލަންކާގައި އާއްމު ދަތުރުފަތުރަށް ދުއްވާ ބަސްތަކުން ތެޔޮ ހުސްވުމާ ގުޅިގެން ޕަބްލިކް ޓްރާންސްޕޯޓް އިއްޔެ ހުއްޓުމަކަށް އައި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ލަންކާގައި ފޮރިން އެކްސްޗޭންޖުގެ މައްސަލަ ބޮޑުވެ ތެޔޮ އިމްޕޯޓް ކުރުމަށް އެ ގައުމުގައި ޑޮލަރެއް މިހާރު ނެތެވެ.
ޕްރައިވެޓް ބަސް އޮވްނާސް އެސޯސިއޭޝަނުން ބުނީ އެ މީހުންގެ 20،000 ވެހިކަލްގެ ފްލީޓުގެ ތެރޭން އިއްޔެ ދަތުރުތަކުގައި ބޭނުން ކުރެވުނީ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ މަދު ވެހިކަލް ކަމަށެވެ. ތެޔޮ ހޯދުމަށް ބައެއް ޑްރައިވަރުން ވަނީ ހަތް ގަޑިއިރަށް ވުރެ ގިނައިރު ކިޔޫގައި މަޑުކުރަން ޖެހިފަ އެވެ.
ލަންކާގައި ތެޔޮ ހޯދަން މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
"ބަސް ނުދުއްވާތާ މިހާރު ދެ ދުވަސްވެއްޖެ. ސަބަބަކީ ޑީސަލް އެއްގޮތަކަށް ވެސް ނުލިބޭ،" އުމުރުން 51 އަހަރުގެ ބަސް ޑްރައިވަރެއް ކަމަށްވާ ސަރަތު ބުންޏެވެ.
ޝެޑިއުލާ އެއްގޮތަށް ބަސް ދަތުރުތައް ކުރިއަށް ނުގެންދެވޭނެކަން އެނގުމާ އެކު ގިނަ މީހުން އިއްޔެ ބޭނުން ކުރީ އެ މީހުންގެ އަމިއްލަ މޮޓޯ ސައިކަލެވެ.
ލަންކާގައި ތެޔޮ ސަޕްލައިކުރާ ބޮޑު ކުންފުންޏެއް ކަމަށްވާ ލަންކާ އައިއޯސީން ހޮނިހިރު ދުވަހު ވަނީ ތެލުގެ އަގު 12 ޕަސެންޓް ބޮޑުކޮށްފަ އެވެ. އަދި ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން ވަނީ ތެލުގެ އަގު ބޮޑުކުރަން ސަރުކާރުގައި އެދިފަ އެވެ. ސީޕީސީގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެ ކުންފުނީގައި ތެޔޮ ހުރީ ހަތަރު ދުވަހަށްވާ ވަރަށެވެ. އެހެންވެ ތެޔޮ ދޫކުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
ލަންކާގައި ތެޔޮ ހޯދަން މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ތުޝާރާ، 36، ބުނީ އޭނާގެ ވެހިކަލަށް ތެޔޮ އެޅުމަށް ހަ ގަޑިއިރު ކިޔޫގައި ހުންނަން ޖެހުނު ކަމަށެވެ.
ތެޔޮ ނުލިބި ލަންކާގެ އާއްމު ދަތުރުފަތުރު ހުއްޓުމަކަށް އައި އިރު ކޮންމެ ދުވަހަކު ވެސް ކަރަންޓް ކަނޑާ ވަގުތު މިހާރު ވަނީ ހަތް ގަޑިއިރާ ބަޔަށް އިތުރުކޮށްފަ އެވެ. މިއީ ވޭތުވެދިޔަ 25 އަހަރު ދުވަހު ތެރޭ ވެސް މިހާ ގިނައިރަށް ކަރަންޓް ކަނޑާ ފުރަތަމަ ފަހަރެވެ.
ސަރުކާރު އޮފީސްތަކުގައި ވެސް މެންދުރު ފަހު އެއާ ކަންޑިޝަން ނިއްވާލުމަށް މިހާރު ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޭލާ
04 March 2022
ގްރޭޓް ރިސެޓް
ބަބޫ
04 March 2022
ބޮދޭސީން އިތުރު ވުމުން މައްސަލައެއް ނެތްކަމަށް ދެކޭމީހުނަށް ބުނެލަން އޮތީ. ކޮއްމެ މަހަކު މީހަކަށް 200 ޑޮލަރުގެ ރޭޓުން 150000 އަށްވުރެ ގިނަ ބިދޭސިން ރާއްޖެއިން ޑޮލަރު އެމީހުންގެ ގައުމަށް ބޭރު އެބަކުރޭ. އެމީހުންގެ މުސާރަ ގައުމަށް ފޮނުވަނީ ޑޮލަރުން. އެއީ އެމީހުން ޖަހާ ޑޮލަރެއްނޫން. ހަމަ ޓުއަރިޒްމުން ލިބޭ ޑޮލަރު. ދިވެހި ވިޔަފާރިވެރިން ބޭރުން މުދާގެންނަން ބޭންކުން ނަގަންޖެހޭ ޑޮލަރު. އެމީހުން ބޭރުކޮށްލުމުން އާދައިގެ ވަޒީފާގެ ދިވެއްސަކަށްވެސް 12000 ދެވޭ
ޙައްބޭ
04 March 2022
200 ޑޮލަރެއް ނޫން. 200 ޑޮލަރުގެ މުސާރަޔަށް އަންނަނީ. މަހަކު އެމީހާ ނަގާނެ 2000 ޑޮލަރު. ބަންގާޅީން ގޭގޭގައި މިހާރު ގެންގުޅެވޭނީ ހުސްވަގުތު ދީގެން. ހުސްވަގުތު ބޭރުގައި މަސައްކަތް ކުރާނީ. މެޑަމްގެ މަސައްކަތްކުރާނީ ގޭގައި ހުންނައިރު އެކަނި.
ފޮނިޓައްޕު ހަސަނު
03 March 2022
ރައީސްގޯޓަބޭ އަށް މިހާރު އޮންނާނެ ރަނގަޅަށް ރާކަނި މަސްކެވިފަ. މިހުރިހައި ދުވަހު ބޯޑަރު ބަންދުކޮށްގެން އުޅުމުގެ ނަތީޖާ ތިފެންނަނީ.
ގަނބާއާދަނު
03 March 2022
ކޮބާތޯ ބޮޑުބަ ލާ ސޭނާ ހާމުދުރު
ސަންޕަހަސަންފުޅު
03 March 2022
ލަންކާއަކީ ޗައިނާއަށް ދަރާދަރާ ބުރާންތިޮއަރާފާއޮތް ގައުމެއް.
މަނިކެ
03 March 2022
ވެރިކަންކުރާފަރާތްތަކުގެ ކާރުތައް ދުވާނަމަ، ހީވެސްނުވާނެ. އެކަމަކު އެމީހުންގެ ކާރުތައްދުވާނަމަ، ރައްޔިތުން ރުޅިބުނާނެ.
ރަދީފްއޮފިޝިއަަލް
03 March 2022
بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ, ޗައިނާއަށް ބަރޯސާވެގެން ގައުމު ވިއްކާލީމަ ވާނެހައެތި ލަންކާއަށް މިވަނީ. ހުރިހާ ރާޖަޕަކުސާތަށް މަހަށް ދޭބަލަ. #ލަދުކޮބާ ވ. ވެދުން
ހައްގުބަސް
04 March 2022
ބްރޯ ތިގޮތަށް މީހުންގެ އެކައުންޓް ނަމުން ވައްކަންކުރީމަ ފާފަވެރިވާނެ.
ބައްޓީ
04 March 2022
ޗައިނާއަށް އެކަނި ވިއްކާލައިގެންނެއްނޫން ލަންކާއަށް އެ ހާލަތު ދިމާވީ. އޭގެ ކުރިއްސުރެ އޮތް ދަރަނިތައްވެސް ލައިގެން ގައުމު އެ ހިސާބަށް ދިއައީ. ކޮންމެ ގައުމަކުން އެގައުމުގެ އެތެރޭގަ އޮންނަ ކޯޅުމުގައި ގައުމުގެ ދަރަނި މައްޗަށް އަރައިގެން ދަނީ. ރަށުތެރޭ ކޯޅުނީމަ ފައިދާވަނީ ބޭރު މީހުންނަށް.
ކޮރަލް
03 March 2022
ރާއްޖޭގަ ވެސް މަސްދުވަހުގެ ރިޒާވް ނެތެވެ. ބޮޑު ހަނގުރާމަ އެއް ދަނީ ކުރެވެމުންނެވެ. ޓޫރިޒަމް އަށް ކުރާ ކޮންމެ އަސަރެއް މުޅި ރާއްޖެ އަށް ކުރާ ނެ އެވެ. އަދި ވެސް އުފެއްދުންތެރި ކަން އިތުރުކޮށް ބިދޭސީންގެ މައްސަލަ ހައްލު ކުރަން ނޫޅެއެވެ. ކުރިއަށް އޮތީ ރޯދަ މަހެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގެ ކޮންޓްރޯލް ބިދޭސީންގެ އަތުގަ އެވެ. ޓީވީ ކައިރީ ހުރި ލޯކަލް މާރުކޭޓްގަ ވެސް ހުސް ބިދޭސީންނެވެ. އެހާ އަގު ބޮޑެވެ. ކިއުންސިލް ކޮންޓްރޯލް ނެތް ވާހަކަ..
ނަފާ ނަސީމް
03 March 2022
އިޤްތިސާދީ ނަޒަރަކުން ވިސްނާލާއިރު ބިދޭސީން އިތުރުވުމަކުން މައްސަލައެއްނެތެވެ. އެހެނަސް މިދޭސީންގެ އެންމެހާ () ކަންކަން ރަނގަޅައް މޮނިޓަރ ކުރެވި ރެގިއުލޭޓުކުރެވެން ވާނެއެވެ. އެހެނީ އިޤްތިސާދު ފުޅާވާވަރަކަށް އިޤްތިސާދީ ހަރަކާތަށް އިންސާނީ ރައުސުލްމާލު ބޭނުން ވެފައި، ދިވެހިރާއްޖޭގައި އެވަރުގެ އިންސާނީ ރައުސުލްމާލެއްނެތެވެ. ކުރަންވީހާވެސް ކަމަކީ ގައުމުގެ އުފެއްދުން ތެރިކަން އިތުރުކުރުމެވެ
އިޙްސާސް
03 March 2022
ރާއްޖެއިން އިބުރަތް ހާސިލްކުރަންޖެހޭ ކަމެއް މިއީ. ޓޫރިޒަމަށް އެކަނި ބަރޯސާވެގެން ނުވާނެ.