ރާއްޖޭގެ ފަޅުރަށެއް: ފަޅުރަށްތައް ވަރުވާ އަށް ލިޔެދޭ މުއްދަތު 10 އަހަރަށް ވަނީ އިތުރުކޮށްފައި.
03 މާޗް 2022 - 15:27
ފަޅުރަށްރަށް ވަރުވާ އަށް ލިޔެދޭ މުއްދަތު އަނެއްކާ ވެސް 10 އަހަރަށް އިތުރުކޮށް، ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.
ފިޝަރީޒް މިނިސްޓްރީން 2020 ވަނަ އަހަރު ފަޅުރަށްރަށާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފެށިއިރު، ފަޅުރަށެއް ވަރުވާ އަށް ލިޔެދެވޭ އެންމެ ދިގު މުއްދަތުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ފަސް އަހަރެވެ. އޭގެ ކުރިން އަމަލުކުރި ފަޅުރަށްރަށާ ބެހޭ ކުރީގެ ގަވާއިދުގައި ވެސް ފަޅު ރަށްރަށް ވަރުވާ އަށް ލިޔެދެވޭ އެންމެ ދިގު މައްދަތުގެ ގޮތުގައި އޮތީ 10 އަހަރެވެ.
ފަޅުރަށްރަށާ ބެހޭ ގަވާއިދަށް ފިޝަރީޒް މިނިސްޓްރީން އަނެއްކާ ވެސް އިސްލާހުތަކެއް ގެނެސް އާންމުކުރި އިރު، މިއަދު ފެށިގެން އެ އިސްލާހުތަކަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.
އެ ގަވާއިދަށް އިތުރު ކުރި ކަންކަމުގެ ތެރޭގައި ފަޅުރަށެއް ވަރުވާ އަށް ހިފާ ފަރާތުން އެ ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭއިރު، ރަށް ބަލަހައްޓާނެ މީހުން ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއްގައި ރަށުގައި ހަދަން ޖެހެ އެވެ. އަދި އެތަނަށް ހަދާނެ ގޮތުގެ ޑިޒައިން މިނިސްޓްރީ އަށް ހުށަހަޅާ އެ މަސައްކަތް ކުރުމަށް ހުއްދަ ހޯދަން ޖެހެ އެވެ.
ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްތަށް މިހާރު ބަލަހައްޓަނީ ކައުންސިލްތަކުންނެވެ. ބައެއް ކައުންސިލްތަކުން ފަޅު ރަށްތައް ކުއްޔަށް ދޭން ވެސް އިއުލާންކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
03 March 2022
ވަރުވާއަށް ދޭއިރު ކޮންމެހެން ރަށުގައި މީހުން ބައިތިއްބާކަށް ނުޖެހޭ. ބަބުކޭލާ ރުށްފަދަ ތަކެތި ހެއްދުން މުހިންމު. އެކަމަކު ވެރިކަން ނިމޭކޮޅު ކައިރިވާއިރު އެމްޑީޕީގެ ބޮނޑުން ރިޓްރީޓް އައިލެންޑް ހަދަންޏާ މީހުން ބައިތިއްބަންޖެހޭނެ. އޭރުންތާ ޚިދުމަތް ދެވޭނީ.