މަގާމުން ދުރުކުރި ލަންކާގެ އެނާޖީ މިނިސްޓަރު އުދަޔަ ގައްމަންޕިލަ. --ފޮޓޯ:ޕީޓީއައި
04 މާޗް 2022 - 11:09
ކޮލަމްބޯ (މާޗް 4) - ލަންކާ ތެލަށް ޖެހި ގައުމުގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށް އެ ގައުމުގެ އެނާޖީ މިނިސްޓަރު އުދަޔަ ގައްމަންޕިލަ މަގާމުން ދުރުކޮށްފި އެވެ.
އުދަޔަ މަގާމުން ދުރުކޮށްފައި ވަނީ ސަރުކާރުގެ މާލީ ސިޔާސަތަށް އޭނާ ފާޑު ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.
ބޭރު ފައިސާ ލިބުން ދަތިވެ ލަންކާގެ ޑޮލަރުގެ ރިޒާވް ދަށްވެފައިވާތީ ތެލުގެ އިމްޕޯޓް ވަނީ ވަރަށް ބޮޑަށް ތާށިވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ބަސްތަކަށް އަޅާނެ ތެޔޮ ނުލިބި ޕަބްލިކް ޓްރާންސްޕޯޓް މިދިޔަ ބުދަ ދުވަހު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އަދި ބުދަ ދުވަހުން ފެށިގެން ވަނީ ކޮންމެ ދުވަހަކު ވެސް ހަތްގަޑިއިރާ ބަޔަށް ކަރަންޓް ކަނޑަން ފަށައިފަ އެވެ. މިއީ 1966 ވަނަ އަހަރުން ފެށިގެން މިހާ ގިނައިރަށް ކަރަންޓް ކަނޑާ ފުރަތަމަ ފަހަރެވެ.
ކެބިނެޓުގައި ހިމެނޭ އިންޑަސްޓްރީޒް މިނިސްޓަރު ވިމާލް ވީރަވަންސާ ވެސް ވަނީ، ފައިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސާ އަށް ފާޑު ވިދާޅުވެގެގެން މަގާމުން އިއްޔެ ދުރުކޮށްފަ އެވެ. ބާސިލް އަކީ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ކޮއްކޮ އެވެ.
"ރައީސްގެ ރިޔާސީ ބާރުތަކުގެ ދަށުން، އެނާޖީ މިނިސްޓަރާއި އިންޑަސްޓްރީޒް މިނިސްޓަރު ވަނީ ވަގުތުން މަގާމުން ދުރުކޮށްފައި،" ރިޔާސީ ތަރުޖަމާން ކިންގްސްލީ ރަތުބަޔަކަ ވިދާޅުވި އެވެ.
ދެ މިނިސްޓަރުން މަގާމުން ދުރުކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ހީނަރުވެފައިވާ އިގްތިސާދާ ގުޅޭ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެ މިނިސްޓަރުން ފާޑު ވިދާޅުވުމުން ރައީސް ހުންނެވީ ހިތްހަމަޖެހިވަޑައިނުގެންފަ އެވެ.
އާ އެނާޖީ މިނިސްޓަރުގެ މަގާމަށް ހަމަޖައްސައިފައި ވަނީ ޕަވާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ގާމިނީ ލޮކުގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
120687
04 March 2022
ގްރީސް އިފްލާސް ކުރީވެސް ޗައިނާއިން ނެގި ލޯނުންތޯ؟ އެ ލިސްޓުގައި ދެން އެންމެ އަވަހަށް އިފްލާސްވާން އޮތީ ސްޕެއިން ކަމަށްވޭ. އެވެސް ޗައިނާގެ ލޯނުތައް ކަމަށް ވާނީ. އައި.އެމް.އެފް އާއި ވޯލްޑް ބޭންކުން ފައިސާ ބަހަނީ ސެއްލަޔަށް.
ބީރުބޮލު ވަޒީރު.
04 March 2022
އޭނާ މަގާމުން ދުރުކުރީމަ ލަންކާއަށް ކަރަންޓް ލިބުންކަމަށްވޭތަ؟ ޗައިނާގެ ލޯނު ދަންތުރައިގާ ޖެހިފައިވާ ބައެއް.
ރަދީފު ބިން ރަފައިދާ
04 March 2022
މީނާ ދުރުކުރުމުގެކުރިން ވެރިކަމުގާ ބަގުޑިބައްދައިގެންހުރި ޕަކްސައާއިލާ ދުރުކޮށްބަލަ. އެއީ ގައުމު ދަރުވާލި މީހުންނަކީ.