05 މާޗް 2022 - 06:33
އެމެރިކާގެ މަހުޖަނު އަދި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ކުރީގެ އަންހެނުން މެލިންޑާ ފްރެންޗް، އެ މީހުން ވަރިވި ފަހުން ފުރަތަމަ ފަހަރަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފި އެވެ. މެލިންޑާ ބުނި ގޮތުގައި އެ ކައިވެނި ރޫޅާލަން ޖެހުނީ ގޭޓްސް އަށް އިތުބާރު ނުކުރެވުމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސީބީއެސްގެ "މޯނިންސް" ޝޯ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މެލިންޑާ ބުނީ އެމީހުންގެ 27 އަހަރުވީ ކައިވެނި ރޫޅާލުމަކީ ކުރިން ހިތަށް ވެސް އެރުވި ކަމެއް ނޫން ކަމަށާއި އެކަމަކު ވަކި ހިސާބަކުން އެމީހުންގެ މެދުގައި އޮތް އިތުބާރު ގެއްލި އެ ގުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިސްނުނު ކަމަށެވެ.
"މާފުކުރުމަކީ އަހަރެން ގަބޫލުކުރާ ކަމެއް، އެހެންވެ ބައެއް ފަހަރު އެކަން ކޮށްފައި ވެސް ހުންނާނެ،" މެލިންޑާ ބުންޏެވެ.
"ވަރިއަކަށް މަގުފަހިވާން ޖެހުނު ކިތައްމެ ކަމެއް ދިމާވި. އެކަމަކު ވަކި ހިސާބަކުން އަހަންނަށް ވިސްނުނީ އެ ގުޅުން އޮތީ އެހާ ރަނގަޅު ހިސާބެއްގައި ނޫން ކަން. އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކަށް އިތުބާރު ނުކުރެވޭ ހިސާބުގައި ކަން."
After 27 years, Melinda French Gates and Bill Gates ended their marriage — but they still work together running their foundation.
— CBS Mornings (@CBSMornings) March 3, 2022
She says she’s worked through the grieving process and is now looking forward to the future: “I’m turning a page in the chapter now.” pic.twitter.com/MdvZ034TOW
މެލިންޑާ ބުނީ ދެ މީހުން ވަކިވާން ނިންމީ އެ ގުޅުމުގެ މަތީގައި ދެމިނުތިބެވޭނެ ކަން ޔަގީންވުމުން ކަމަށެވެ. އެ ކައިވެނި ރޫޅާލަން ޖެހުނު އިތުރު ސަބަބުތަކުގެ ތެރޭގައި ގޭޓްސް މީގެ 20 އަހަރު ކުރިން މައިކްރޮސޮފްޓްގެ މުވައްޒަފަކާ އެކު ބޭއްވި ސިއްރު ގުޅުމާ ގުޅުމެއްވޭތޯ އެހެމުން އެ ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދިނެވެ.
ވަރިވިފަހުން ވަރަށް ހިތާމަކުރިން ކަމަށާއި ބައެއް ފަހަރު މުޅި ދުވަސް ދަނީ "ބިންމަތީ އޮވެ ރޮމުންރޮމުން" ކަމަށް މެލިންޑާ ބުންޏެވެ. އެކަމަކު ދިރިއުޅުމުގެ އާ ސަފުހާތަކަށް އޭނާ މިހާރު ހުރީ ތައްޔާރަށް ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުނި މައިކްސޮފްޓްގެ ބާނީންގެ ތެރޭގައި ހިމެނޭ ގޭޓްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. އޭނާގެ މިލްކިއްޔާތު 131.6 ބިލިއަން ޑޮލަރަށް އަރާ އިރު، މެލިންޑާއާ އެކު މިލްކިއްޔާތު 152 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގް ބިލިއަނާޒް އިންޑެކްސްގައި ބުނެފައިވެ އެވެ.
ތިން ދަރިން ވެސް ތިބި ގޭޓްސް އާއި މެލިންޑާ ވަކިވި އިރު، ދެ މީހުންގެ ނަމުގައި ހިލޭސާބަހަށް މަސައްކަތްކުރާ ފައުންޑޭޝަން "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން" ގެ ނަމުގައި ހިންގަ އެވެ. ކައިވެނި ރޫޅާލިކަން އިއުލާންކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ މީހުން ވަކިވިޔަސް، ކުރިއެކޭ އެއްގޮތަށް ފައުންޑޭޝަންގެ މަސައްކަތުގައި ހިއްސާވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސެން
06 March 2022
ކިތަންމެ މުއްސަންޖަކަސްތިޔަވަނީ ފެއިލްވެފައި އިނގޭތޯ! އިތުބާރުގެއްލޭނީ ދެމީހުންކުރެ އެކަކު ނުވަތަ ދެމީހުންވެސް ދިރުއުޅުމުގައި ގޯސްތަކެއްހެދީމާ! މުސްކުޅިވީދުވަހު ދަރިންކުރިމަތީ ތިޔަކަހަލަ ޑުރާމާކުޅުމަކީ ހަމަފެއިލްވުން، ތިޔަކަމުގެ ސަބަބުން ދެމީހުންކުރެ އެކަކަށްވެސް މޮޅެއްނުވާނެ، ނަމަވެސް އުމުރުގެ ބާކީ އެކަނިވެރިވުމަށް މަގުފަހިވާނެ، ތިޔަކުރީ ވަރަށް ތާކުންތާކުނުޖެހޭކަމެއް
ބޮބްކްރިސްޓޯ
05 March 2022
މީސަޅިތަންކޮޅަކީ. އިތުބާރުގެއްލި ނުއުޅެވޭނެކަން އެގުނީމާ ރީތިކޮށްވަކިވުން. އަހަރުމެންގެތެރޭގައި އިތުބާރުގެއްލި ނުއުޅެވޭ ހިސާބަށްދިއައިމަވެސް ތިބެނީ، ތިންފަތްވީމަވެސް ތިބެނީ، އެއްގެއެއްގަ އެއްޗެކޭކިއާ ދަރިންނަށްޓަކައޭ. ފިރިމީހާގެ ހިތްކެއްނުކުރޭ އަނބިމީހާ ފަތްކަނޑަންވެސް އެހެންމީހަކާ އިންނަން، އެއޮޅުންބޮޅުމުގައި ދަރިންނަށް ފެންނަނީ އެމީހުންގެ މައިންބަފައިގެން ތަޅާފޮޅުމާ ހަޑިހުތުރުބަހުން ވާހަކަދައްކާއަޑު. މިމައިން މި މެރެޖް ޖަސްޓިފައި ކުރަނީކިހިނެތް
ދިވެހިންދޯ
06 March 2022
އަހަރެމެން ދިވެހިން މީހުންނާ އިންނަނީ އުޅެންފަސޭހައަކައް، އިންނާނެމީހަކުވާއިރަށް ވަރިކުރާނެ، ވަރިވާން ކިޔާނެ، ނަމުގަ މައްސަލަ ޖެހިގެން އުޅެނީ ދަރިންނައްޓަކާ، ހުސްދޮގުމީ