ސައޫދީއަށް އެތެރެވުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ވެސް ދެން ހުށަހަޅާކަށް ނުޖެހޭނެ.
ހަރަމްފުޅުގައި ނަމާދުކުރުމަށް ސަފު ހަދާއިރު ގައިދުރުކަން ބަހައްޓަން އިރުޝާދު ދީ ޖަހާފައިވާ ފާހަގަތައް، ކޮވިޑާ ދެކޮޅު ފިޔަވަޅުތައް އުވާލުމާ އެކު ރޭ ފަތިހު ނައްޓާލަނީ. -- ފޮޓޯ: ހަރަމައިން
06 މާޗް 2022 - 08:47
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސައޫދީ އަރަބިއްޔާ އިން އެޅި ފިޔަވަޅުތައް އުވާލައި އެ ގައުމަށް ދާއިރު ޕީސީއާރް ޓެސްޓް ހެދުމާއި ބޭރުގައި އުޅޭއިރު މާސްކް އެޅުން ފަދަ ހުރިހާ ކަމެއް ދޫކޮށްލައިފި އެވެ.
މި ނިންމުމާ އެކު ދެ ހަރަމްފުޅުގައި ގައި ދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް ދެ ހަރަމްގައި ވެސް އުޅެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އެކަމަކު އާންމު ތަންތަނުގައި ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. މާސްކް އަޅަން ޖެހޭނީ މީހުން އެއްވެ އުޅޭ ބަންދު ތަނަކަށް ވަންނަ ނަމަ އެވެ.
އިންޓީރިއާ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ވަނީ ސައޫދީ އަށް އެތެރެވުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހުމާއި ސައޫދީ އަށް އެތެރެވުމަށް ފަހު ކަރަންޓީނުގައި ހުންނަން ޖެހުން ވެސް އުވާލައިފަ އެވެ. މީގެ އިތުރުން، ހާމަކަން ބޮޑު ތަންތަނުގައި ބާއްވާ އެއްވުންތަކާއި އިވެންޓްތަކުގައި ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާ އެންގުން ވަނީ އުވާލައިފި އެވެ.
ހަރަމްފުޅުގައި ނަމާދުކުރުމަށް ސަފު ހަދާއިރު ގައިދުރުކަން ބަހައްޓަން އިރުޝާދު ދީ ޖަހާފައިވާ ފާހަގަތައް، ކޮވިޑާ ދެކޮޅު ފިޔަވަޅުތައް އުވާލުމާ އެކު ރޭ ފަތިހު ނައްޓާލަނީ. -- ފޮޓޯ: ހަރަމައިން
މި ފިޔަވަޅުތައް އުވާލާފައި ވާއިރު ސައޫދީން ވަނީ އެ ގައުމުގައި ހުއްޓާ ކޮވިޑް ޖެހިއްޖެ ނަމަ ފަރުވާގެ ކަންކަން ކަވަރުކޮށްދޭނެ އިންޝޫރެންސް ޕެކޭޖެއް ވިޒިޓް ވިސާގައި އެތެރެވާ އެންމެންނަށް ލާޒިމްކޮށްފަ އެވެ.
އަލަށް ގެނައި ބަދަލުތަކާ އެކު ސައޫދީން ވަނީ ސައުތު އެފްރިކާ، ނެމީބިއާ، ބޮޓްސުވާނާ، ޒިމްބާބްވޭ، ލެސޯތޯ، އެސްވާޓިނީ، މޮޒަމްބީކް، މަލާވީ، މޮރިޝަސް، ޒެމްބިއާ، މަޑަކަސްކާ، އެންގޯލާ، ސީޝެލްސް، ކޮމޯރޯސް، ނައިޖީރިއާ، އިތިއޮޕިއާ އަދި އަފްޣާނިސްތާނުން ސައޫދީ އަށް ސީދާ ދަތުރުކުރުން މަނާކޮށްފައިވާ އޮތް އޮތުން ވެސް އުވާލައިފަ އެވެ.
ކޮވިޑާ ދެކޮޅަށް އެޅި ފިޔަަވަޅުތައް ސައޫދީން އުވާލާފައި މި ވަނީ ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާގެ އަޅުކަމަށް ސައޫދީއަށް ގިނަ ބަޔަކު ދާން ތައްޔާރުވަމުން އަންނަ ވަގުތެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުންރައްޔިތުން
06 March 2022
ކޮބާހޭ މައިމޫނާ. ކޮބައިހޭ އަފުޒަލް. ކޮބާހޭ އަލީލަތީފު. ކޮބާހޭ ނަޒުލާ. ނިދާފަ ދޯ ކަމެއް ނެތީމަ. އަދިވެސް ޕޮޒިޓިވް ކޭސް ތައް މިތާ ހުސް ކުރާކަށް ނުވޭތަ؟ މިހާރުވެސް ކެނެޑާ ގެ ބީރުބުލު ވަޒީރު އެ އެޅެނީ މިކަން ކުރެވުނު މޮޔަ ހިތަށް ވަދެގެން. ކަލޭމެން ޖަލަށް ދާން ޖެހޭ ދުވަސް އެބަ ކައިރިވޭ.
ނޯޓިސިއާސް އެން ޑައިރެކްޓޯ
06 March 2022
ރަސްގެފާނު ކަލޭގެ ލަދު ކޮބާ؟ ޔަމަނުގެ ރައްޔަތުން ބަނޑަށް މަރުވާއިރުވެސް ކަލޭ ގަނޑުވަރުގަ.
ހުވާ
06 March 2022
ތިޔަވީގޮތުން ހައްޖު އުމްރާ ދަތުރޔތައް އަގުހެޔޮ ނުވޭތޯ. ބަސްދަތުރުގައި ގައިދުރުކޮށް ތިބެންޖެހޭތީ ގިނަ ބަސް ކުއްޔަށް ހިފަންޖެހެޔޯ މިރާއްޖޭގެ ގުރޫޕްތަކުން ކިޔަމުންދިޔަ. އެހެންވެ އަހާލީ.
ސަޒާ
06 March 2022
މިރާއްޖޭގައި އަގުމަށްޗައްޖެއްސި ހިދުމަތެއް މުދަލެއް ދުވަހަކުވެސް އަގުދަށްވިތޯ. މަހާނައިގެ ހުންނާ ގާ ވަގަށްނަގައިގެން އެވިށްކާގައުމެއްގެ ކަންތަހުނާނީ ކިހިނެތްތޯ
1828
06 March 2022
ކޮބާ މައިމޫނާ؟ މިފަދަ ޚަބަރުތައް މައިމޫނާ އަބޫބަކުރު ނުކިޔަނީތަ؟ އެޗްޕީއޭގެ ހުރިހާ ލިޔުމެއްގައި މައިމޫނާގެ ސޮއި ޖަހަނީ ކޮޕީ ޕޭސްޓްކޮށްފައި. ލިޔުން ތަކުގައި ސޮއިކުރާނެ ވަގުތު މައިމޫނާއަކަށް ނުވޭ. ދެން މާބިޒީ މީހެކޯ. އެވަރުގެ މީހުންގެ ވަޒީފާ ދޫކޮށްލާފައި ގޭގައި އޮތީމައި ނިމުނީއެއްނު؟ ރައްޔިތުންނަށް ނުހުރުއްޕާނުކޮށް.
ޑޯޒުމައްޗައްޑޯޒު
06 March 2022
ކޮބާ އަލީ ލަތީފު ނޫޅޭތަ މިކަން ނިންމާކަށް. ނޫނީ އަދިވެސް ކެވުނުވަރު މަދު ކަމުން ހުރީތަ؟ 50 ފަހަރަށް ކުއްލިނުރައްކާ އިއުލާނު ކޮށްގެން ރެކޯޜޑް ހެދޭތޯ ބަލާ.
ގުލްޒާރު
06 March 2022
ޝުކުރިއްޔާ ސަލްމާން. ޝުކުރިއްޔާ މުހައްމަދު.
ށަވިޔަނި
06 March 2022
ޝުކުރިޔާ ޝުކުރިޔާ ގެ ބަދަލުގައި الحمد لله ކިޔާބަލަ. ހުރިހާ ކަމެއް މެދުވެރިކުރައްވަނީ ﷲ ބަލި ޖައްސަވަނީ ﷲ ޝިފާ ދެއްވަނީ ވެސް ﷲ