06 މާޗް 2022 - 11:45
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދި އެންމެ ވަރުގަދަ ހަމަލާތަކެއް އަމާޒުކުރި، ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޮލް މިހާރު އޮތީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށް އެ ސަހަރުގެ މޭޔަރު ވިދާޅުވެއްޖެ އެވެ.
މޭޔަރު ވަޑީމް ބޮއިޗެންކޯ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން އެ ސަހަރަށް އޮއްސަމުން ދިޔަ ބޮންތަކާއި މިސައިލްތަކާއި ރޮކެޓްތަކުގެ ސަބަބުން، މުޅި ސަހަރުގައި ވަނީ ދިރިއުޅުން ދަތިވާ ވަރަށް ނުރައްކާވެފަ އެވެ. ކަރަންޓާއި ބޯފެނުގެ ވިއުގަތައް ހަލާކުވެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސަހަރުން ކަރަންޓު ކެނޑިފައި އޮންނަތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ. މިއީ ފިނިމޫސުން ކަމަށްވާތީ، ކަރަންޓު ނެތުމުން ގޭގޭގައި ހޫނު ކުރެވޭނެ އިންތިޒާމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އާބާދީގައި ހަތަރު ލައްކަ މީހުން ދިރިއުޅޭ މަރިއުޕޮލް އަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމާއެކު، އެ ސަހަރު ދޫކޮށް ދިއުމަށް އެތައް ބަޔަކު މަސައްކަތް ކުރި އެވެ.
ނަމަވެސް ރަޝިޔާގެ ހަމަލާތައް ވަރުގަދަ ވުމުގެ ސަބަބުން، އެ ސަހަރުން ނުކުމެވޭނެ ގޮތެއް ނެތިފައި ތިބެން ޖެހުނީ އެވެ.
ހަމަލާތައް ހުއްޓާލި ކަމަށް ބުނާ ޔުކްރޭނުގެ މަރިއުޕޮލްގައި އެ ގައުމުގެ ސިފައިންގެ ޓޭންކެއް ހަލާކުކޮށްލާފައި. --ފޮޓޯ: ރަޝިއަން ޑިފެންސް މިނިސްޓްރީ
މަރިއުޕޮލްގެ މޭޔަރު ވިދާޅުވި ގޮތުގައި އެ ސަހަރުގައި ގާއިމުކޮށްފައިވާ މޯބައިލް ވިއުގަ ވެސް މިހާރު ހަލާކުވެފައިވާތީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އަދި ރަޝިޔާގެ ހަމަލާތަކުގައި އެ ސަހަރުގެ ބޯފެން ރައްކާކުރާ ރިޒާވް ތާނގީތައް ވެސް ހަލާކުވެފައިވާތީ، މުޅި ސަހަރު މިހާރު އޮތީ ބޯފެނަށް ޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ ސިފައިން މަރިއުޕޮލް އަށް ހަމަލާތައް ދެމުން އަންނަތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މަރުވެފައިވާ މީހުންގެ ހަށިތައް އަދިވެސް ހުރީ އެމީހަކު މަރުވެގެން ވެއްޓުނު ތަނެއްގައި ކަމަށް މޭޔަރު ވިދާޅުވި އެވެ. ސަބަބަކީ ރަޝިޔާ ސިފައިންގެ ހަމަލާތައް ވަރުގަދަ ވުމުން، ހަށިތައް ނަގައި ވަޅުލުމުގެ މަސައްކަތަށް ހުރަސްއެޅިފައި ވުމެވެ.
"ރަޝިޔާ ސިފައިން މަސައްކަތް ކުރަނީ، މި ސަހަރު އެއްކޮށް ހިސޯރުކުރަން. މިސަހަރުން ނުކުމެވެން އޮތް މަގުތަކާ ދިމާލަށް އާންމުން ދަތުރުކުރުމަށް ވެސް ރަޝިޔާ ސިފައިން އެދަނީ ހުރަސް އަޅަމުން. ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ފިހާރަތަކުން ގެންދިއުމަށް ވެސް ވަނީ ހުރަސް އަޅާފައި. ބޭހާއި ކުޑަކުދިންގެ ކާނާ އާއި ޒަރޫރީ ކާބޯތަކެތި ގެއަށް ހޯދުމަށް ވެސް ބޭރަށް ނުކުމެވޭކަށް ނެތް. އެމީހުންގެ އަމާޒަކީ މިސަހަރު އެއްކޮށް ނޭވާ ހާސްކޮށްލުން،" މޭޔަރު ވިދާޅުވި އެވެ.
މަރިއުޕޮލް ގައި ތިބި މީހުން އެ ސަހަރު ދޫކޮށް ނުކުތުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަޝިޔާ އާއި ޔޫކްރޭން ސަރުކާރާ ދެމެދު މަޝްވަރާކޮށް، އިއްޔެގެ ވަގުތުތަކެއްގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވި އެވެ. ނަމަވެސް ރަޝިޔާ ސިފައިން އެ އެއްބަސްވުމަށް އިހްތިރާމް ކުރުމެއް ނެތި، މަރުއިޕޮލްގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުން ދިއުމުގެ ސަބަބުން، އެ ސަހަރު ދޫކޮށް ނުކުންނަން ބޭނުންވި މީހުންނަށް އެ ފުރުސަތެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
120687
07 March 2022
ފަލަސްޠީނުގެ ނިކަމެތި މުސްލިމު އަޚުންނާއި އުޚުތުންގެ ހާލަކީވެސް ތިޔައީ.
ހަމަހަމަ
07 March 2022
މުޅިދުނިޔޭގަވެސް މިހާރު ހިގަމުންދަނީ ވަލުޖަނަވާރުގެ އުސޫލުން... ފަހުޒަމާނުގެ އަލާމާތުގެ ތެރެއިން އަލާމާތެއް..
ލުބނާ
06 March 2022
ރަޝިޔާއަށް އަމާން ދޭންވީނު ދެން؟ ސުންނާފަތިވެގެން ދިޔުމަށްވުރެ މީ މާ ބުއްދިވެރިކަންކަން!
އަމާން
06 March 2022
މިޤައުމަށް ހަމަލާއެއްދީފިނަމަ ކަލޭ އަމާން ދޭނަންތަ؟ ކާކުތަ ބޭނުންވާނީ އަޅުވެތިކަމުގައި އުޅެން.
މަދިޔަން
06 March 2022
ދިވެހިރާއްޖެވެސް ބާރުގަދަ ޤަޢުމަކުން ހަމަލާދޭން ފަށައިފިއްޔާ އަމާންދޭނީތަ؟ ކޮންމެ ޤަޢުމަކީވެސް މިނިވަން ދައުލަތެއް! އެހެން ޤަޢުމަކުން މައްސަލައެއްއުޅޭނަމަ އަރާ ހިފާ މީހުން މަރާނީކީނޫން ވާހަކަ ދައްކައިގެން ހައްލުކުރާނީ!
ލުބނާ
07 March 2022
އަޅުގަނޑަށް ވުރެ ކުރިން "އަމާން" އަދި "މަދިޔަން" އަމާން ދޭނެ. ލޮލްސް.
ޕޮޓުން
06 March 2022
ފިނި މޫސުމުގެ އެންމެ ގަދަ ފިނީގައި ޔުކްރޭނު މީހުންނަށް ތިބެން ޖެހުނަސް، ކިތަންމެ ގިނަ ޔުކްރޭނުމީހުން މަރާލިޔަސް، ކިތަންމެ ގިނަ ގެއެއް ފުޑާލިޔަސް އަދިވެސް ގިނަ ދިވެހިން އުންމީދުކުރަނީ މިހަނގުރާމައިން ރަޝިޔާ މޮޅުވާނެކަމަށް. އެއީ ގިނަ ދިވެހިންނަކީ ހަމްދަރުދީއެއް ނުހުންނަ ބަޔަކަށްވާތީ ކަމަށް ވެދާނެ
ގިނަ ދިވެހިން
06 March 2022
އަސްލު ވާގޮތަކީ ގިނަ ދިވެހިންނަށް އެނގޭ ހުޅަނގުގެ ޑިމޮކްރަސީގެ ސުންޕާކަމާއި އޭގެ މުނާފިގްކަން.
ވާހަކަ ރަނގަޅު
07 March 2022
ޕޮޓުން ތިބުނީ ހަމަ ރަނގަޅުވާހަކައެއް. މަށައް ޔަގީންނުވަނީ އެއީ ގިނަ ދިވެހިންކަން ނޫނީ މިތާ ކޮމެންޓުކުރާ ދިވެހިންގެ ގިނަމީހުންކަން.
ޖީލު1
07 March 2022
ސުންޕާއަކަސް ދުނިޔެއަށް ވީކަމެއް ވިއްޔާ ވެފަ މިއޮތީ ހުޅަނގުގެ ޑިމޮކްރަސީން. ދުނިޔެ މިދެކޭ ކުރިއެރުމަކީ ލުއިފަސޭހަތަކަކީ ހުޅަނގުގެ ޑިމޮކްރަސީ. ހުޅަނގުގެ އިލްމުތައް، ހޯދުންތައް އީޖާދުތައް. ބައެއް ގައުމުތަކުން ދަރިވަރުވާ، މީހުން ލިޔެފަ ހުންނަ، ފިކުރެއް ސަައިންސެއް ކްރިޓިކަލް ތިންކިންގއެއް ނުހުންނަ ފޮތް ހިތުދަސްކޮށްގެން "އިލްމުވެރިން"ނަށް ވެގެން އުޅޭ ބޭފުޅުން އުޅޭނެ ހުޅަނގަށް ވަރަށް އެލާޖިކް ވެގެން. އޭގެ ސަބަބަކީ، އެމީހުން ބާރާ ނުފޫޒަށް އަސަރުކުރާތީ
ނޭނގޭނެ
07 March 2022
މިތަނުގަ ވަކި ފަރާތަކަށް ކޮމެންޓް ކުރަނީ ކިތައް މީހުންކަން ކިހިނެތް އެނގެނީ. އެކަކަށް 3، 4 ކޮމެންޓް ލިއެވޭއިރު ވަކި ބަޔަކަށް ތާއިދުކޮށްފަ އެކަކު ލިއެފާނެ 5 ކޮމެންޓްވެސް. އެ ނުވާނެ ގިނަ ބަޔަކު ދެކޭ ގޮތް ކަމަކަށް.
ގަސް
08 March 2022
ދިވެހިން އުއްމީދުކުރޭ ފަލަސްތީނުގެ ބިމުން އިސްރާޢިލް ބާގައިގެ މީހުން ބޭރުވާނެ ދުވަހަކަށްވެސް އެކަން ވާނެތަ؟
ށަވިޔަނި
06 March 2022
އެންމެ މީހަކު ވެރިކަމުގައި ހުރުމަށްޓަކައި މުޅި ގައުމު ސުއްނާފަތި ކޮށްލުން ބުއްދިވެރިއެއް ނޫން.
އެންމެ މީހެއްގެ ވެރިކަން
07 March 2022
ވެރިކަމުގަ ހުންނަ މީހެއް އެ ރަމްޒުކޮއްދެނީ އެގައުމު. މިގައުމުގެ ވެރިކަމުގަ ޔާމީނު ހުރިދުވަހު އިންޑިއާއިން މިގައުމައްއަރާ ނޫނީ ސޯލިހު ވެރިކަމުގަ ހުއްޓަ ޗައިނާއިން މިގައުމައް އަރާ އެއަރާބަޔަކު ބޭނުން މީހަކު ވެރިއަކައް ހަމަޖައްސަން ދިވެހިންވެސް ގަބޫލެއްނުވާނެ.
އިސްމާލި
07 March 2022
ވެރިކަމުގައި ހުންނަ މީހަކީ މިނިވަން ގައުމެއްގެ މިނިވަން ރައްޔިތަކު އެއީ ތިމަންނާ މެންގެ ވެރިމީހާއޭ ބުނެ ދުނިޔެއަށް ދެއްކި މީހާ. ތި ބީދައިން މިތަނަށް ޗައިނާ ސިފައިން އަރައި ސޯލުހު ބޭރުކުރަން އުޅެފިނަމަ ބުނާނަން ދޯ އެންމެ މީހަކަށް ގައުމު ދުއްވާލަނީއޭ. ތިކަހަލަ ވިސްނުމުގެ މީހުނަށް ވަރިހަމަވާނެ، އައިފޯނު ޖީބުގައި އޮވެފައި ސައިކަލުގައި ޕެޓްރޯލު ހުރިއްޔާ. ގައުމު އަޅުވެތިކަމުގައި އޮތަސް. ގައުމިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް.