ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން: ފަރުވާ އަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 23ގައި. -- ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވައި ފަރުވާ ހޯއްދެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ތައިރޮއިޑް ފަރުވާއަށް އަނބިކަނބަލުން ފަޒްނާ އަހުމަދާ އެކު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 23 ގަ އެވެ. ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލެވުމުން އެމަނިކުފާނު ވަނީ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ރައީސްގެ ސާޖަރީ ކުރެއްވީ ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރެއްވުމަށް ފަހު އެވެ. އަލުން މަގާމާ ހަވާލުވެވަޑައިގަތީ ތިން ގަޑިއިރާއި 30 މިނެޓަށް ފަހުންނެެވެ.

ތައިރޮއިޑް ސާޖަރީ ކުރިއަށްދިޔަ ވަގުތު މަގާމުގެ މަސްއޫލިއްޔަތު ނައިބު ރައީސްއާ ހަވާލުކުރެއްވީ ގާނޫނުއަސާސީގައި ބުނާ ގޮތުން، ވެރިކަމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރަން އޮންނަ އުސޫލުންނެވެ.

ފުރަތަމަ ފަހަރަށް ރައީސްގެ މަސްއޫލިއްޔަތުތައް ނައިބް ރައީސް ފައިސަލް އަދާކުރެއްވިއިރު އެމަނިކުފާނާ ހަވާލުކުރައްވާފައި ވަނީ އިޖުތިމާއީ ދާއިރާއާ ގުޅޭ ކަންކަމުގައި ހައްލު ހޯއްދެވުމެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔިނި

07 March 2022

مرحبا

The name is already taken The name is available. Register?

މުރަނގަގަސްދޮށު މާލިމީ

07 March 2022

ނައިބު ރައީސް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ކުރިމަތީގަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާކުރުމުން އިބްރާހިމް މުހައްމަދު ސާލިހްގެ ލެޖިޓިމެސީ ނުގެއްލޭތަ؟

The name is already taken The name is available. Register?

ހަވަރު

07 March 2022

އެއީ އެފަދަ ހާލަތްތަކުގައި އެކަން ކުރަން އޮންނަ އޮންނަގޮތް. މާލިމީމެންނަކަށް ނުވިސްނޭނެ..

The name is already taken The name is available. Register?

ޢަލީބެ

07 March 2022

އެކަން ކުރަން އޮންނަ ގޮތަކަށް ނޫން ކުރެވިގެން ދިޔައީކީ، ސަބަބަކީ ނާއިބު ރައީސްގެ ޒިންމާ ނާއިބު ރައީސް އަދާކުރާކަށް ރައީސްކަމުގެ ހުވާ ކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

ތުއްތުނާ.

07 March 2022

ކުރީގެ ރައީސް

The name is already taken The name is available. Register?

ނޯޓިސިއާސް އެން ޑައިރެކްޓޯ

06 March 2022

ވެލްކަމް ބެކް އެކްސެލެންސީ.

The name is already taken The name is available. Register?

ބޮޑުމީހާ

06 March 2022

2022 ނިމެނީ ވީ ވައުދުތައް އަދި އޮތީ އަތްނުލާ

The name is already taken The name is available. Register?

އައިނު

07 March 2022

ރަށުގަ ހުރެގެންވެސް މިހާރު ނަންބަރު އައިނު ހައްދާލެވޭނެ

The name is already taken The name is available. Register?

އަވިއައިނު

07 March 2022

ރަށުގަ ހުރެގެން ގަނެވެނީ އަވި އައިނު، ނަންބަރު އައިނު އަލީއެކްސްޕްރެސް އިންވެސް އޯޑަރު ދެވޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454