ދުނިޔެ / ޔުކްރެއިން

ޔޫކްރޭންގެ ނިއުކްލިއާ ޕްލާންޓަށް ރަޝިޔާ ވެރިވެގަންނަނީ

ޔުކްރޭނުގެ ޒަޕޮރިއްޒިއާ ނިއުކްލިއާ އިންޖީނުގެ އަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި އެ ތަނުގައި ރޯވެފައި. --ފޮޓޯ:އޭއެފްޕީ

07 މާޗް 2022 - 11:28

1 comments

ޔޫކްރޭންގައި ހުރި އަދި ޔޫރަޕްގައި ވެސް ހުރި އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގެ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށް ރަޝިޔާ ސިފައިން މަސައްކަތް ކުރަމުންދާ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ) އިން ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރޭގައި މިހާތަނަށް ދިން ހަމަލާތަކުގައި، ޔޫކްރޭންގެ ކަރަންޓު ވިއުގަ އަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ ގޮތުން ޔޫކްރޭންގެ ޒަޕޮރިއްޒިއާ ނިއުކްލިއާ އިންޖީނުގެ އަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަލާ ދީ ރަޝިޔާ ސިފައިން ވަނީ، އެ އިންޖީނުގެ ހުންނަ ސަރަހައްދު ހިފައިފަ އެވެ.

ރަޝިޔާ ސިފައިން އެސަރަހައްދު ހިފި ނަމަވެސް، އިންޖީނުގޭގެ ހުރިހާ ކަމެއް މިހާތަނަށް ބަލަހައްޓައި ހިންގަމުން އަންނަނީ އެ އިންޖީނުގޭގައި މަސައްކަތްކުރާ ޔޫކްރޭންގެ އިންޖިނޭރުންނާއި ޓެކްނީޝަނުންނާއި މުވައްޒަފުންނެވެ. ނަމަވެސް އައިއޭއީއޭގެ ޑިރެކްޓަ ޖެނެރަލް ރަފައެލް ގްރޮސީ އިއްޔެ ވިދާޅުވި ގޮތުގައި ނިއުކްލިއާ އިންޖީނުގޭގެ ހުރިހާ ކަމެއް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް ރަޝިޔާ ސިފައިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އިންޖީނުގޭގެ އިންޖީނުތައް މިހާރު ހިންގެނީ ވެސް، އެ ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިންގެ ހުއްދަ ހޯދައިގެންނެވެ. އަދި އިންޖީނުގޭގައި ކުރަންޖެހޭ މަރާމާތުގެ އެއްވެސް މަސައްކަތެއް ވެސް، ރަޝިޔާ ސިފައިންގެ ހުއްދައާ ނުލައި ކުރުން މިހާރު އޮންނަނީ މަނާކޮށްފަ އެވެ.

ޔޫކްރޭންގެ ޚަރްކީވް އަށް ރަޝިޔާ ސިފައިން ދިން ވަރުގަދަ ހަމަލާތަކުގައި އެ ސަހަރުގެ އިމާރާތެއް ހަލާކުވެފައި. --އޭއެފްޕީ

އޭގެ އިތުރުން ޒަޕޮރިއްޒިއާ ނިއުކްލިއާ އިންޖީނުގޭގައި ބޭނުންކުރާ މޮބައިލް ވިއުގަތަކާއި އިންޓަނެޓްގެ ހިދުމަތް ވެސް، ރަޝިޔާ ސިފައިން މިހާރު ވަނީ ކަނޑާލައިފަ އެވެ. އެހެންކަމުން އެ އިންޖީނުގޭގެ އެތެރޭގެ ހާލަތާ ބެހޭ ގޮތުން ލިބޭ މައުލޫމާތުތައް ކަށަވަރުކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އައިއޭއީއޭގެ ޑިރެކްޓަ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވި އެވެ.

އައިއޭއީއޭ އިން ބުނި ގޮތުގައި ރަޝިޔާ ސިފައިން، ޒަޕޮރިއްޒިއާ ނިއުކްލިއާ އިންޖީނުގެ ހިފި ވަގުތުން ފެށިގެން، އެ އިންޖީނުގޭގެ ފޯން ލައިންތަކާއި އީމެއިލް އަދި ފެކްސްގެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ. މޯބައިލް ފޯން ބޭނުންކުރެވުނު ނަމަވެސް، ހިދުމަތުގެ ފެންވަރު ވަރަށް ދަށް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ރަޝިޔާ ސިފައިން ޒަޕޮރިއްޒިއާ ނިއުކްލިއާ އިންޖީނުގެ އަށް ހަމަލާދީ އެތަނުގެ އިމާރާތުގެ ބައެއްގައި ރޯކޮށްލި ނަމަވެސް، އެ އިންޖީނުގެއިން ރޭޑިއޭޝަން ބޭރުނުވާ ކަމަށް އެ އިންޖީނުގެއާ ހަވާލާދީ އައިއޭއީއޭ އިން ބުންޏެވެ.

އެ އިންޖީނުގެ އަށް ހަމަލާ ދިނީ ރަޝިޔާ ސިފައިން ކަމަށް ޔޫކްރޭން ސަރުކާރާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރި ނަމަވެސް ރަޝިޔާ އިން އެކަން ދޮގުކުރެ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި އެ އިންޖީނުގެ އަށް ހަމަލާ ދިނީ، ޔޫކްރޭން ތެރޭގައި ގަޑުބަޑު އުފައްދައިގެން ރަޝިޔާ ބަދުނާމުކުރަން މަސައްކަތްކުރާ ގުރޫޕަކުންނެވެ.

މިހާރު ބޭނުންކުރުން ހުއްޓާލާފައި ހުންނަ ޗަރްނޮބީލް ނިއުކްލިއާ އިންޖީނުގެ ވެސް ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ސޮވިއެޓް ޔޫނިއަންގެ ވެރިކަން އޮތް ދުވަސްވަރު، 1986 ވަނަ އަހަރު އެ އިންޖީނުގެ އިން ރޭޑިއޭޝަން ބޭރުވެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ އިންޖީނުގެ ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ނަމަވެސް އެ ތަނުގައި ނިއުކްލިއާ މާއްދާތައް ހުރުމާއެކު، އެ އިންޖީނުގެ ޔޫކްރޭންގެ ޓެރަރިސްޓުންގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމަށް ބުނެ، ރަޝިޔާ ސިފައިން އެތަން ހިފުމަށް ފަހު، މިހާރު އެތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން އަންނަނީ ރަޝިޔާ ސިފައިންނާއި އެ ސަރަހައްދުގައި ތިބި ޔޫކްރޭން ސިފައިން ގުޅިގެންނެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުކެޓާ

07 March 2022

"ޔޫކްރޭންގެ ޓެރަރިސްޓުންގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމަށް ބުނެ، ރަޝިޔާ ސިފައިން އެތަން ހިފުމަށް ފަހު، މިހާރު އެތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން އަންނަނީ ރަޝިޔާ ސިފައިންނާއި އެ ސަރަހައްދުގައި ތިބި ޔޫކްރޭން ސިފައިން ގުޅިގެންނެވެ." އެހެންވީމަ ރަޝިއާ ބަދުނާމުކޮށް ބީބީސީން ފަތުރާ ދޮގު ޚަބަރުތައް ދޯ އެހެންމީހުން އެކިޔަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454