ޔޫކްރޭނަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިޔާ އިން ފޮނުވި އަސްކަރީ ސާމާނުތަކެއް، ޔޫކްރޭނާ ކައިރީގައިވާ ސަރަހައްދެއްގެ ވައިގެ ބަނދަރަކަށް ބާލަނީ. --އޭއެފްޕީ
07 މާޗް 2022 - 11:41
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިން ދިފާއުވުމަށް އެ ގައުމުގެ ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދޭ އަސްކަރީ އެހީތައް، ސިއްރު މަގަކުން ޔޫކްރޭނަށް ފޮނުވަން ފަށައިފި އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނު އެ ގައުމަށް އެތެރެ ކުރަނީ، އެ ގައުމާ އިންވެގެން އޮތް ގައުމެއްގައި އޮތް ސިއްރު އަސްކަރީ ވައިގެ ބަނދަރެއްގެ ޒަރީއާއިންނެވެ. އެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް އެމެރިކާގެ ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ، މިދިޔަ ހަފުތާގައި އެ ވައިގެ ބަނދަރަށް ވަޑައިގެންނެވި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނު ހިފައިގެން ކޮންމެ ދުވަހަކު ވެސް އެ ވައިގެ ބަނދަރަށް 17 މަތިންދާބޯޓު ދަތުރުކުރެ އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން ސަރަހައްދެއްގައި އޮތް ވައިގެ ބަނދަރެއް ކަން އެމެރިކާ ސަރުކާރުން ނުބުނެ އެވެ.
އެ ވައިގެ ބަނދަރު މެދުވެރިކޮށް ޔޫކްރޭނަށް ފޮނުވާ އަސްކަރީ ސާމާނުގެ ތެރޭގައި، މިސައިލުން ދިފާއުވުމަށް ބޭނުންކުރާ މިސައިލް ނިޒާމުތައް ވެސް ހިމެނެ އެވެ. އެމެރިކާ ސަރުކާރުން ބުނި ގޮތުގައި ސިއްރު މަގުން ޔޫކްރޭނަށް ފޮނުވާ އަސްކަރީ ސާމާނުތަކަށް، ރަޝިޔާ ސިފައިންގެ ފަރާތުން މިހާތަނަށް އެއްވެސް ހުރަހެއް ނުވަތަ ހަމަލާއެއް ކުރިމައްޗެއް ނުވެ އެވެ.
ނަމަވެސް ރަޝިޔާ ސިފައިން ކުރިއަރަމުން އައިސް އެ ސަރަހައްދާ ކައިރިވާ ވަރަކަށް، އަސްކަރީ ސާމާނު ޔުކްރޭނަށް އެތެރެ ކުރުން ދަތިވެދާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.
ހުސްވި ފެބްރުއަރީ މަހުގެ 24 ވަނ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ޔޫކްރޭނަށް އަސްކަރީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ މަތިންދާބޯޓުތަކުގެ ދަތުރުތައް، އިރުމަތީ ޔޫރަޕްގެ ވައިގެ ސަރަހައްދުގައި ވަނީ އިތުރުވެފަ އެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ފޮނުވާ އަސްކަރީ އެހީގެ ސާމާނުތައް ހިފައިގެން ދަތުރުކުރާ މަތިންދާބޯޓުތައް، އެހީގެ ސާމާނުތައް ބާލަނީ، ޔޫކްރޭނާ އިންވެގެން އޮންނަ ނޭޓޯގެ ގައުމަކަށެވެ.
އެއަށް ފަހު ޔޫކްރޭނަށް އެ ތަކެތި އެތެރެކުރަނީ، ޔޫކްރޭނާ ކައިރީގައި އޮންނަ ކުޑަ ވައިގެ ބަނދަރަކަށް އެތަކެތި ޖަމާކުރުމަށް ފަހުގަ އެވެ. މިހާތަނަށް 14 ގައުމަކުން ޔޫކްރޭނަށް އަސްކަރީ ސާމާނު ފޮނުވާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެ އެވެ.
ރަޝިޔާ ސިފައިންގެ ހަމަކާތަކުގައި ޔޫކްރޭންގެ އިމާރާތެއްގައި ރޯވެ އަނދަނީ. --އޭއެފްޕީ
ޔޫކްރޭނަށް ދިނުމަށް މިދިޔަ ހަފުތާގައި އެމެރިކާ ސަރުކާރުން ކަނޑައެޅި 350 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނުގެ ތެރެއިން، މިހާތަނަށް 240 މިލިއަން ޑޮލަރުގެ ސާމާނު ވަނީ ޔޫކްރޭނަށް ފޮނުވާފައި ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި އެ އެހީގެ ތެރެއިން ބާކީ ހުރި ސާމާނުތައް ދެތިން ދުވަހުގެ ތެރޭގައި ޔޫކްރޭނަށް ފޮނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ 12 ދުވަސް ކުރިން ރަޝިޔާ އިން ފެށި ހަނގުރާމައިގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާ ސިފައިން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ އަސްކަރީ މަދަދާ އެކު ޔޫކްރޭން ސިފައިން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން، ކިޔޭވް ހިފުމުގައި ރަޝިޔާ ސިފައިންނަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
ހަނގުރާމަ ފެށިތާ ތިން ވަނަ ދުވަހު، ރަޝިޔާގެ އަސްކަރީ ބޮޑު ފައުޖެއް ވަނީ ކިޔޭވްއާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. ސާޅީސް މޭލު ދިގުމިނަށް އުޅަނދަކާ ޖެހި އުޅަނދެން ސަފު ހަދާލައިގެން ދަތުރުކުރަމުން އައިސް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން ކުރިއެރޭނެ ގޮތެއް ނެތި، މިހާރު އެ ފައުޖު ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮއް
08 March 2022
ރަޝިޔާއިން ކުރާ ހަނގުރާމަ ގޯސްކުރުމުގެ ބޭނުމެއްނެތް. އިޒްރޭލުމީހުން ފަލަސްތީނު ރައްޔިތުންނަށް ކުރާ އަނިޔާއާ ދުއްތުރާތައް ނުފެންނަ ބަޔަކަށް ތިކަން ފެންނަންވީ ސަބަބެއްނެތް. މިހާރު އަހަރެން ބޭނުންވަނީ ރަޝިޔާއިން ބޭނުންވާ ގޮތަށް ކަންވެނިމުން. ފަހުވަގުތު އެމެރިކާއަށާ އިޒްރޭލަށް ނިއުކުލިޔާ ބޮމެއްވެސް ވައްޓާލުން.
ގަމާރު
08 March 2022
މި ހަގުރާމައިގަ ރަސިޔާއަށް ކާމިޔާބުވެއްޖެއްޔަ ކަލެޔަށް ވަރަށް ފައިދާކުރާނެ.
ދެފުށްކެހެރި ވޯލްޑް
07 March 2022
މި ހަނގުރާމައިން ފެންނަ އެންމެ ބޮޑު ހަގީގަތަކީ އެމެރިކާއާއި އެމެެރިކާއަށް ވާގިވެރިވެދޭ ގައުމުތަކާއި މީޑިޔާތަކުގެ ދެފުށްދެގޮތް ކަމާއި މުނާފިގުކަން. ފަލަސްތީނީން އެމީހުންގެ ބިން ދިފާއުކުރަން ގާބުރި ހިފައިގެން ނިކުމީމާ ޓެރަރިސްޓްންނަށް. މުނާފިގުން ތާއިދުކުރާ މީހުން ހަތިޔާރާއެކު ނިކުމީމާ ބަތަލުންނަށް. އަނެއްކޮޅުން އެމެރިކާ ނިކުމެ އިސްލާމީ ކިތައް ގައުމުތޯ ފުނޑުކޮށްލީ. ކިއުބާގެ ގުއަންޓެނެމޯ ބޭ ވެސް އެއޮތީ ޖަހައިގެންފަ. އިޒްރާއީލްގެ އަޅުވެތިން ކޮބައިތޯ
ހައްގުބަސް
07 March 2022
އެމެރިކާޔަކީ ކިތަންމެ ގޯސް ގައުމަކަށްވިޔަސް، ރަސިޔާއިން ޔޫކުރޭނަށް އަރާ އެތައް ބަޔަކުމަރާ، ތަން ސުންނާފަތިކުރުން އެއީ ރަސިޔާއަށް މެޑެލް ދޭންވީ ސަބަބެއްނޫން.
މިކައިލް ހޮދޮކޯވްސްކީ
08 March 2022
ހައްގުބަސް ކަލޭގެ ވައިފް ނިދާއިރު ބާލީސް ދަށުގަ ބޮޑު ވަޅިއެއް ބާއްވައިގެން ނިދަން ކަލޭ އެއްބަސްވާނަންތަ؟ ގައިމު އެއީ ކަލޭގެ ވައިފް ދޯ.ކަލޭ އިތުބާރުނުކުރާނެ މިހާލަތުގަ ކަލޭގެ ވައިފަށްވެސް.ޔުކްރެއިން އަދި ރަޝިޔާއަށް ޖެހިގެން އުޅެނީ މިފަދަ މައްސަލައެއް.ހަމަލަދޭނީ ކޮންއިރަކުކަމެއް ނޭނގޭނެ.ވާނުވާ ނޭނގުނަސް އަނގަ ގަ*ާތި އަދިވެސް.
ހަސާނިކުބެ
07 March 2022
ރަސީއާއިން ފުރަތަމަ އަރަންޖެހޭ ތެތިންތަނަކަށް އަދިނޭރޭހެން ހީވަނީ.
ވަރަށްސިއްރު
07 March 2022
ނޫހުގަ ފޮޓޯޖަހާއިރުވެސް ސިއްރު.
ށަވިޔަނި
07 March 2022
ތިއަށް އެހީއޭ ނުކިޔާނެ. ތިޔަށް ކިޔާނީ ޔުކްރޭން އެއްކޮށް ފަނާކޮށްލަން އުޅުމޭ. މި ކުޑަދުވަސްކޮޅު ރަޝިޔާގެ ހަތިޔާރުގެ ޑިމާންޑް ބޮޑުވެއްޖެ. ކީއްވެ؟ މިހަނގުރާމައިން ދުނިޔެއަށް އެ ހަތިޔާރުގެ މޮޅުކަން ފެނިގެން ދިއުމުން. މިދިޔަ ގަރުނުގަ އިނގިރޭސިންގެ ތަރި އޮހުނުހެން މިގަރުނަކީ އެރިކާގެ ތަރި އޮހޭ ގަރުނު.
ސަޕް
07 March 2022
މިނިވަން ގައުމަކަށް ރަޝިޔާ އިން އެރީމަ އެމީހުން ނަށް އެހީވެދެނީ ދޯ އެމެރިކާ އިން
އަބޫބަރުބެ
07 March 2022
ރަޝިޔާއިން ތިމަގުހޯދާ ހިސާހިތަކު ހަލާކުކޮށްލާފާނެ.