އަންހެނުން ރާޅާ އެޅުމާ މެދު ކުރިން ގިނަ ބަޔަކު ނުރުހުން ވިޔަސް އެ ވިސްނުން ބަދަލުވާން ފަށައިފި. އެއީ އާޔާ އާއި ސެއިޝާ އާއި ރިޝްތާ އަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއް.
08 މާޗް 2022 - 08:54
ރާއްޖޭގެ ރީތިި ރާޅުތަކުގެ ތެރޭގައި އާޔާ ނަސީމް ސާފްކުރަން ފެށީ އުމުރުން 16 އަހަރުގަ އެވެ. އޭރު، މިކަމަށް ޝައުގުވެރިވެގެން ކުރިއަށްދާން ބޭނުންވާ އަންހެނުން ވަރަށް މަދެވެ. އެކަމަކު ރާޅުތަކުގެ ތެރޭގައި އެ ލިބޭ ހިތްހަމަޖެހުން ހޯދަން ނުކުންނަ އަންހެނުންގެ ނިސްބަތް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ގިނަވެއްޖެ އެވެ.
އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އާޔާއަށް ލިބޭ އުފަލަކީ އެ އެވެ.
އާޔާ ރާޅުތަކުގެ ތެރޭގައި: މި ދާއިރާއަށް އޮތް ޝައުގުވެރިކަމަކީ މީހުން ކިޔާ އެއްޗެއްސަށް ނުލެބުނު ސަބަބު ކަަމަށް އޭނާ ބުނޭ.
"އޭރު [ފެށިއިރު] އަންހެން ކުއްޖަކު ނުފެނޭ. ރާޅަށް ދާ އިރު މީހުން އެއްޗެހި ވެސް ކިޔާ،" އާޔާ ބުންޏެވެ.
ސެއިޝާ ރަޝީދަށް ވެސް ހަމަ މި ތަޖުރިބާކުރަން ޖެހުނެވެ. އޭނާ ސާފްކުރަން ފެށިއިރު ލިބުނު ކޮމެންޓްސް އެހާ ރަނގަޅެއް ނޫނެވެ. އެކަމަކު ގދ. ގައްދޫގައި އޮތް ރާޅު ޓުއާއެއްގައި، ބައިވެރިވީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށް ވާތީ އެވެ.
ސެއިޝާ: ފަތަން އެނގޭތީ ރާޅުތަކުގެ ތެރެއަށް ދާން އޭނާއަށް އުނދަގޫ ކަމަކަށް ނުވި.
"ފަތަން އެނގޭތީ ބައިވެރިވެ އެ ތަނުން [ޓުއާ] އިން ދަސްކުރީ. މިއީ، ރަނގަޅު ފުރުސަތެއް ލިބުނު. މީހުން ބުނޭ އަންހެން ކުދިން ރާޅާ އެޅުމަކީ އެހާ ރީތި ކަމެއް ނޫނޭ. ރާއްޖެ މިއީ ވަށައި ކަނޑެއް އޮތް ތަނަކަށް ވީމަ ރީތި ރާޅުތަކެއް ލިބޭ،" އަންހެނުން ސާފިންގައި ފަހަތަށް ޖެހެންވީ ސަބަބެއް ނެތް ކަން ފާހަގަކުރަމުން ބުންޏެވެ.
އާޔާ އާއި ރިޝްތާ އަދި ސެއިޝާ ގައްދޫގައި.
ރިޝްތާ ސުޖާ ރާޅުތަކުގެ ތެރެއަށް ގެނބުނީ ކުޑައިރެވެ. ފުރަތަމަ ފެނުނީ ބައްޕަ ރާޅާ އަޅާ ތަނެވެ. އެ މަންޒަރުން އުފެދުނުު ލޯތްބާއި ޝައުގުވެރިކަން ވީ އޭނާއަށް ރާޅުތައް ދޫކޮށް ނުލެވުނު ސަބަބަކަށެވެ.
އަންހެނުން ރާޅާ އެޅުމާ މެދު ކުރިން ގިނަ ބަޔަކު ނުރުހުން ވިޔަސް އެ ވިސްނުން ބަދަލުވާން ފަށައިފި އެވެ. އެއީ ތިން މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
"ސާފް ލެސަންސް ދޭ ބައިވަރު ތަންތަނާއި ސްކޫލްތަކުން ސާފިން ކްލަބްސް ހަދާތީ ޕޭރަންޓްސް އާއި މުޖުތަމައުގެ ތެރޭގައި ވެސް އެބަ ބަދަލުވޭ ރާޅާ އެޅުމާ މެދު ދެކޭ ގޮތް،" އާޔާ ބުންޏެވެ.
"އަންހެނުންގެ ކެޓަގަރީ މުބާރާތްތަކުގައި ހިމަނާތީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ."
ރިޝްތާ ބުނި ގޮތުގައި، ރާޅާ އަޅާތީ ހިތްވަރު ދޭ މީހުން ކުރިއާ އަޅާބަލާއިރު ގިނަވެއްޖެ އެވެ. އެއީ ވަކި އަންހެނަކަށް ވީތީ ނުކުރަން ވީ ކަމެއްގެ ގޮތުގައި ގަބޫލުކުރުންްތައް ވެސް މަދެވެ.
"އެކަނި ގޮސް އެރިލާ އިރު ނުވަތަ މީހަކާ އެކީގައި ގޮސް އެރިލާ އިރު ވެސް އަބަދުވެސް ހެލްޕްކޮށްދޭ،" އޭނާ ބުންޏެވެ.
ރިޝްތާ: އޭނާ ރާޅާ އަޅަން ފެށީ ބައްޕަގެ ފަހަތުން.
މި ހިތްވަރު ރާޅާ އަޅާ އަންހެނުންނަށް ދިނުމަކީ ސެއިޝާ އެދޭ ގޮތެވެ. އެއީ މިހާރަށް ވުރެން ވެސް ގިނަ އަންހެން ކުދިންތަކެއް ވެސް މިކަމުގެ ތެރެއަށް ވަންނާނެ ކަމެއް ކަމަށް އާޔާ ވެސް ދެކެ އެވެ.
"ރާއްޖޭގެ އަންހެން ކުއްޖަކު ސާފިންގައި ދުނިޔޭގެ ފެންވަރަށް ދިއުމަކީ އުއްމީދެއް،" އާޔާ ބުންޏެވެ.
"ސާފްކުރަން ބޭނުންވާ އަންހެން ކުދިންނަށް ބުނެލަން ބޭނުންވަނީ، ރާޅަށް އެރޭށޭ، އަޅާށޭ. ބިރުނުގަންނާށޭ. އެހީވާން ތިބޭނަމޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
10 March 2022
އަންހެނުންގެ ތެރޭގައިވެސް މޮޅެތި ހުނަރުވެރިން އެބަތިބި. ފިރިހެނުން ކުރާ ހުރިހާ ކަމެއްހެން ކުރެވޭ އަންހެނުން އެބަތިބި. ވަރަށް ކުޅަދާނަ ކަނބަލުން އެބަތިބި. އެކަމަކު ދެރަ ކަމަކީ އަންހެނުންނަކީ އަންހެނުން ނޫންކަމަށް ބަޔަކު ހަދަން މަސައްކަތް ކުރާތީ. ގެޖިންސްގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުން އަދި މައިވަންތަ ގުޅުމަކީވެސް އަންހެނަކަށް ވީތީ އޮންނަ ގުޅުމެއް. އަންހެނުންގެ ހައްގޭ ކިޔައިގެން އަންހެނުންގެ އަގު ނުވެއްޓުން ރަގަޅު.
ރަދޫފުލް ކުމާރު
08 March 2022
އަންހެނަކަށްކަސް ރާޅާވެސްއެޅޭނެ، މަސްކެއްކޭނެ އަދި މަހަށްވެސްދެވޭނެ.
އިޝާރާތް
08 March 2022
ރައީސް ނަޝީދު ލައިލާ މާރިޔާމެންފަދަ ކަނބަލުންނަށް މޮށިއުޅެނީ ކޮންގޮތަކަށްތޯ؟ އަބަދުވެސް އިނގިރޭސިބަހުންތޯ ވާހަކަދައްކަނީ...
ށަވިޔަނި
08 March 2022
ކުޅަދާނަ ކުދިންނަކީ ތިޔައީ. ކުރަން އުޅެގެން އަންހެނަކަށްވީތީ ނުކުރެވޭނެ ކަމެއް ނެތް.
ބރަކުެބ
08 March 2022
ކޫލް ގާލްސް. ޖެންޑާ ވާނީ ޖެންޑާ އަށް.
ސިލްވަރ
08 March 2022
އަސްތާ އަނެއްކާ ލިޔުންތެރިޔާ ކުށްވެރިޔެއްނު ތިޔަވީ، އަންހެނުން ތަކެކޭ ކީމާ