،
09 މާޗް 2022 - 06:43
"ގޭމް އޮފް ތުރޯންސް" އިން މަޝްހޫރުވި އިނގިރޭސިވިލާތުގެ އެކްޓްރެސް ސޯފީ ޓާނާ، ދެވަނަ ކުއްޖަކަށް ބަލިވެއިން ކަން އެނގިއްޖެ އެވެ.
ހޮލީވުޑްގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޖޯ ޖޯނަސް އާ ކައިވެނި ކުރުމަށް ފަހު، ހަތަރު އަހަރު ފަހުން ސޯފީ ދެވަނަ ދަރިއަކަށް ބަލިވެއިން ކަމުގެ އަޑުތަކެއްް ފެތުރުނީ މިދިޔަ މަހުގަ އެވެ. ނަމަވެސް ސޯފީގެ ޕީއާރު ޓީމުން އެ ޚަބަރު ކަށަވަރުކޮށްދިނީ އަދި ކިރިޔާ އެވެ.
ޕީއާރު ޓީމުން ބުނި ގޮތުގައި، ސޯފީ އާއި ޖޯ ތިބީ ދެވަނަ ދަރިއެއްގެ އިންތިޒާރުގައި ވަރަށް އުފަލުންނެވެ.
ސޯފީ އަށް އެންމެ ފުރަތަމަ ކުއްޖެއް ލިބުނީ 2020ގަ އެވެ. އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.
އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރުގަ އެވެ. އެއަށް ފަހު، ރަށްޓެހިވެގެން އުޅުމަށް ފަހު ކައިވެނިކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy