ސާއިލް އޭނާގެ ފޮތާ ގުޅޭ ގޮތުން ވާހަކަދައްކަނީ-- ފޮޓޯ: އުރީދޫ
10 މާޗް 2022 - 10:11
ނަފްސާނީ ބަލީގައި އުޅެން ޖެހުނު ގޮތާއި އެކަމުން އަރައިގަތުމާ ގުޅޭ ގޮތުން ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް، "އެދުވަސް ގެނެވޭނެ" އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް އޯޑަރު ކުރެވޭ ގޮތް ހަދައިފި އެވެ.
އެ ފޮތަކީ ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސާއިލް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ. އެ ފޮތް ލިޔެފައިވަނީ މެޑިކަލް ރިސާޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކަށް ބިނާކޮށެވެ.
މި ފޮތް ނެރެފައިވަނީ އިއްޔެ ނެޝެނަލް ލައިބްރަރީގައި އޮތް ހަފުލާއެއްގައި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދެވެ.
ސާއިލް ބުނީ މި ފޮތް ލިޔުނީ އޭނާއަށް ދިމާވި ކަންކަން އެހެން މީހުންނާ ހިއްސާކޮށް ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ އެކަންވީ ގޮތް ތިޔަ ބޭފުޅުންނާ ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކޮށް މިފަދަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އުފަލާ އެކު ހިނިތުންވެލުމަކީ ކުރެވޭނެ ކަމެއްްކަމުގެ އުންމީދާއި ހިތްވަރު ދިނުން،" ސާއިލް ބުންޏެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ މުޖުތަމައުގައި ހޭލުންތެރިކަން އިތުރު ކުރުން މުހިންމު މައުލޫއަކަށްވާއިރު އެކަމާ ގުޅުވައިގެން ދިވެހިން ލިޔެފައިވާ ފޮތެއް މޫލީގައި ވިއްކުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފޮތް ގަނެވޭނެ އެވެ. މޫލީ އަކީ މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭ ޕްލެޓްފޯމެކެވެ.
މޫލީން މި ފޮތް ލިބެން ހުންނާނީ 150ރ. އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯ ޓު މޯލްޑިވިއަން ޑޮކްޓާސް
10 March 2022
ސާއިލްއަށް ހަމްދަރުދީވަން. ބަޓް ތިފޮތުން މީހަކަށް ލިބޭނެ ފަރުވާއެއް ނެތް. ހަމައެކަނި ވާނެ ގޮތަކީ ނަފްސާނީ ބޭސްކެއުން. ނަފްސާނީ ބޭހަކީ ވަރަށް ނުރައްކާާތެރި ބޭސްތަކެއް. ނަފްސާނީ މައްސަަލަަތައް އެއްކޮށް ކިޔޯވާނީ އޮލްޓަނޭޓިވެ މެޑިސިން ދެޓް ޔޫސް ކޮންސެޕްޓް އޮފް ފިޒިކްސް. ކެމިސްޓްރީއަކުން ނޫން. އެކަމަކު ރާއްޖޭގަ ފިޒިކްސް އެނގޭ ޑޮކްޓަރުން އުޅޭތަ.
ބޮކުރާނީ
10 March 2022
ނަފްސާނީ ގޮތުން އަދި އެއްކޮއް ފިޓުވީމަ ފޮތްލިޔަން މަޑުކޮއްލާ
ނުވާނެ ރީއްޗެއް ތި ފޮތެއް
10 March 2022
އަސްލު ބޭކާރު ކަމަކަށް ވާނީ ތި ފޮތް ގަތުން.
މައިޓާ
10 March 2022
ތިޔަ ފޮތް ކިޔާލަން ބޭނުންވޭ އެކަމަކު އަގު ތަންކޮޅެއް ބޮޑުވީމަ ދެރައީ