ފެމިލީ ކޯޓް: އެ ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލާން ދެ އަހަރު ފަހުން ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
12 މާޗް 2022 - 07:06
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްކޮށް އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ގާޒީ ހަސަން ސައީދު ސުލޫކީ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް 2019 ވަނަ އަހަރު ބަދަލުކުރި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ. އޭގެ ފަހުން މިހާތަނަށް އެ ކޯޓު ހިންގަމުން ގެންދިޔައީ އެކި ފަހަރު އެކި ފަނޑިޔާރުންނާ ހަވާލު ކޮށްގެންނެވެ.
ޖޭއެސްސީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ފެމިލީ ކޯޓުގެ މިހާރުގެ ފަނޑިޔާރުންގެ ތެރެއިން އިސް ގާޒީ ކަމަށް ޝައުގުވެރިވާ ބޭފުޅުން އެ މަގާމަށް ކުރިމަތިލައްވަން ހުޅުވާލައިފަ އެވެ. އެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ އަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000ރ. ލިބޭނެ އެވެ.
ފެމިލީ ކޯޓަކީ މާލޭގެ ކޯޓުތަކުގެ ތެރެއިން މި ވަގުތު އިސް ގާޒީއަކު ނެތް ހަމައެކަނި ކޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީމާ
16 March 2022
މަ ލާބަ ޕްލިސް
ހުސެން ބެންގަލޫރު
12 March 2022
2 އަހަރު އިސްގާޒީ އަކު ނެތި ހިންގުނީމާ ތިޔައީ ބޭނުން ނެތް މަގާމެއް ކަން އެބަ އެނގޭ
ފެމެލީގޭމްކޯޓު
12 March 2022
ޑުރާމާ ބޮޑު ކޯޓެއް ފެމެލީކޯޓަކީ. ތިޔަތަނަށް އިސްގާޒީއަކު ނުގޮސް ފުރަތަމަ ކުނިބުނި ބޭރުކުރޭ
ށަވިޔަނި
12 March 2022
ޙަސަން ސަޢީދު ވަކިކުރީ ސުލޫކީ މައްސަލައެއްގައޭ ބުނަނީ. ހަގީގަތަކީ އެހެން އެއްޗެއް. ކޮންމެވެސް އިއްޒަތްތެރިއަކު ހިތްހަމަ ނުޖެހުމުން އަދަބެއް ދިނީ. ފެމިލީ ކޯޓުން ސުލޫކީ މައްސަލައެއްގައި ވަކިކޮށްފަ ކްރިމިނަލް ކޯޓަށް ލީމަ ސުލޫކު ރަނގަޅުވަނީ ކިހިނެއް؟ ސުލޫކު ރަނގަޅު ނޫން ގާޒީއަކު އެއްވެސް ކޯޓަކަށް ކުފޫ ހަމަނުވާނެ. ހުސް ސިޔާސީ ގޭމް.
ދިވެހިރަދީފުއޮރިޖިނަލް
12 March 2022
އާދެ، ހަސަން ސަޢިދުގެ މައްޗަށް ވަނީ އެތަކެއް މައްސަލައެއް ސާބިތުވާކަމަށް، ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމާފަ (ސައިޓުން ރިޕޯޓް ފެންނާނެ) މީގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަ އެއް އޮއްބާލަން މަސައްކަތް ކުރުން ހިމެނޭ! އެހެން ނަމަވެސް، ރޫޙާނީ ލީޑަރު "އަންނީ / ކުރުސީ ހުސޭނު" ބޭނުން ވެގެން އޭނަ ބަހައްޓާފަ އެހުރީ، އެހެން ނޫންނަމަ އަލީ ހަމީދާއެކު ވަކިކުރާނެ