ވިޔަފާރި / މައި ކޮލެޖް

އެމްއައި ކޮލެޖުން ސްކޫލް ކުދިންނަށް ހާއްސަ އައިޓީ ޕްރޮގްރާމްތަކެއް، ރޮބޮޓިކްސް ވެސް ހިމެނޭ

ކުއްޖަރު ކާރެއް ހަދަނީ--

މިއާންޒް އިންޓަނޭޝަނަލް (އެމްއައި) ކޮލެޖުން ސްކޫލް ކުދިންނަށް ހާއްސަ ކޮށްގެން އައިޓީ ދާއިރާގެ ޕްރޮގްރާމްތަކަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕްރޮގްރާމުތަކުގެ ތެރޭގައި ހިމެނެނީ އެމްއައި ކޮލެޖުން މުޅިން އަލަށް ތައާރަފު ކޮށްފައިވާ ތިން ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ސްޕްރެޑް ޝީޓާއި ފޮޓޯޝޮޕް އަދި ރޮބޯޓިކްސް ހިމެނެ އެވެ.

އެ ޕްރޮގްރާމްތަކުގައި 13 އަހަރުން މަތީގެ ސްކޫލް ކުދިންނަށް ބައިވެރިވެރިވެވޭނެ އެވެ. ކޮންމެ ބެޗެއްގައި ވެސް ފުރުސަތު ހުޅުވާލާފައިވަނީ 12 ދަރިވަރުންނަށެވެ.

ސްޕްރެޑް ޝީޓާއި ފޮޓޯޝޮޕް ޕްރޮގްރާމް ހިންގާނީ ހުޅުމާލެ އާއި އައްޑޫގަ އެވެ. ހުޅުމާލޭގައި ހިންގާ ޕްރޮގްރާމުގައި ދަރިވަރުންނަށް އެކަނި ފުރުސަތު ހުޅުވާލި ނަމަވެސް އައްޑޫގެ ޕްރޮގްރާމްތަކުގައި ޓީޗަރުންނަށް ވެސް ބައިވެރިވޭނެ އެވެ.

އެ ދެ ޕްރޮގްރާމް ކުރިއަށްދާނީ 14 ގަޑިއިރަށެވެ. ދަރިވަރުން ބޭނުންވާ ނަމަ ތިން ދުވަހުން ނިންމާ ގޮތަށް ނުވަތަ އެއް މަސް ދުވަހުން ކްލާސްތައް ނިންމާ ގޮތަށް ވެސް ބައިވެރިވެވޭނެ އެވެ. އެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފީއަކީ 499ރ. އެވެ.

އަލަށް ފެށި ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ތަފާތު ޕްރޮގްރާމަކީ ރޮބޯޓިކްސް އެވެ. ހުޅުމާލޭގައި ލެބޯޓްރީއެއް ހަދައިގެން ހިންގާ އެ ޕްރޮގްރާމް ކުރިއަށްދާނީ ހަތަރު މަސް ދުވަހަށް، ހަތަރު ލެވެލަކަށް ބަހާލައިގެންނެވެ.

އެމްއައި ކޮލެޖުގެ ރެކްޓަ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ އެ ޕްރޮގްރާމް ނިމޭއިރު ބައިވެރިންނަށް އެޕް ޑެވެލޮޕް ކުރަން ދަސްވާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ކިޔަވައިދޭނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އެ ކޮލެޖުގެ އިންޖިނިއަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ލެވެލް ނިމޭއިރު ކުދިންނަށް އެނގޭނެ މިސާލަކަށް، ހިއްކަން އަޅާފައި ހުންނަ އެއްޗެހި ވާރޭ ތިއްކެއް ޖެހީމަ އަމިއްލައަށް ހިޔަލަށް ވައްދާ ކަހަލަ މެޝިނެއް ހަދާލަން. ޕްރޮގްރާމް އެއްކޮށް ނިމޭއިރު އެޕްތައް ހަދަން ވެސް ދަސްވާނެ،" ލަމްޔާ ވިދާޅުވި އެވެ.

ރޮބޮޓިކްސް ކިޔަވަން ބޭނުންވާ ކުދިން މަހަކު ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1200ރ. އެވެ. އަދި އެޑްމިޝަން ފީގެ ގޮތުގައި 250ރ. ދައްކަން ޖެހޭނެ އެވެ.

ލަމްޔާ ވިދާޅުވީ ކުޑައިރުން ފެށިގެން މިފަދަ ދާއިރާތަކުން ކުދިން ތަމްރީން ކުރުމަކީ ވަޒީފާގެ މާހައުލަށް ނުކުންނައިރު ފައިދާ ވާނެ ކަމެއް ކަމަށެވެ. އެހެންވެ، އެ ޕްރޮގްރާމްތަކަށް ތަރުހީބު ލިބޭ ވަރަކުން 13 އަހަރުން ދަށުގެ ކުދިންނަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މިފަދަ ދާއިރާތަކުން ފުރުސަތުތައް މަދު. އެހެންވެ އަޅުގަނޑުމެން ނިންމީ އެ ފުރުސަތުތައް ފަހިކޮށްދީ، ކުޑައިރުން ފެށިގެން އެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރުވަން. މިއީ ވަޒީފާއަށް ނުކުންނައިރު ވަރަށް ފައިދާ ވާނެ ކަމެއް،" ލަމްޔާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމްތަކަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ އަންނަ އަންގާރަ ދުވަހުގެ ކުރިންނެވެ. އެމްއައި ކޮލެޖުގެ ވެބްސައިޓުން ޕްރޮގްރާމްތަކަށް އެދި ފޯމު ހުށަހެޅޭނެ އެވެ.

ތަރުހީބަށް ބަލައި އެ ތިން ޕްރޮގްރާމް ވެސް ރާއްޖޭގެ އެހެން ކެމްޕަސްތަކުގައި ފަށަން ނިންމާފައިވާ ކަމަށް އެމްއައި ކޮލެޖުން ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454