ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޔޫވީއަށް ގެއްލިއްޖެ

ޔޫވީ އާއި ސަސް މިރޭ ކުޅުނު މެޗުގައި: ޔޫވީން ދެލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް ސަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައި --- ފޮޓޯ: އެފްއޭއެމް

14 މާޗް 2022 - 23:29

ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ހަތަރުވަނަ އަށް ދާން ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު ފުރުސަތަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ހުރަށް އަޅައިފި އެވެ.

ޔޫވީ ލީޑްގައި އޮވެގެން މޮޅުވާން ދިޔަ މެޗު ސަސްއިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައި 2-2 ން އެއްވަރުކޮށްފަ އެވެ. މެޗުން މޮޅުވެގެން ޔޫވީ އަށް އަލުން ގަދަ ހަތަރެގެ ތެރެއަށް ވަދެވޭނީ، މިއަދު ހަވީރު ގްރާންޑޭ ބަލިކޮށް 9 ޕޮއިންޓް ހަމަކުރި ޓީސީ އަށް ވުރެ އިތުރަށް ޕޮއިންޓް ލިބޭނެތީ އެވެ. އެކަމަކު މެޗުން ޕޮއިންޓް ހިއްސާ ކުރަން ޖެހުމުން ހަ މެޗުން ޔޫވީ އަށް ހޯދުނީ އަށް ޕޮއިންޓެވެ. ސަސް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފަުރަތަމަ ހާފުގައި ޔޫވީގެ ދެ ލަނޑު ވެސް ޖެހީ އަނަޓޮލީ ވްލަސިޗޭވް އެވެ. މެޗުގެ އަށްވަނަ މިނެޓްގައި އަނަޓޮލީ ވަނީ ޔޫވީ އަށް ލީޑް ނަގައިދީފަ އެވެ. ސަސްގެ އޭރިއާގެ ބޭރުން އަނަޓޮލީ ބޯޅަ ދިނީ ސަސްގެ އޭރިއާގެ ތެރޭގައި ހުރި މުހައްމަދު ރީހާން އަށެވެ. އޭރިއާގެ އަރިމަތިން އެރި ރީހާން ބޯޅަ ފޮނުވައިލީ ގޯލްގެ ނިއާ ޕޯސްޓަށް އަމާޒުކޮށެވެ. ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ބޯޅަ ދިފާއު ކުރުމުން ރީބައުންސް ވެގެން ގޮސް ބޯޅަ ޖެހުނީ ގޯލް ކުރިމަތީގައި ތިބި ސަސްގެ ކުޅުންތެރިންގެ ގައިގަ އެވެ. ކުޅުންތެރިންގެ ގައިގައި ޖެހި ރީބައުންސްވެ ބޯޅަ ކުރިއަށް ނުކުތުމުން އަނަޓޮލީ ވަނީ ކުޅުންތެރިންގެ ތެރެއިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ޔޫވީން އުފެއްދި ހަމަލާއެއް ހުއްޓުވަން ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް

އަނަޓޮލީ ދެވަނަ ލަނޑު ޖެހީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ. ސަސްގެ އޭރިއާގެ ތެރެއިން ޔޫވީގެ އީވާން ވެރަސް އެރިއާގެ ބޭރަށް ބޯޅަ ދިނީ އަނަޓޮލީ އަށް ބޯޅަ ޕާސް ކުރުމުގެ ގޮތުންނެވެ. ޑީއޭރިއާ ތެރެއިން އަނަޓޮލީ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު ޝަހާއު (ބޭލް) ވަނީ ސަސް އަށް ފަރަގު ކުޑަކޮށްދީފަ އެވެ. މެޗުގެ 36 ވަނަ މިނެޓްގައި އަހްމަދު އައިހަމް ދިން ބޯޅަ ހިފައިގެން ޝަހާއު އޭރިއާ ތެރެއަށް ވަނީ ޔޫވީގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިއާގެ ތެރެއަށް ވަދެ ޔޫވީގެ ސާބިއާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް ކައިރިން ވެސް ނައްޓާލުމަށް ފަހު ޝަހާއު ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ދެވަނަ ހާފު ފެށިގެން އަށް މިނެޓް ތެރޭ ސަސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. ޔޫވީގެ ހާފުގެ ތެރެއިން ޔަޝްފާދު ހަބީބް (މުލަކޭ) ބޯޅަ އޭރިއާ ބޭރުން އޭރިއާ އަރިމައްޗަށް ބޯޅަ ދިނީ ސަސްގެ ރިލްވާން ނައީމްއަށެވެ. ރިލްވާން ވަނީ އޭރިއާގެ އަރިމަތިން އޭރިއާގެ ތެރެއަށް ބޯޅަ ހުރަސްކޮށްދީފަ އެވެ. އެބޯޅަ އަށް އެރި އަތީގް ވަނީ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ބޯޅަ ގޯލަށް ވަނީ ޔޫވީގެ ކޕަރު އަހްމަދު އަނަފް ޒަރިއަންދު ހުރި ދިމަލަށެވެ. ނަމަވެސް އޭނާ އަށް ބޯޅަ ސަލާމަތެއް ނުކުރެވެުނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454