މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ މި އަހަރު ދެ އެއާޕޯޓެއް ނިންމައި އަންނަ އަހަރު މަގޫދޫ އެއާޕޯޓް އޮޕަރޭޓްކުރަން ފަށާނެ ކަމަށް.
16 މާޗް 2022 - 10:58
ހަ ސަރަހައްދެއްގައި އެއާޕޯޓް އަޅަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން އެއްވެސް ތަނެއް ބަޔަކާ ހަވާލުނުކުރާ ކަމަށާއި މޮޑެލް ބަދަލުކޮށްގެން ވިޔަސް އެއާޕޯޓްތައް އަޅާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ތަނެއް އަދި އެއްބަސްވުމަކާ ހަމައަށް ނާންނަ ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އަމާޒަކީ މި އަހަރުގެ ތެރޭގައި ދެ އެއާޕޯޓެއް ހުޅުވުމެވެ. މީގެ ތެރޭގައި ހިމެނޭ ފ. މަގޫދޫ އެއާޕޯޓް އަންނަ އަހަރުގެ ތެރޭގައި އޮޕަރޭޓްކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ނުވާ ނަމަ ދައުލަތުގެ ބަޖެޓުން ވެސް އެކަން ކުރާނެ ކަމަށެވެ.
"އިއުލާންކޮށްފައި އޮތް ހަ އެއާޕޯޓް އަޅުގަނޑުމެން މަސައްކަތް ކުރާނަން އެއް މޮޑެލް އިން ނުވެއްޖިއްޔާ އަނެއް މޮޑެލް އިން ވެސް ކުރިއަށް ގެންދަން," މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓްތައް ހުޅުވާލައި މިނިސްޓްރީން އެންމެ ފަހުން އިއުލާނުކޮށްފައިވާ ބީލަމުގައިވާ ގޮތުން، އެއާޕޯޓް ތަރައްގީކުރަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.
• ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
• ށ. ބިލެއްފަހި - 23.6 މިލިއަން ޑޮލަރު
• ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
• ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
• ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު
ރ. އަތޮޅު ދެކުނުގައި އެއާޕޯޓް އަޅާނެ ރަށެއް އަދިވެސް ނުނިންމަ އެވެ. އެކަމަކު ޕޮލިސީ ލެވެލްގައި އެ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.
ލ. ހިތަދޫގެ ނަރުދަމާ: 540 ދުވަހުގެ ތެރޭގައި ނިންމަން 69 މިލިއަނަށް ހަވާލުކޮށް ޑިޒައިން ނިމިއްޖެ. މޮބިލައިޒްކުރަން ލަސްވީ އީއައޭގައި މައްސަލަ ހުރެގެން. މި މަސް ނިމުމުގެ ކުރިން މަސައްކަތް ފަށާނެ.
ހިތަދު އާއި ކުނަހަންދޫ ކޯޒްވޭ: ކުރިއަށްދާ ޑިޒައިނާއި އީއައިއޭ ޖޫން މަހު ނިމޭނެ.
ދ. މާއެނބޫދޫ ފެނާއި ބިން ހިއްކުން: ފެނުގެ މަޝްރޫއު އޮންނާނީ ހަވާލުކޮށްފައި. ބިން ހިއްކަން ސޮއިނުކުރެވި ވަނީ އެމްޓީސީސީގެ ކެޕޭސިޓީ ބޮޑުކުރުމަށް ފަހު ހަވާލުކުރަންވެގެން.
ދ. ކުޑަހުވަދޫ ބަނދަރު: ބަޖެޓުގައި ހިމަނާފައި ނެތް. އެހެންވީމާ ކުރިއަކަށް ނުދާނެ.
ހދ. މަކުނުދޫގެ ސްލިޕްވޭ: ދައުލަތުގެ ބަޖެޓުން ސްލިޕްވޭ ނުހަދާ. ދޯނި އެހެލާނެ ސަރަހައްދުތައް ހަދަނީ.
ފ. ބިލެތްދޫ ނަރުދަމާ: ލަސްވެއްޖެ, އެކަމަކު މިހާރު ނިމުމަކާ ގާތުގައި ވަނީ.
ތ. މަޑިފުށީގެ ފެނުގެ ނިޒާމް: ފެނަކައާ ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ނުދާ ސަބަބު ބަލާނަން.
ށ. މިލަންދޫ ހައުސިން ޔުނިޓް: ޓެންޑާ މަރުހަލާގައި
ކުޅުދުއްފުށީ ބަނދަރު: ބަނދަރުގައި ބައެއް މަސައްކަތް ނިންމަން ހުއްޓަސް މިހާރު ބޭނުންކުރެވޭނެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިސްޓްރާވޮ އަހުަމަދު
16 March 2022
10 ފަޅުރަށް ދީގެން އެއަރޕޯޓެއް އަޅައިދިނުންވެސް މީ ވަރަށް ރީތި މޮޑެލްއެއް. މީ ސަރުކާރެއްތަ މިތާ މިއޮތީ؟
ބަދަލޭ
16 March 2022
އަސްލަމް ބަދަލުކޮށްފިއްޔާ އެޅޭނެ ތަންތަން މާ ގިނަވާނެ.
އަހުމަދުބޭ
16 March 2022
މިނިސްޓަރ އަސްލަމް އެވެ. ތިބޭފުޅުން ބޭނުންކަމެއް ބާރު އޮތަތީވެ ކުރެވިދާނެއެވެ، އެކަމަކު ކުރެވޭ ކަންކަމަކީ ތިޔަތަންތަން ދެމެހެއްޓެނިވި ތަންތަނަށް އެބަވާން ޖެހެއެވެ. މިސާލަކަށް ހދ. މަކުނުދޫ ގައި ތިޔަ އެއާރ ޕޯރޓެއް އަޅަނީ ކޮންގޮތަކަށް ވިސްނާފަތޯއެވެ، އެންމެ ކައިރީގައި މިއޮންނަނީ ކަޑިތީމާ ގޮއެދޫ އަދި ވައިކަރަދޫއެވެ، މިރައްތަކަށްވެސް ލޯންޗެއްގައި މަކުނުދޫއަށް މޫސުން ގަދަ ދުވަސްވަރެއްގައި ދިއުން އެއީ ކަމުދާ ކަމެއްނޫނެވެ.
ހަހާ
16 March 2022
ތިހިރީ އެޅިފައޭ
ރަށްއިތުމީހ
16 March 2022
އޮފީސްތަކުގެ ފުލެޓްތައް ލިބުނި އެތައްބަޔަކަށް ހިޔާއިންވެސް ފުލެޓް ލިބިފަ އެބަހުރި މިކަން ހައްލުކުރާކަށް ނުވޭތޯ. މީ ކިހާ ބޮނޑް ބޭއިންސާފެއް.
ހޯރަބޭ
16 March 2022
މި ދައުރަކު ނޭޅޭނެ ކަން ކަށަވަރު. މާދަށް ތި އަސްލަމް ބުނާނެ މީހުން ސައުގުވެރި ވޭތޯ ބަލާލިންޔޭ. ސާވޭއެކޭ. ގޯތި އަޅާނަމޭ ކިޔާފަ ވެސް ހެދި ގޮތް އަހަރަމެން ހަނދާނުން ފިލާގެން ނުދޭ
އެމްސް
16 March 2022
ރަޢިއްޔަތުން އުޅެނީ، ދެކޮޅު ޖެހޭނެ އާމްދަނީގެ ވަޒީފާ މަދުކަމުން، އަނގައާއި އަތާ ދިމާނުކުރެވިގެން! މިހާރުވެސް އެއަރޕޯރޓްތައް ބައިވަރު އެބަހުރި، އޭގެއިން ވަނީ ކޮންކަމެއްބާ؟
ބަގްސް
16 March 2022
އެހެންވީމަ އަދިވެސް އަމަލީ މަސްއަކަތް ނުފެށި މިހިރީ ގިނަ ތަންތަން. މިމީހުނަށް މިހިންގެނީ 5 އަހަރުން 20 މިލިޔަނުގެ ކުދި ކުދި ޕްރޮޖެކްޓް. އާނު 200 މިކިޔަނާ 400 މިލިޔަން ޑޮލަރުގެ ބޮޑެތި ޕްރޮޖެކްޓްތަށް ނިންމާ އެ ހަވާލުކުރީ. އަސްލު ލަދުގަންނަން ޖެހޭ މިސަރުކާރުން.
ރަދީފު ބިން ރަފައިދާ
16 March 2022
އެއާޕޯޓުއެޅިޔަސް ބުރިޖުއެޅިޔަސް ނަމަނަމަ ފުލެޓުތައް ތަޅާނުލާތި.