ޚަބަރު / އެމްޑީޕީ

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި 94،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭ

ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިލަންދޫގައި މިރޭ އޮތް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި 94،214 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ވޯޓާސް ލިސްޓު އާއްމުކޮށްފި އެވެ.

އެ ޕާޓީގެ އިދާރީ އެންމެ އިސް މަގާމަށް ބޭފުޅަކު ހޮވުމުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދިނީ ކެންޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންނަށެވެ. މި އިންތިހާބު އައިއިރު ވެސް އެ ޕާޓީގައި 93،000 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ދާއިރާތަކުގެ އިންތިހާބަށް ޕާޓީއާ ގުޅުނު މެމްބަރުންނާ އެކުގަ އެވެ.

އެމްޑީޕީގެ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ވެފައިވާ ދަފްތަރުގައި ތިބީ 54،782 މީހުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ވާދަވެރި އިންތިހާބު މިހާރު ވަނީ މޭ 14 އަށް ފަސްކޮށްފަ އެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިންތިހާބުގެ ކެމްޕޭން އެކި ރަށްތަކުގައި ކުރިއަށް ގެންދާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް، ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވާ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަނެވެ.

ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމްކުރުމާއި ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަމާއި ޕާޓީގެ އުސޫލުތަކަށް ރައްކާތެރިވެ، މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވުމަކީ ވެސް ޗެއާޕާސަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް އެންމެ ފަހުން ފުރުއްވީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

14 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަދީޙު.

22 March 2022

އެމްޑީޕީގައި ގިނައީ ކ.އަތޮޅު މާލޭ މެންބަރުންތޯ ނުވަތަ އެހެން ރަށްރަށު މެންބަރުންތޯ އިގޭ ގޮތަކަށް ލިޔެދީބަލަ.

The name is already taken The name is available. Register?

އަލިފުޅު1111

18 March 2022

އަހަރެންނާ އަހަރެންގެ އަންހެނުންވެސް ނުވެސް ދެނެތިއްބާ އެހައްދުވަހު ޗެކުކޮށްލިއިރު އެމްޑީޕީއަށް ރަޖިސްޓްރީކޮށްފަ. މަހިތަށްއަރާ ކިހިނެއްބާވައޭ އިނގިލީގެ ނިޝާން ހޯދީ؟؟؟؟ އީސީއިން މިކަން ބަލަންޖެހޭ.

The name is already taken The name is available. Register?

120687

18 March 2022

ސައްހަ މެންބަރުންގެ އަދަދު ކިރިޔާ 50،000 ހަމަ ވަނީ. ވޯޓުލާން 35،000 މީހުން ނުކުތަސް ނަސީބު. ނަޝީދު ފެކްޝަނަށް ގިނަވިޔަސް ލިބޭނީ 10،000 ވޯޓު.

The name is already taken The name is available. Register?

ާއުނިމާ

18 March 2022

މިވަރަށް އޮޅުވާނުލިޔަސް ދެން ބޮޑުވަރު 54000 އިން 94000 އަށް ވޯޓުލެވޭ ލިސްޓު އައި ގޮތެއްވެސް އޮންނަންވާނެ، ގައިމު އިލެކްޝަންގެ ތަފާސް ހިސާބަކީ އެންމެ ފަހުން މިއަދު ރިޕޯޓުކޮށްފަވާ ތަޕާސް ހިސާބުވިއްޔާ!

The name is already taken The name is available. Register?

އަލިފުޅު1111

18 March 2022

ކޮްއްކޯ އުނިމަލާ. ހަދާގޮތަކީ މީސްމީހުންގެ ނަމުގަ އެމީހުން ފޯމުލަނީ. އީސީއަކީ ގޮނޑިކޮއްކޮއެއް. އެމީހުން ކޮންމެ ކަމެއްކުރިޔަސް އޯކޭވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

17 March 2022

ޑިމޮކްރަސީއޭ ކިޔައިގެންކޯޓް ފަޓްލޫނުގަ ވައްކަންކުރަނީ، ދައުލަތްދަވަނީ،

The name is already taken The name is available. Register?

އަޙްމަދް…

17 March 2022

ޑިމޮކްރެސީގައި ހިސާބު އަދަދުތަށް ދިމާކުރާގޮތް ވ ތަފާތުވާނެ އެ އެނގޭނީ ހަމައެކަނީ ދީޔާސީ މީހުންނަށް އެކަނީ!

The name is already taken The name is available. Register?

asluMDP

17 March 2022

މަމެން އަސްލު އެމްޑީޕީ މީހުން ޕީޕީއެމްގައި ތިބެފައި މަޖިލިސް އިންތިޚާބަށް ވައިކުޑައިން އެމްޑީޕީއަށް ފުންމާލަންވެގެން ޕީޕީއެމް މެމްބަރުންތައް މުލުން ލުހެގެން ގެނެސް ތިޔަ 94 ހާސް ހަމަކުރީ. މަމެން މިތިބީ މިހާރު އަސްލު އެމްޑީޕީ ގައި. އެމްޑީޕީ ދަފްތަރުގައި މިހާރު ގިނަވާނީ މަމެން ކަހަލަ އަސްލު އެމްޑީޕީ މީހުން. ދެން އެކޮއެމެން ކުޗުކުޗު ނުލައްވާ ރީއްޗަށް ތިބޭތި މަމެން ވޯޓުލައި ނިމެންދެކަށް

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

17 March 2022

މިފަހަރު ކޮންމެމީހަކު ހޮވުނަސް ޒެޑުފެކްޝަން ނޫފެދިނުދާނެ.

The name is already taken The name is available. Register?

ހެހެހެ

17 March 2022

އެއީ 40،000 ޕީންކީންވެސް ލައިގެން ދެއްތޯ؟! ދީމުކުރާތީ މެކުސް!!! މިފަހަރު އިންތި ނުހޮވިއްޖިއްޔާ މަމެން “ނަސީދު ރިފޯމް މޫވްމަންޓް”ހަދާނަން! އަދި މަޖިލިސް މަތީގެއަކާ ތިރީގެއެއް އުފައްދާ ތާހިރު ވެރިކަމަކަށް އަސާސީ ބަދަލުކުރާނަން!!

The name is already taken The name is available. Register?

ާއުނިމާ

18 March 2022

އިންޑިޔާ މީހުން ހިމަނައިގެން، އިންޑިޔާ ސިފައިންނާ

The name is already taken The name is available. Register?

ހަމަނަހަމަ

17 March 2022

އެމްޑީޕީގެ ދަފްތަރުގައި ދެބައިކުޅަ އެއްބައި ގިނަ އަދަދެއް އޮންނައިރު އެއީ އިލެކްޝަނުން ބަލަންޖެހޭ ކަމެއް ނޫންތަ؟ ނޫނީ އެމްޑީޕީއަކީ އިލެކްޝަންގަ ރަޖިސްޓްރީ ވާންނުޖެހޭ ގޮތަށް އޮންނަވަކި ސަރުކާރެއްތަ؟ ނޭނގޭ ގޮތްގޮތަށް ޕާޓީގެ ދަފްތަރުގަ ހެސްކިޔާފަ މީހުން އެބަ އޮވޭ. މިހިރީ އެންމެ ޑިމޮކްރެޓިކް ޕާޓީގެ ކަންކަން ހުންނަ ގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454