18 މާޗް 2022 - 06:29
ނެޓްފްލިކްސްގެ އެއް އެކައުންޓް ޝެއާކުރާ އެންމެން ވެސް އެ ހިދުމަތް ހޯދަން މަހު ފީ ދައްކަން ޖެހޭ ގޮތް ހަދާއި ބައެއް ގައުމުތަކުގައި އެ ފީޗާ ޓެސްޓްކުރަން ނިންމައިފި އެވެ.
ނެޓްފްލިކްސްގެ ބްލޮގް ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރު ފެށިގެން އެ ޕްލެޓްފޯމަށް އާ ދެ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ "އެކްސްޓްރާ މެމްބާ" އާއި "ޕްރޮފައިލް ޓްރާންސްފާ" ކިޔާ ފީޗާއެކެވެ.
"އެކްސްޓްރާ މެމްބާ" ގައި ވާގޮތަކީ، އެއް ނެޓްފްލިކްސްގެ އެކައުންޓްގައި ބައިވަރު ޕްރޮފައިލްތައް ހުންނަ ނަމަ، އެ އެންމެން ވެސް އެ ހިދުމަތް ހޯދުމަށް އިތުރު ފީއެއް ދައްކަން ޖެހުމެވެ. ނަމަވެސް، އެއީ ވަކި ސަބްސްކްރައިބާސްގެ ގޮތުގައި ނުބަލާނެ އެވެ.
"ޕްރޮފައިލް ޓްރާންސްފާ" އަކީ އެހެން މީހެއްގެ ނެޓްފްލިކްސް އެކައުންޓަކުން އެ ހިދުމަތް ހޯދަމުން އަންނަ މީހަކު އަމިއްލަ އެކައުންޓެއް ހަދަން ބޭނުންވެއްޖެ ނަމަ، އެ ޕްރޮފައިލްގައި ހުރި އޭނާގެ ހުރިހާ ޑޭޓާއެއް އާ އެކައުންޓަށް ޓްރާންސްފާކޮށްދިނުމަށް ތައާރަފުކުރާ ފީޗާއެކެވެ.
އެ ފީޗާތައް އެންމެ ފުރަތަމަ ޓެސްޓްކުރަން ނިންމާފައި ވަނީ ޗިލީ، ކޯސްޓާ ރިކާ، އަދި ޕެރޫގަ އެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ގައުމުތަކުގައި ޓެސްޓްކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނެޓްފްލިކްސްގައި މިހާރު 222 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާސް ތިބެ އެވެ. ސްޓްރީމިން ޕްލެޓްފޯމުތަކުގެ ވާދަވެރިކަން ބޮޑުވުމާ އެކު އެ ކުންފުނި އަންނަނީ އެމީހުންގެ ކޮންޓެންޓް ވަރުގަދަކުރުމަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
18 March 2022
މިކަހަލަ އެޕް ތަކުގައި މީއަބަދުވެސް ކަންކުރާ ގޮތް. ކޮންމެވެސް ހިސާބަކުން މިކަން ކުރާނެ. ބަލަން ބޭނުންނަމަ ލާރި ދައްކާ ...
އަހަރުން ބަލަން
19 March 2022
އެހެންވެ އަހަރުން "އެހެން ސައިޓް" ތަކުން ހޯދައިގެން ފްރީކޮށް ބަލަނީ... މާސަޅި
ޙުސެންގެ ހަސަނު
20 March 2022
ޔެސް! އަނެއްކާ ބޭނުންވާ ހުރިހާ ފިލްމެއް ހުންނާނެ. ރީތި ފިލްމެއްވެސް ހުންނަ އެއްޗެއްނުން ތިޔަ ނެޓުފުލިކްސް އަކީ.