ރަޝިޔާގެ ކޮމޮނޯޓުން ޖައްވުގައި ޔުކްރޭންގެ ކުލަތަކުގައި. --ފޮޓޯ:ރޮސްކޮސްމޮސް
19 މާޗް 2022 - 20:30
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (މާޗް 19) - އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދިޔަ ރަޝިޔާގެ އެސްޓްރޮނޯޓުން ޔުކްރޭނުގެ ގައުމީ ކުލަތައް ހިމެނޭ ޔުނިފޯމާ އެކު ހަނގުރާމައާ އެ މީހުން ދެކޮޅުކަން ހާމަކޮށްފި އެވެ.
އެންމެ ފަހުން ޖައްވަށް ދިޔަ ރަޝިޔާގެ ތިން އެސްޓްރޮނޯޓުންނަކީ އެ ގައުމުގެ އިރުމަތީގެ އަވަށްޓެރި ޔުކްރޭނަށް މިދިޔަ މަހު ހަމަލާ ދޭން ފެށި ފަހުން އައިއެސްއެސް އަށް ދިޔަ ރަޝިޔާގެ ފުރަތަމަ އެސްޓްރޮނޯޓުންނެވެ. އެ ތިން އެސްޓްރޮނޯޓުންނަށް ވަނީ އައިއެސްއެސްގައި ތިބި އެމެރިކާ، ރަޝިޔާ އަދި ޖަރުމަނުގެ ފަޅުވެރިން ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އައިއެސްއެސް އަކީ ރަޝިޔާ، އެމެރިކާ، ކެނެޑާ، ޖަޕާން އަދި ޔޫރަޕުގެ ބައެއް ގައުމުތައް ގުޅިގެން ކުރިއަށް ގެންދާ ޖޮއިންޓް ޕްރޮޖެކްޓެކެވެ. މިޝަން ލީޑު ކުރަނީ އެމެރިކާ އާއި ރަޝިޔާ ގުޅިގެންނެވެ.
ކަޒަކްސްތާނުން ނައްޓާލި ރަޝިޔާގެ އުޅަނދެއްގައި ތިން ގަޑިއިރުގެ ފްލައިޓަކަށް ފަހު ރަޝިޔާގެ އެސްޓްރޮނޯޓުން ކަމަށްވާ ޑެނިސް މަޓްވެޔޭވް، އޮލެގް އާޓެމިޔޭވް އަދި ސާގީ ކޯސަކޯވް ވަނީ އައިއެސްއެސްއާ ޑޮކްކޮށްފަ އެވެ. އެ މަންޒަރުތައް ވަނީ ނާސާ އާއި ރަޝިޔާގެ ޖައްވީ އެޖެންސީ ރޮސްކޮސްމޮސް އިން ވަގުތުން ދައްކައިފަ އެވެ.
އެ ތިން މީހުން ކުރިއަށް އޮތް ހަ މަސްދުވަހު އައިއެސްއެސްގައި ސައެންސް މިނިޝަނެއް ކުރިއަށް ގެންދާނެ އެވެ. އައިއެސްއެސްގައި މިހާރު ތިބި ރަޝިޔާގެ ތިން ކްރޫން މި މަހު 30 ގައި ބިމަށް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކުސް
20 March 2022
އެކަމަކު ރޮސްކޮސްމޮސް ޕްރެސް ސަރވިސް އިން ބުނީ އެއްވެސް ހާލެއްގަ ތިމަންނަމެންގެ މީހުން ރީނދޫ ކުލައިގެ ހެދުމުގައި ތިބީ ޔުކްރޭނަށް ތާއީދު ކުރާތީ ނޫންކަމަށާ ޔުކްރޭނު ރައްޔިތުންނަކަށް ތިމަންނަމެންގެ ހިތުގަ ހަމްދަރުދީއެއްވެސް ނެތް ކަމަށް. އަދި ބައެއްފަހަރު ރީނދޫ ކުލަ އަކީހަމައެކަނި ކުލައެއް ކަމަށްވެސް އެމީހުން ބުނެފަ ވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައި.
ލެއްގިކޮމިޝަނަރް
20 March 2022
ރަސިޔާގަ އިލްމެއް ލިބިފަހުރި މީހެއްވީޔާ މިހަނގުރާމައާދެކޮޅު. ޕްޓިންއާދެކޮޅު. ރަސިޔާގެ ރައްޔިތުން މިހާރުބޭނުންވަނީ ޕްޓިން ނޫންމީހަކު ވެރިކަންކުރާތަންބަލަން. ޕްޓިންހިތުން ރަސިޔާގެ ވެރިކަމަކީ އޭނަޔަށް ލިޔުއްވާފައިވާ މަޤާމެއް. ޔުކުތޭން ހަނގުރާމަ ނިމޭއިރު ޕްޓިންގެ ވެރިކަންވެސް ނިމޭނެ.