ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ
20 މާޗް 2022 - 12:24
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ރަޝިޔާ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާއި، އެ ގެއްލުންތައް އެ ގައުމުގެ އެތައް ޖީލެއް ތަހައްމަލުކުރަން ޖެހޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް ޒެލެންސްކީ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ އަށް ތާއީދުކޮށް، ވެރިރަށް މޮސްކޯގައި ހުކުރު ދުވަހުގެ ރޭ ވަނީ ބޮޑު އެއްވުމެއް ބާއްވައިފަ އެވެ. އެ އެއްވުމުގައި 200،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއީ ޔޫކްރޭން ހަނގުރާމަ އަށް ރަޝިޔާ އިން ސިފައިން ފޮނުވި އަދަދެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔޫކްރޭންގައި މިހާރު ހިނގަމުން ދަނީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ވިލާތުގެ ބައްރުގައި މިހާތަނަށް ހިނގާ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ހަނގުރާމަ އެވެ. އަދި އެ ހަނގުރާމައިގައި މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ލައްކަ ބަޔަކު ޒަހަމްވެފައިވާ އިރު، ތިން މިލިއަނަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި، ވިލާތުގެ އެކި ގައުމުތަކަށް ގޮސްފައިވާ ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގެ މެދުތެރޭގައި އޮންނަ ސްޓޭޑިއަމެއްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، ރަޝިޔާ ސިފައިންގެ ހިތްވަރާއި ކުޅަދާނަކަމަށް ތައުރީފުކުރައްވައިފަ އެވެ. ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ ރައްޔިތުންގެ ކިބައިން މިފަދަ އެއްބައިވަންތަކަމެއް ނުފެންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.
އެ އެއްވުމުގެ ބައިވެރިން ވަނީ ރަޝިޔާގައި ބޭނުންކުރާ ގައުމީ ލަވަތައް ކިޔައި ރަޝިޔާ ސިފައިންނަށް ތައުރީފު ކޮށްފަ އެވެ. އެމީހުން ކީ ގައުމީ ލަވަތަކުގެ ތެރޭގައި، "މޭޑް އިން ޔޫއެސްއެސްއާރް" ފަދަ މަޝްހޫރު ލަވަތައް ހިމެނެ އެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު މަޝްހޫރުވި އެ ލަވައިގެ މައިގަނޑުގައި ބުނެފައި އޮންނަނީ، "ޔޫކްރޭން އަދި ކްރައިމިއާ، ބެލަރޫސް އާއި މޮލްޑޯވާ، މި ހުރިހާ ތަންތަނަކީ ވެސް އަހަރެންގެ ގައުމު" ކަމަށެވެ.
ރަޝިޔާގެ ރައީސް ޕުޓިން، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވުމާ ގުޅިގެން، ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށީ ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ. އެ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރަމުންދާ މަސައްކަތަށް ވަނީ ހުއްޓުން އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަސިއްތި
21 March 2022
ޤައުމު ފުނޑޭއިރުވެސް އަދިވެސް ނޭތޓޯ އަށް ވަނުން މުހިއްމުތަ؟ ޒެލެންސްކީ؟؟؟؟. މީގެން ވެސް އެބަ އެނގޭ ޒެލެންސްކީ ތީ 100 ކުޅަނދު މަދު މީހެއް. ކަލޭ ތި ހުރީ އެމެރިކާއިން ޑުބްލިކޭޓް ކޮށްފަ. އާދޭ ދައްތަ ކައިރިއަށް ބޭސް ކުރަން.. ގޮތް ދޫ ކޮށް ބަލާ !!!!!ޕްލީސް
ށަވިޔަނި
21 March 2022
ހެހޭ. ކަލެއާ ކަލޭގެ އައުވާނުންނަށް ހުރިގެއްލުމާއި ހަލާކުގެ ވާހަކަ ދައްކަބަލަ.
ސަމަރޭ
20 March 2022
ޔަހޫދީންނަށް ކުރިއެރުމަށް އެދި މިރާއްޖޭގެ ބަޔަކުވެސްދުޢާކުރާހެން ހީވޭ. ހަމަގައިމުވެސް ޔުކްރޭނަކީ ޔަހޫދީ ދައުލަތެއް. ޔުކްރޭނުގެ ކަންތަކާ ބެހޭގޮތުން ރައީސް މައުމޫނުއާ ރައީސް ވަހީދާ އަދި ރައީސް ޔާމީނު އެހާވަރަކުން ނޫޅޭ. ނަމަވެސް ބޮޑުވަޒީރުގެ ހުވަފެން ދެކޭ ބޭފުޅާ ކަމަށްވާ ރައީސް ނަޝީދާ އަދި މިދައުލަތުން ކީއްވެތޯ ޔަހޫދީން މުސްލިމުންނަށް ކުރާ އަނިޔާ ކުށްވެރިކުރުމުގެ ބަދަލުގަ ޔަހޫދީންނަށް މިހާރުލިބެމުންދާއަނިޔާތަކާމެދު ހިތާމަ ކުރަނީ؟
ލެއްގިކޮމިޝަނަރް
20 March 2022
ސަމަރޭ ސަޕޯޓްކުރާ ރަސިޔާއެއީ އަނެއްކާ މުސްލިމް ދައުލަތެއްތޯ؟ ދިވެހި ދައުލަތަކުންވެސް އަދި ނަޝީދުވެސް އުކުރޭނަށް ތާއިދުކުރަނީ ޔަހޫދީ ދައުލަތަކަށް ވީމައެއްނޫން. މިނިވަން އެއްވެސް ގައުމަކަށް އުދުވާނީ ހަމަލާއެއް ދިނުމަކީ އެކަކުވެސް ބޭނުންވާނެކަމެއްނޫން. ސަމެރޭމެންގެ ވިސްނުން ތިހުންނަނީ އެމެރިކާކުރީމަ ގޯސްވެފަ ރަސިޔާކުރީމަ ރަނގަޅުކަމަށް ނިންމައިގެން. އަހަރުމެން މިބުނަނީ އެމެރިކާވެސް ރަސިޔާވެސް މިނިވަން ގައުމަކަށް ހަމަލާދިނުން ގޯހޭ
ރަދީފްއޮފިޝަލް
20 March 2022
އަހަރުމެން ކަލޭމެންނަށް ދޭނީ ގަރުނުތަކަށް ދެމިގެންދާ ފަދަ ގެއްލުންތަކެއް.ރަނގަޅު؟ ހެހެހެހެހެ.ވެދުން