ރޮބޯތިންކުން ރާއްޖޭގައި ހުޅުވި ޑިސްކަވަރީ ސެންޓަރުގައި ކުދިންތަކެއް ރޮބޮޓު ހަދަނީ-- ފޮޓޯ: ރޮބޯތިންކް
21 މާޗް 2022 - 14:39
ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ސްޓެމް ޕްރޮގްރާމް "ރޮބޯތިންކް" ގެ ދެ ކޭމްޕެއް އަންނަ މަހު ބާއްވަން ތާވަލުކޮށްފި އެވެ.
"ނެކްސްޖެން އެޑިއުކޭޝަން" އިން މިދިޔަ އަހަރު ރާއްޖެއަށް ތައާރަފުކުރި ރޮބޯތިންކް ޕްރޮގްރާމަކީ ކޯޑިން އާއި ރޮބޮޓިކްސް އަދި އިންޖިނިއަރިން ފަދަ ދާއިރާތަކުން ކުޑަކުދިންނަށް ކިޔަވައިދޭ ދުނިޔޭގެ އެންމެ ކާމިޔާބު ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގައި ސްޓެމްގައި ހިމެނޭ ދާއިރާތައް ކަމަށްވާ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި މެތަމެޓިކްސް ގެ ޕްރޮގްރާމްތައް ކިޔަވައިދޭނެ އެވެ.
އެ ޕްރޮގްރާމުގެ ދަށުން މިދިޔަ ޑިސެމްބަރު މަހު ވެސް ކޭމްޕެއް ބޭއްވި އެވެ. މިއަހަރުގެ ދެ ކޭމްޕް އޮންނާނީ އަންނަ މަހުގެ 3-7 އަށެވެ. އެއީ "އިންޖިނިއާ އެއާޕްލޭންސް" ތީމުގެ ކޭމްޕަކާއި "އެނިމަލް ސަފާރީ" ތީމުގެ ކޭމްޕެކެވެ.
އެ ކޭމްޕުގައި ބައިވެރިވާ ކުދިންނަށް ތީމާ ގުޅޭގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ އެވެ. މިއީ އެ ހަފުތާގައި ސްކޫލުން ލިބޭ ޗުއްޓީ ބޭނުންތެރި ގޮތުގައި ހޭދަ ކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ރޮބޯތިންކުން ބުންޏެވެ.
ރޮބޯތިންކުގެ "އިންޖިނިއާ އެއާޕްލޭންސް" ތީމުގެ ކޭމްޕް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9-12 އަށެވެ. އަދި "އެނިމަލް ސަފާރީ" ތީމުގެ ކޭމްޕް އޮންނާނީ މެންދުރު 1-4 އަށެވެ. ކޭމްޕުތަކުގައި ވައިބަ (7310305) މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ކޮންމެ ކޭމްޕެއްގައި ބައިވެރިވާ ކުއްޖަކަށް ދައްކަން ޖެހޭނީ 1،000ރ. ގެ ފީ އެކެވެ.
ރޮބޯތިންކަކީ 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީ އަށް ކުޑަކުދިން އަހުލުވެރި ކުރުވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް މެދުވެރިކޮށް، މާލޭގައި ހުޅުވާފައިވާ ރޮބޯތިންކުގެ ޑިސްކަވަރީ ސެންޓަރުގައި ނާސާގެ އިންޖިނިއަރުންނަށް ވުމަށާއި ވީޑީއޯ ގޭމް ތައްޔާރުކުރުމަށް ކޯޑިން އިން ކުދިން ތަމްރީން ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮބަޓުން
21 March 2022
މިހާރުވެސް ދިވެހިކުދިން އުޅެނީ ރިބަޓްންހެން. ޓެސްޓެއްދީފިއްޔާ ފާހެއްނުވާނެ