ހުޅުމާލެ: އަހްމަދު ކްރިކް ރިޒާ ވަނީ އޭނާގެ ނަމުގައި ހުޅުމާލޭގައި އޮތް ބިމެއް 20 މިލިއަން ރުފިޔާ އަށް ވިއްކާލާފައި. -- ފޮޓޯ: މިހާރު
22 މާޗް 2022 - 09:35
ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ރިޝްވަތު ދިނުމުގެ މެދުވެރިއަކަށް ވުމާއި މަނީ ލޯންޑަރިންގެ ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާ (ކްރިކް ރިޒާ) ގެ ގޯއްޗަކާއި އެތަނުގައިވާ ނުއުފުލޭ ހުރިހާ މުދަލެއް 20 މިލިއަން ރުފިޔާ އަށް ވިއްކާލައިފި އެވެ.
މިިދިޔަ އަހަރު ޖޫން މަހު ހެދި އެއްބަސްވުމެއްގެ ދަށުން ވިއްކާލާފައި ވަނީ ހުޅުމާލޭގައި އޮތް 2،413.38 އަަފޫޓްގެ ބިމަކާއި އެ ގޯތީގައިވާ ނުއުފުލޭ މުދަލެވެ. މިތަން ވިއްކާލާފައި ވަނީ އައިމާ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުލްއަޒީޒަށެވެ.
މި ބިމުގެ މިލްކުވެރިކަން ބަދަލުކޮށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ގޯއްޗެއް ވިއްކުމުގައި ގާނޫނުން ލާޒިމްކުރާ ކަންކަން ފުރިހަމަވާތީ އާއި ދެ ފަރާތުން އެއްބަސްވި 20 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައި ވާތީ އެ ބިން އިބްރާހިމް އަބްދުލްއަޒީޒަށް މިލްކުވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.
ގާނޫނުގައި އޮންނަ ގޮތުން ނަމަ، ގޯއްޗެއް ވިއްކާލެވޭނީ އެ ގޯތީގެ މިލްކުވެރި ފަރާތުންނެވެ. އަދި ވިއްކުމުގެ މުއާމަލާތް ހިންގަން ޖެހޭނީ ޝަރީއަތް މެދުވެރިކޮށެވެ. ގޯތި ގަނެވޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިންގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވްއެއް ނުވަތަ ޖަމިއްޔާއަކަށެވެ. މީގެ އިތުރުން ގޯތި ވިއްކުމަށް އެދޭ މީހާ އަކީ ޝަރުއީ ގޮތުން ބަލަންޖެހޭ މީހުން ތިބި މީހަކު ނަމަ އެ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި ހުންނަން ވެސް ޖެހޭނެ އެވެ.
ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޔާމީންގެ މައްޗަށް ވެސް ރިޝްވަތު ގަބޫލުކުރުުމާއި މަނީ ލޯންޑަރިންގެ ދައުވާކުރެ އެވެ. އަދި މި ދައުވާތައް ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ވެސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
23 March 2022
މި ބުނީ މި ކްރިކް ރިޒާ ކޮންތާކުން ހޯދި ފައިސާ އަކުން ގަތް ބިމެއްހޭ އެއީ؟ އެއީ ފުރަތަމަ ބަލަން ޖެހޭނެ ކަމަކީ އެނގިއްޖެ! މި ފައިސާ ޖެހޭނީ މީނާގެ މައްްސަލަ ނިމެންދެން އޭނަ އަށް އަތްލެވުނަނުދީ ގަނޑުކޮށްފަ ބަހައްޓަން!
ޙިނި
22 March 2022
ދެން ކްރިކް ރިޒާގެ ސަލާން ޢެސަޓް ރިކަވަރީ ކޮމިޝަނާ ރައީސް އާ މަޖުލިހައް އަރުވާ ދެއްވާ
ކުޑަ ކަތީބު
22 March 2022
މިއީ ދިވެހިން މޮޔަ ހައްދައިގެން އެހެން މީހުން މަގުތަކަށް ނެރި ސިޔާސީ މަންފާ ހޯދާ މީހުންގެ މި ސާލަކީ، ޕީޕީއެމް ނިކަމެތި އަންހެންވެރިން މަގުތަކަށް ނިކުމެ ހައްގު ހޯދާ ވެރިކަން ހޯދީމަ ހުރިހާ ފޮންޏެއް ބޮނީ މި ކަހަލަ ފިނި ކޮޓަރީގަ ޜާއްޖެއިން ބޭރުގަ އުޅޭ މީހުން
އަބޫބަކުރުބެ
22 March 2022
މިކުރިކަކީ ބޭބެ ނުދަންނަކުއްޖެއް.
ލައްޗޭ
22 March 2022
މަޝްހޫރު ކުރިކީލަ ރިޒާގެ ދަރިއެއް. އައްބާސް އާދިލް ރިޒާގެ ބްރޯ. އެއީ މަށައްވެސް އެގޭވަރަކީ.
އަޖާބު
22 March 2022
ކޮބާތަ ތި ކްރިކު ރިޒާ؟ ތީ ކިހިނެއް ހުންނަ މީހެއްތަ؟
ރަދީފްއޮފިޝަލް
22 March 2022
ކްރިކް = ކުއިކް . ސްޕީޑީ ގޮންޒާލޭޒް.ހެހެހެހެހެހެހެ.
ފަތަރަންގީ
22 March 2022
ބަލާބަޔަކު ރަގަޅަށް ފާރަލައިގެން ބަލާ ތިފައިސާވެސް ގޮސް އަރާނީ ހަމަ އެބޮޑު އަތަށް ތީހަމަ ރައްޔިތުންގެ ފައިސާތައް
ސެލްސީ
22 March 2022
ލޯންޑަރިގް ހަމަ ކުރިޔަށް ދޭ އެބަ ދޯ...
ޙަމް
22 March 2022
ކުރިއށް ބާރަށް ކުރިއަށް
ރިކަވަރީ އައްސަދު / ފެންނުވަރާ
22 March 2022
މީގަ ލިޔަފަ އޮތް އެއްޗަކުން ކޮޅެއް މެދެއް ނޭގުނު
ދިއްދޫމީހާ
22 March 2022
ކޮޅެއް މެދެއް ނޭގޭނެ ކޮއިފުޅުމެން ތިބެނީ މިކަހަލަ ހަބަރެއް ޖަހާއިރަށް ލޭ މައްޗަށް ގޮސްފަ ވިއްޔާ، ފާގަ ދިޔައވެސް ނުގުޑާނެ..
ރޯދި
22 March 2022
ކުރިކް ރިޒާ 20 މިލިޔަން ރުފިޔާގެ އަގުހުރި ބިމެއް ގޯއްޗެއް ހޯދި ގޮތިތެއް ބަލަންޖެހެއެވެ. އަދި އޭނާގެ ބޮޑު މައްސަލައެއް ޝަރީއަތުގައި ހިނގަމުން ދަނިކޮށް އެފަދަ ބިމެއް ވިއްކާލެވިގެން ނުވާނެއެވެ. ސިވިލް ކޯޓްގެ ތި މުއާމަލާތް ބާޠިލް ކުރަންޖެހެއެވެ.
އަރުވާލި އާދަނު
22 March 2022
ކުރިކް ރިޒާ ތި ގޯތި ގަތް ގޮތް ބަލާނެ ބަޔަކު ނުތިބޭނެއެވެ. ކުރިކް ރިޒާ މަސައްކަތް ކުރީ އެސްޓީއޯ އާއި އެމްޓީސީސީގެ ޕްރޮކިއޯމަންޓް ޑިޕާރޓްމަންޓްގައެވެ. މި މަގާމުތައް ލިބުމުގެ ކުރިއަށް 20 މިލިއަން ރުފިޔާ ލިބޭ ވަރުގެ ވިޔަފާރި އެއް ކުރިކް ރިޒާ އާއި އޭނާގެ އާއިލާ އިން ވެސް ނުކުރެއެވެ. އެހެން ނަމަވެސް މި ދެ ކުންފުނީގެ ޕްރޮކިޔޯމަންޓްގެ ހެޑް ވަޒީފާ އާއި އެކު ކާރު ޑީލް ކުރުމުގެ ވިޔަފާރި އޭނާ ފެށިއެވެ. އަދި ހުޅުމާލެ އިން ގޯއްޗެއްވެސް ގަތެވެ.