ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ
26 މާޗް 2022 - 23:35
ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުންތަކަކީ ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އެއްގައުމުން އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމާއި، ރާއްޖޭގެ ހަޔަ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެވެ.
ފޮރިން މިނިސްޓްރީން ބުނީ ހެލްތު މިނިސްޓްރީ އާއި އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާއާ ދެމެދު ސޮއިކުރި ވެކްސިން ސެޓްފިކެޓާ ގުޅޭ އެއްބަސްވުމާ އެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ގިނަ ފަސޭހަތައް ލިބޭނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން ފެށީ ވެސް އިންޑިއާގެ އެހީގައި ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންގަ އެވެ.
އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރެއްވިއިރު އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮވިޑް ސޭފް ވެބްސައިޓް މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް ދެ ގައުމުގެ މެދުގައި ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ދެން ސޮއިކުރީ ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓަރާ (އެން.އައި.ސީ) ދެމެދު ސޮއިކުރި ޕިއަރިން އެގްރިމެންޓެއްގަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ އެ ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން-- ފޮޓޯ: ފޮރިން މިނިސްޓްރީ
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ހަޔަ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް އާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމުކުރައްވައިފަ އެވެ. އޭގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ޖައިޝަންކަރު ރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރެއް ކުރައްވަނީ ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކެށެވެ. އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ މި ދަތުރުގައި ހުޅުވަން ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޑު
27 March 2022
ފޮރިން މިނިސްޓަރގެ މަޤާމުގައި ޝާހިދަށް އަދިވެސް ހުރެވޭތޯ؟ މިވާހަކަ ދައްކާނެ ނޫހެއް މިޤައުމުގައި ނެތީތަ އަޅެ! ރަނގަޅަށްވިއްޔާ ދެތަނުން މުސާރަވެސް ނަގާނެ!
ރާއްޖެ
27 March 2022
މީހުން ބިނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރަން ދިވެހި ފުލުހުން އިންޑިއާގެ އެކަޑަމަކީއަކާ ސޮއި ކުރީ. މިވަރުން އެނގިއްޖެ ދެން ވާނެ ގޮތް. މިމީހުން ތަނެއް އަޅާފަ “ހަދިޔާ” ކުރިޔަސް މިދެނީ މޮހޮނަށް އޮޑިދިން ހެން.
ގުރޫސިންގު
27 March 2022
ސަރުދާރު ކޯނޗެކޭތަ އެއޮތީ، ކިޔަންވެސް ނޭނގުނު.
ނަންޚަރާބު
27 March 2022
އިންޑިޔާގެ މަތީ ތައުލީމަކީ އެއްވެސް ހާލެއްގައި ނަމޫނާއަކަށް ބަލައިގެން ވާނެ ފަދަ އެއްޗެއް ނޫނެވެ. އެއީ އެއްވެސް ފެންވަރެއް ހުންނަ ތައުލީމީ ނިޒާމެއް ގެންގުޅޭ ބައެއް ނޫން. އަޅުގަނޑަކީވެސް އިންޑިޔާގެ ނަން މަޝްހޫރު ޔުނިވާސިޓީއެއްގެ ޑިގްރީހެދި މީހެއް. ފައިނަލް އިމްތިހާނުގެ ކުރިން ސުވާލުތައް އެގޭ. އަދި އިމްތިހާނު ހޯލުގައި ގްރޫޕު މަސައްކަތެއް ގޮތަށް އިމްތިހާނު ހެދި ކުދިން އުޅޭ..
ކަންޚަރާބު
27 March 2022
ތިއީ ފަސޭހައިން ސެޓުފިކެޓު ހޯދަން ކުރިކަމެއް. މުޅި ދުނިޔެއަށް މަޝްހޫރު ޔުނިވަސިޓިތައް އެގައުމުގައި އެބަހުރި. އެގައުމުން ކިޔެވި އެތައްބަޔަކު ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކުގައި އެބަތިބި. ރާއްޖޭގެ އިސް މަގާމުތަކުގައިވެސް އެބަތިބި. އެގައުމަކީ ގައުމަށް ބޭނުންވާ ހުރިހާ އެއްޗެއް އަމިއްލައަށް އުފައްދާ ބައެއް. ހަސަދަވެރިވިޔަސް ތިއީ ބޮޑުވަރު.
ޢަލީޢަލީ
27 March 2022
ގޫގުލް، މައިކްރޯސޮފްޓް، އައިބީއެމް، އެޑޯބީ، މާސްޓަރކާޑް އަދި ދުނިޔޭގެ ބޮޑެތި ބައެއް އެހެން ކުންފުނިތައް ހިންގަންތިބި އިންޑިއާ މީހުންނަކީ އިންޑިއާއިން ތަޢުލީމު ހާސިލްކޮއްގެން ތިބިމީހުން. އެހެންވީމަ ބުނެވޭނީ ތިޔަބޭފުޅާ އިންޑިއާގެ ފެންފަރު ތަނަކަށްނޫނޭ ތިޔަދިޔައީ.
ހަސަން ރަސްގެފާނު
27 March 2022
މިކަންތައް ފެންނަނީ ވަރަައް ނުރައްކާތެރި ކަމެއް ގޮތަށް، ދިވެހި ފަރުދުންގެ ޒާތީ މަޢުލޫމާތު މިގޮތައް އެއްގައުމު އަނެއް ގައުމާއި ހިއްސާ ކުރެވިގެން ދިއުން ، ޙާއްސަކޮށް ހިންދީން ނާ، މި މީހުން މުސްލިމުން ނަށް ކުރަމުންދާ ލޯބި މިހާރުވެސް ޓްވިޓާ އެކައުންޓުތަކުން ފެންނަމުން އެދަނީ ކޮވިޑަކީ އާދައިގެ ރޯގާއަކަށް މިހާރުވެއްޖެ ދެންކޮށް ވެކުސިންގެ މަޢުލޫމާތެއްތޯ ހިއްސާކުރަންވީ ؟
ކަލްމީ
27 March 2022
ކޮށްގެންވެސް ޝާހިދު އަދި އެނޫންވެސް ރާއްޖޭގަ ތިބި އަމިއްލަ އެދުން ބޮޑު މީހުންގެ ހިތް ފުރޭތޯބަލާތި! ޖީބު ފުރޭތޯ ބަލާތި! ބޯހަލާކު! ފޮރިންމިނިސްޓްރީގަ ތި ކިޔަވައިގެން ތިބި މީހުންގެ ސިކުނޑި ކޮބާތަ؟
އަސްރަފް
27 March 2022
ތިއޮތީ ދެން ބޮޑު ކަމެއް ކުރެވިފަ. ހަހަ. ދެންވެސް ހަމަ ދިވެހިން ތިބެންވީ އަތް ޖަހަންތަ
ހޮޓްކިންގ
27 March 2022
ފޮރިންމިނިސްޓރު އައިސްގެން ތިޔަސޮއިކޮށްލީ ވަރުގަދަ 2 އެއްބަސްވުމެއްގަ. ތީ ތަރައްގީއާއި ކުރިއެރުމުގެ ވަރުގަދަ އެއްބަސްވުންތަކެއް. ހީހީ ހަލާކު
ކައުންސެލަރު
27 March 2022
އިންޑިޔާ ނޫންގޮތެއް ދިވެހިން ވެއްޖެ ހޯދަން. އިންޑިޔާއައުޓު
ޗާންސެލަރ
27 March 2022
ކަލޭ ހޯދަބަލަ އެނޫން ގޮތެއް. އެގައުމުން ގެންނަ އެއްޗެހި ނުކައި ޑޮކްޓަރުން ލައްވައި ބޭސްނުކޮށް ޓީޗަރުންގެ ފަރާތުން ނުކިޔަވައި ހެދުން ނުގަނެ ސީރީސް ނުބަލައި ޗުއްޓީއަށް ނުދޭ.
ހަސަނު.
27 March 2022
އެނޫންގޮތެއް އަހަރުމެން އައްޑޫ މީހުން ހޯދީމަ ކަލޭމެން މާލޭ މީހުނަކަށް ކަމަކު ނުދިޔަ. މިހާރު ކަލޭމެން ހޯދި ބައެއް އިންޑިޔާ މީހުންނަކީ. ދެން ކަލޭމެން ތިކަމުން ސަލާމަތްވޭތޯ ބަލާ.
ކާޑު
27 March 2022
ވެކްސިން ކާޑު؟ އެއީ ކީއްކުރާ، ކޮންކަމެއް ފުދޭ އެއްޗެއް؟ މި ދޭތެރެއިން ކޮވިޑް ނަންބަރުތައް އުޑުގަ ޖެހުނުއިރުވެސް ކުޑަމިނުން ގައުމީ އެއަރލައިނުން ބުކިންގސް އެއްޗެހި ހައްދާއިރުވެސް އަހާނުލަ ތިޔަ ކާޑެއްގެ ވާހަކަ.