ތ. ފުނައްޑޫ: ސަރުކާރުން ވަނީ އެ ރަށް މިފްކޯ އަށް ގަނެފައި --
30 މާޗް 2022 - 12:47
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނެއް ނުދައްކައިގެން ވިއްކާލަން ނިންމި ތ. ފުނައްޑޫ، މިފްކޯ އަށް ގަނެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް އެ މުއާމަލާތުގެ އަގެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މަސްވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ފުނައްޑޫގައި މަސްގަނެ އެކްސްޕޯޓް ކުރަން ތަރައްގީ ކުރަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2004 ވަނަ އަހަރު އެވެ.
އޭގެ ފަހުން މަސްގަނެ ޕްރޮސެސް ކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ އެތައް އަހަރެއް ވެފައިވާ ފުނައްޑުއާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ބެލުމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، މިފްކޯ އަށް ފުނައްޑޫ ހިންގިދާނެތޯ ބަލަން ފީޒިބިލިޓީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ރައީސް އޮފީހުން އެންގި ކަމަށެވެ.
އެ މަސައްކަތާ ގުޅޭ ފީޒިބިލިޓީ ސްޓަޑީއާ މެދު މިދިޔަ އަހަރުގެ ޑިސެމްބަރު 15 އާއި 27 ގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ އަށް ފަހު ނިންމީ ބީއެމްއެލުން ވިއްކުމުގެ މަރުހަލާގައިވާ ފުނައްޑޫ ކާރުހާނާ ސަރުކާރުގެ ފަރާތުން މިފްކޯ އަށް ގަތުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ބީއެމްއެލާއި މިފްކޯއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ފުނައްޑޫ ކާރުހާނާ އާއި މަސް ވިއްކުމާ ބެހޭ އެންމެހައި ކަންކަން މިފްކޯ އަށް ވަނީ ގަނެފަ އެވެ. އެ ރަށުގައި ހުރި ހުރިހާ މުދަލެއް މިފްކޯ އަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވި އެވެ.
"...ފުނައްޑޫއާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުމަކީ އެ ރަށުގައި ގާއިމް ކޮށްފައިވާ މަސް ފެސިލިޓީ އިތުރަށް ތަރައްގީކޮށް، ބަނދަރު ވެސް އިތުރަށް ތަރައްގީކޮށް، ހިންގާ ކާރުހާނާގެ ސަބަބުން ފަސޭހަކަމާއި ތަނަވަސްކަމާއި ނަފާ ލިބިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އމމމމމމމމ
07 April 2022
ބަލަ ސަރުކާރު ކުންފުނިތަކުް ނުޖެހޭތޯ ގަންނަހުރިހާއެއްޗެއްގެ އަގުތައް އާންމުކުރަން؟
ބޭހުށީ
31 March 2022
އަހަރެމެން އެއްގޮތަކަށްވެސް އެދޭކަމެއްނޫން އެހެން އަތޮޅުތަކުގެ ރަށްރަށުގެ ނަންހަދާއިރު ނަމުގެ ފަހަތަށް އައްޑޫ ލުމަކީ. ފުނައްޑޫގެ ބަދަލުގަ ފުނަމާލެ ނޫނީ ފުނަހުޅުމާލެ ކިޔާބަލަ. ބޯހަލާކު.
ބޮޑުމީހާ
31 March 2022
ފެލިވަރު އަދި ކޫއްޑޫ ރަގަޅަށް ނުހިންގިގެން މިއުޅެނީ
ޝަފީރު
30 March 2022
ތިތަނުގެ އަގު ހާމަކޮށްފިނަމަ ޤައުމީ މަސްލަހަތަށް ނުރައްކާ ވަރަށް ބޮޑުވާނެ. އެހެންވެ އެކަން ހާމަ ނުކުރީ. މެމްބަރުކަން ލިބުމަކީވވެސް ޤައުމީ ސަލާމަތަށް ނުރައްކާ ނުވާނެކަމަކަށް ނުވިސްނާތި
އޮނަރަބްލް އަފީފު ދީދީ
30 March 2022
ކ.އަތޮޅު މާލޭގެ މެންބަރަކަށްވީމަތޯ އޭނާއަށް ތިޔަ ނަސީބު ލައްވާލީ؟! އެހެން ކަމަށް ވާނަމަ ހަމަ ތިއަތޮޅު (ކ.އަތޮޅު) ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބުދުﷲ ޖާބިރުގެ ދަރަންޏާއިވެސް ސަރުކާރުން ޙަވާލުވެ އެ ދަރަނިތައް ޙަލާސްކޮށްދޭންވީ ނޫންތޯ. # ތެދެއް. ސޯލިޙްގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން ހިންގަމުންދާ ވެރިކަމުގައި ޔާމީން ގެންގުޅުނުވަދަ "އޭޓީއެމް" ނައިބް ރައީސަކު ނެތްކަމުގައި ވިޔަސް ހަދަނީ ހަމަ އެކައްޗެއް. ތަފާތަކީ އެމްއެމްޕީއާރސީ ނެތްކަން.
އަންކަލޯ
30 March 2022
މިހާރު ނޫހުން ފުނާއްޑު ފަރަށް އަރާފައިވާ ޓަގާއި ބޯޑު ހިލަ ބާޖުގެ ތަފްސީލީ ހަބަރެއް ލިޔެލަބަލާ، އީޕީއޭ އަކަށްވެސް ނޭންގެ ދޯ ކަމެއް ވެފަ އޮތްކަމެއް، 2016 އަހަރުން ފެށިގެން ފަރުމަތީގަ އެ ދެ އަޅަނދު އެ އޮތީ، ގޫގްލްއިން ޒޫމް ކޮށްލާފަ ބަލާލަބަލަ ތ.ފުނާއްޑު.
އުދުހޭ
30 March 2022
ދުރުންވެސް ކައިރިންވެސް ގޮސް މެންބަރުންނާ ގުޅޭލެއް މަދެއްނޫން. ސަރުކާރުން ފިޔަވާ އިތުރު ބަޔަކު ގަންނަން ކުރިމަތިލީބާ؟ އަޅުގަނޑު ހިތަށްއަރާ އެރަށް ގަންނާނެ ބަޔަކު ނުވީމާ ބޮޑު އަގެއްގައި ސަރުކާރުން ގަނެ މެންބަރުންނަށް ފައިސާކޮޅެއް ލިބޭގޮތް ހަދައިދިނިއްޔޭ.