30 މާޗް 2022 - 17:15
ރަޝިޔާގެ "ރަހްމަތްތެރި ނޫން" ގައުމުތަކުން ރަޝިޔާގެ ގޭސް ގަންނަ ނަމަ، ރަޝިޔާގެ ފައިސާ ރުބެލް އިން އަގު ދެއްކުމަށް އެ ގައުމުން ނިންމި ނިންމުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ، ގޭސް ނުލިބޭނެ ކަމަށް ރަޝިޔާ އިން ބުނުމުން، ވިލާތުގެ ގައުމުތަކުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.
އެ ގޮތުން ޖަރުމަން ވިލާތުގައި މިއަދު ވަނީ، ގުދުރަތީ ގޭސް ލިބުން ދަތިވެދާނެ ކަމަށް ލަފާކޮށް، އާންމު ރައްޔިތުން ދުރާލައި އެކަމަށް ތައްޔާރުވެގެން ތިބުމަށް އާންމުކޮށް އަންގައިފަ އެވެ. ރުބެލް އިން އަގު ދައްކަން އެއްބަސްނުވާ ގައުމުތަކަށް ގުދުރަތީ ގޭސް ނުދޭނެ ކަމަށް ރަޝިޔާ އިން އިންޒާރުކުރީ އިއްޔެ އެވެ.
މި އިންޒާރާ ގުޅިގެން ޖަރުމަން ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް ވިދާޅުވީ ޖަރުމަންގެ އިންޒާރަކީ ކަންބޮޑުވާންޖެހޭ އިންޒާރެއް ކަމަށާއި ނަމަވެސް ރަޝިޔާގެ އެ އިންޒާރު އަދި އޮތީ އެއިން ސަލާމަތްވެވޭނެ މަރުހަލާގައި ކަމަށެވެ. އެހެންކަމުން ޖަރުމަނަށް ގޭސް އެތެރެކުރުމުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގޭސް ލިބުން ދަތިވެދާނެ ކަމަށް ލަފާކުރި ނަމަވެސް، ގޭސް ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް އަދި އިއުލާނެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، ގޭހުގެ ވިޔަފާރި ކުރާ ކުންފުނިތަކަށާއި ގޭސް ބޭނުންކުރާ ފަރާތްތައް އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް ގޮވައިލެއްވީ، ގޭސް ބޭނުންކުރުމުގައި މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ކުރުމަށް ސަމާލުކަން ދިނުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަރުމަން ވިލާތުގައި ގޭސް ރައްކާކުރާ ތާނގީތަކުގައި މިހާރު ގޭސް ހުރީ ގާތްގަނޑަކަށް 25 ޕަސެންޓުގަ އެވެ. ޖަރުމަން ވިލާތުގައި ބޭނުންކުރާ ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 75 ޕަސެންޓަކީ ރަޝިޔާ އިން އިމްޕޯޓްކުރާ ގޭހެވެ. އެހެންކަމުން ރަޝިޔާ އިން ޖަރުމަނަށް ގޭސް ފޮނުވުން ހުއްޓާލައިފި ނަމަ، ޖަރުމަން ވިލާތަށް ވަރަށް ބޮޑަށް ދަތިވާނެ އެވެ.
ރަޝިޔާ އިން ވިއްކާ ތެލަށް ވިލާތުގެ ގައުމުތަކުން އަގު ދައްކަންޖެހޭނީ ރުބެލް އިން ކަމަށް ކަނޑައެޅުމުން، ވިލާތުގެ އިއްތިހާދުން ބުނެފައިވަނީ އެއީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އެކަމަށް ރައްދު ދެމުން ރަޝިޔާ އިން އިއްޔެ ބުނެފައިވަނީ، އެ ގައުމުގެ ނިންމުމާ އެއްގޮތަށް ފައިސާ ދައްކަން އެއްބަސްނުވާ ނަމަ، ވިލާތުގެ ގައުމުތަކަށް ރަޝިޔާ އިން ހިލޭ ގޭސް ނުފޮނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
31 March 2022
ދުނިޔޭގެ އެއްވެސް ބަޔަކު ކުރިއަރަން އެމެރިކާ ބޭނުމެއްނުވޭ. ޔޫރަޕް ޔުނިއަނެއްގެ ގޮތުގައި ކުރިއަރާފައިވާތީ އެކަމާ ކަންބޮޑުވޭ. ޗައިނާ ކުރިއަރާތީ ކަންބޮޑުވޭ. އިންޑިއާ ބަސްނައަހާތީ އަދަބުދޭން ނިންމައިފި. ބޮލެއްހުރި މީހެއްވެއްޖެއްޔާ ވިސްނޭވަރުވޭ. އެމެރިކާ އެދެނީ ދުނިޔޭގެ އެންމެން އެމެރިކާއަށް އަޅުވެތިވުން. އެދުވަސް މިހާރު މާޒީވެހިނގައްޖެ. ދެން ބަސްނައަހާމީހުންގިނަވާނެ. ދުނިޔޭގެ ގައުމުތަކުގެ 74 % އެމެރިކާއަށް ނޫނެކޭބުނެފި. ޔޫރަޕުންވެސް ނޫނެކޭ އެބަބުނޭ.
ކޮރަލް
30 March 2022
މިހުރިހާ ކަމެއް ރާވާ ހިންގީ އެމެރިކާ އިންނެވެ. އެމީހުން ދުރުގަ އެހުރީ ކުޅި ބަލާށެވެ. ޔުކްރޭން އަށް ސިފައިން ނުފޮނުވަ އެވެ. ޔޫރަޕް އަށް ގޭސް ވެސް ނުފޮނުވަ އެވެ. އެކަމު ހަނގުރާމައިގެ ކުރީން ހިތް ވަރުދީ އެތައް ވާހަކަ އެއް ދެއްކި އެވެ.
މުދިންބެ.
30 March 2022
ދެންވެސް ތިއަ ނުބައިވެގެންވާ އެމެރިކާ ދޫކޮށްލާފަ އިރާނާ ރަސިއާ އާއި ގުޅިގެން އުޅެންފަށާބަލަ. އޭރުން ކަލޭމެން މާ ތަނަވަސްވާނެ. ދުނިޔެއަށް ހަމަޖެހުން ލިބޭނެ.
ސަލީމު އިދުރީސް
31 March 2022
ބަލަ ބުއްބެޔައް ނޭގޭދޯ ޔޫރަފުމީހުން އެމެރިކާގަ ވަޒަންވެރިވެ އެމެރިކާ ވޫޖޫދައް އައުމުގެ ކުރިންވެސް އަރަބި ބައްރުގަ އަބަދު ހަނގުރާމަ ކުރާކަމެއް! އެއްއިރެއްގަ މޮންގޯލުން ދުނީއޭގަ ހަނގުރާމަކޮއް ދުނިއައް ބާރުފޯރުވީ! އަދި އޭގެ ކުރިޔައް ބާލާ، ހާލިބުނި ވަލީދުފަދަ ފަހުލާނުން ތަންނައް ފޮނުވައިގެން ހަނގުރާމަ ކުރި ވާކައަކީ މައްސޫރު ވާހަކަ ތަކެއް! އެއިރުވެސް ހަނގުރާމަ ކުރާ ބޭނުމާ މިހާރު ހަނގުރާ ކުރާ ބޭނުމާ ތަފާތެއްނެއް
ނުރަބޯ
30 March 2022
ތިޔައީ ހަމަ އެމެރިކާ ކަލޭމެންނަށް ދިން ކެއްސެއް. މީގެކުރިން އެމެރިކާ ބުނެގެން އީރާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބުނު ގެއްލުން އަދި ތިޔައުޅެނީ ފޫ ނުބެދިގެން……!
ޒިމް1
30 March 2022
އަދި މީގެ މަޖާކަމަކީ އެމެރިކާ މީހުންލައްވާ އިރާންގެ ތެޔޮ އަގުހެޔޮކޮށް ގަނުވާގެން އެމެރިކާއިން ބޭނުންކުރޭ... އެނުވޭ މައްސަލައަކަށް.. އެހެން ޤައުމަކުން އިރާން ތެޔޮ ގަނެފިކަން އެނގިއްޖިއްޔާ ފިޔަވަޅު އަޅާނެ.. ހެހެހެ