ލަންކާގެ ވެރިރަށް ކޮލަމްބޯގައި ރޭ ކަރަންޓް ކަނޑާފައިވާ ވަގުތެއްގައި ގެއެއްގައި އަންހެނަކު އުއްބައްތި ބޭނުންކުރަނީ. --ފޮޓޯ:އޭއެފްޕީ
31 މާޗް 2022 - 12:04
ކޮލަމްބޯ (މާޗް 31) - ސްރީ ލަންކާގެ އިގްތިސާދު އިނދަޖެހި، ބޭރުން ތެޔޮ ގަންނަން ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން މިއަދުން ފެށިގެން ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަން ނިންމައިފި އެވެ.
މީގެ އިތުރުން ފުރާނަ ސަލާމަތްކުރަން ކޮންމެހެން ބޭނުންވާ އަސާސީ ބޭސްތައް ހުސްވަމުންދާތީ ބައެއް ހޮސްޕިޓަލްތަކުން ވަނީ އޮޕަރޭޝަންތައް ކުރުން ވެސް ހުއްޓާލައިފަ އެވެ.
މިއީ 1949 ވަނަ އަހަރު ސްރީ ލަންކާ މިނިވަންވީ ފަހުން އެ ގައުމުގެ 22 މިލިއަން މީހުން ތަޖްރިބާކުރަމުންދާ އިގްތިސާދީ އެންމެ ހިތްދަތި ދުވަސްވަރެވެ.
ލަންކާ ސަރުކާރުގެ ކަރަންޓް ކުންފުނިން ބުނީ ދުވާލަކު 10 ގަޑިއިރަށް އިއްޔެ ކަރަންޓް ކެނޑި ނަމަވެސް މިއަދުން ފެށިގެން ތިން ގަޑިއިރު އިތުރުކޮށް، ކޮންމެ ދުވަހަކު ވެސް މުޅި ގައުމުގައި 13 ގަޑިއިރަށް ކަރަންޓް ކަނޑާނެ ކަމަށެވެ. މި މަސް ފެށުނު އިރު ވެސް ލަންކާގައި ކަރަންޓް ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އޭރު ދުވާލަކު ހަތްގަޑިއިރަށް ކަރަންޓް ކަނޑަ އެވެ.
ސަރުކާރުގެ ކުންފުނިން ބުނީ ކަރަންޓް ކަނޑާ ވަގުތު އިތުރު ކުރަން ޖެހުނީ ޖަނެރޭޓްތައް ހިންގާނެ ތެޔޮ ނުލިބިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގޯށި
01 April 2022
ލަންކާ އަކީ ދިވެހިންގެ ސެކެންޑް ހޯމް އިރާދަ ކުރެއްވިއްޔާ އެގައުމަށް ހަމަޖެހުން އައިސް އުފާވެރިކަން އަންނާނެ.
ފުދިއްޖެ.
31 March 2022
ހާދަ ބޮޑަކަށް މިސްމެނޭޖުވީމައޭ މިހިސާބަށްދާނީ، ރަގަޅު މީހުން ވެރިން ބޮލަށް ނާރާކަން. ވަރަށް ދެރަ.
ގައުމަށް އައި މިނިވަން ނޫރާނީ .....
31 March 2022
މިމީހުން ކޮވިޑުފެތުރުނުއިރު މާއަވަހީ ގައުމު ބަންދުކޮށްލިލެއްވެސް. ރާއްޖެ ބަންދުކުރީ ފުލައިޓު އެކޮޅުން މިކޮޅަށް ނާންނާތީ. އިބޫ ހަމަ ބޯބޮޑީ. އެއީ އިގްތިސޯދީ މާހިރެއް.
ޟާނާ
31 March 2022
ޅަންކާ އަށް ދިމާވެގެން މިއުޅޭ ކަމަކީ އެ ޤައުމުގެ ބުޑިސްޓުންގެ ފަރާތުން ޤައުމުގެ މުސްލިމުންނަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ އަނިޔާ ތަކާ ހެދި އެއްކައުވަންތަ ކަލާންގެ ހަޟްރަތުން އެ ޤައުމަށް ބާވައިލެއްވި ކޯފާ އެއް ކަމަށް ސްރީލަންކާގެ މުސްލިމުން ޤަބޫލު ކުރެއެވެ.
ސަލީމު އިދުރީސް
31 March 2022
އެއީ ލެއްވިކޯފާ އެއްކަން ބުނަން އެނގޭއިރު އެކަން ފިލައިގެން ދާނެދުވަހެއް ބުނަން އެނގޭބާ؟ އެނގޭ ކަމަކީ އާބާދީގެ ބޮބައި ސިންގަޅަ ކޮރަފުސަނުން ފުރިފަވާ ގައުމެއްގަ ތިކަމުން އެންމެބޮޑު ތަކުލީފު ލިބޭނީ މުސްލިމުނައްކަން! އެހެންވެތާ ލަންކާ މުސްލިމުންވެސް ކިތެމެ ބޮޑު ގުރުބާނެއް ވެގެންވެސް ހުޅަނގު ޔޫރަފައް ހިޖުރަކުރެވޭތޯ ބަލަނީ!
ރަދީފްއޮފިޝަލް
31 March 2022
ރާއްޖެއާއި އެންމެ އަވައްޓެރި ގައުމާއި ގުޅޭގޮތުން ނޫސްތަކުން ފެންނަނީ ހިތްދަތި ވާހަކަތަކެއް.ނަމަވެސް އަދިވެސް އެގައުމުގެ ވެރިން މަސައްކަތްކުރަންވީ ވަކި ކަހަލަ ޓެކްސްޓް ފޮތްތައް ސްކޫލްތަކުގަ މަނާކޮށް ތާކިހާ އަދި ބުރުގާ ފަހަތުން ދުވެވޭތޯ.ހާމުދުރުން ވެސް މިކަންކަން ކުރަން ބާރުއަޅަންވީ.ލަދު ކޮބާ؟/ އުއްމީދަކީ ލަންކާ ސްޓޭބަލްވެ ރައްޔަތުންނަށް އުފާވެރިދުވަސްތަކެއް ލިބުން. ވ.ވެދުން #ސްރީލަންކާއޮންބްރިންކްއޮފްކޮލޭޕްސް