ޚަބަރު / ހެލްތު މިނިސްޓްރީ

ސިއްހީ ގޮތުން ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް އާ ގޮތްތަކަށް އުޅެންޖެހޭ: ނައިބު ރައީސް

ސިއްހަތު ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ގޮތުން ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް އާ ގޮތްތަކަކާއެކު ހެލިފެލިވެ އުޅުމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ އިލްތިމާސް ކުރައްވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ކޮވިޑް ބަލި ފެތުރުމުން އާއްމުން އޭރު ދިރިއުޅުނީ ކަމާބެހޭ އިދާރާތަކުން ދިން އިރުޝާދާ އެއްގޮތަށް އާއިލާ އާއި ރައްޓެހިންނާ ބައްދަލުނުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން ވެސް ސަލާމަތްވުމަށް އާ ގޮތްތަކަށް އުޅެންޖެހޭ ކަމަށް އެ ފައިސަލް ވިދާޅުވި އެވެ.

"ފަހަރެއްގައި އެ ކަންތައް ކުރުމަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. ގިނަ ދުވަސްތަކަށް ކުރަމުން އަންނަ ކަމެއް ބަދަލު ކޮށްލުމަކީ އިންސާނުންނަށް ތަންކޮޅެއް އުނދަގޫ ކަމަކަށް ބައެއް ފަހަރުވޭ. ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ މި ކަމަށް ވިސްނަން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހާލަތު ބަދަލުކުރުމަށް ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ. ހެލިފެލިވެ އުޅުން އިތުރުކުރަން ޖެހޭ ކަމަށާއި ކުދިކުދި ރަށްރަށުގައި އަބަދު އެއް ތަނުން އަނެއް ދިއުމަށް އުޅަނދު ބޭނުންކުރާހާ ދުރު ހިސާބެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމުގެ މިސާލެއްގެ ގޮތުން އެ މަނިކުފާނު ދެއްކެވީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެކެވެ.

"ފައި މަގުގައި ކޮންމެ ވެސް ވަރަކަށް އުޅެ، ޖެހިގެން ހުންނަ ގެއަށް ނުވަތަ އޮފީހަށް ދިއުން އެއީ އާދައަކަށް ނުހެދެންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން ބޮޑު ވެގެން އައި އިރު ފެނުނީ ބައިސިކަލް. އަޅުގަނޑުމެން ދުއްވީ ބައިސިކަލް. ގަޑި ނުޖެހެ، ސްކޫލަށް ވެސް ގަޑިއަށް ދަނީ ބައިސިކަލުގައި. އޮފީހަށް ވެސް އަޅުގަނޑުމެން ދަނީ ބައިސިކަލުގައި،" ފައިސަލް ވިދާޅުވި އެވެ.

"ދުނިޔޭގައި އެންމެ ތަރައްގީ ވެފައިވާ އަދި އެންމެ ތަހުޒީބު ވެފައިވާ ގައުމުތަކަށް ގޮސްފި ކަމުގައިވާ ނަމަ ވެސް ފެންނަނީ މަޑުން ވިޔަސް ބާރަށް ވިޔަސް އޮފީހަށް ވެސް ސްކޫލަށް ވެސް ހަފުލާއަށް ވެސް ވަރަށް ނަލަކޮށް ބައިސިކަލުގައި ދާ މަންޒަރު."

ނައިބު ރައީސް ވަނީ ރަށްރަށުގެ މީހުންގެ ކިބައިގައި އެ އާދަ އަށަގަތުމަށް އިތުރު މަސައްކަތް ކުރަން ކައުންސިލްތަކަށް ގޮވާލައްވައިފަ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ ހަމައެކަނި ވާހަކައަކުން އަދި ޑޮކްޓަރު ދޭ އިރުޝާދަކުން ހައްލެއް ނާންނާނެ ކަމަށާއި ހަމައެކަނި އޮތް ގޮތަކީ އެކަމުން އަރައިގަތުމަށް ރަނގަޅަށް މަސައްކަތް ކުރުން ކަމަށެވެ.

ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަވަ ޕްލެނެޓު- އަވަ ހެލްތު" އެވެ.

ފައި މަގުގައި ކޮންމެ ވެސް ވަރަކަށް އުޅެ، ޖެހިގެން ހުންނަ ގެއަށް ނުވަތަ އޮފީހަށް ދިއުން އެއީ އާދައަކަށް ނުހެދެންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން ބޮޑު ވެގެން އައި އިރު ފެނުނީ ބައިސްކަލް. އަޅުގަނޑުމެން ދުއްވީ ބައިސްކަލް. ގަޑި ނުޖެހެ، ސްކޫލަށް ވެސް ގަޑިއަށް ދަނީ ބައިސްކަލުގައި. އޮފީހަށް ވެސް އަޅުގަނޑުމެން ދަނީ ބައިސްކަލުގައި.-- އެ މަނިކުފާނު ވިދާޅުވި.

ނައިބު ރައީސް ވިދާޅުވީ މީގެ ކުރިން ނުދައްކާ ވަރަށް ތިމާވެށީގެ ކަންކަމާ ގުޅޭ ވާހަކަ މިހާރު ދައްކަމުން އަންނަ ކަމަށެވެ.

މި ޕްލެނަޓާއި ތިމާވެއްޓަކީ އެތައް އަހަރަކުން މި ޖީލަށް ވާސިލްވެފައިވާ ތަނަކަށް ވިޔަސް މިހާރު ފެންނަނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަމިއްލަ އަމަލުތަކުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާ ތަނެވެ. ކަނޑާ، ފަޅު ތަންތަން ހަލާކުވުމާއި ވައި ނުސާފުވުމާއި އުކާލާ ކުނިތަކުގެ ސަބަބުން މަސްމަހާ މެއްސަށް ގެއްލުންތައް ލިބެމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ ސިއްހަތާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކުރެވިގެން ކަމަށާއި އެކަން ކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުލޯބަލިސްޓް ރެޕްޓައިލް އެޖެންޑާ

10 April 2022

ދެން އޮތީ ކުލައިމެޓް ލޮކްޑައުން.. ގައުމު ގެ ރައޔިތުން ހަނާ ވާނޭ،، ބަލަން ތިބޭ

The name is already taken The name is available. Register?

ާއުނިމާ

09 April 2022

ފުރަތަމަ އަހަރެމެންނަށް ފަސޭހައިން ޑޮކްޓަރށް ދެއްކޭނެ ގޮތް ހަދާދީ ބޭކާރު ވާހަކަ ނުދައްކައި

The name is already taken The name is available. Register?

އަހްމަދ

09 April 2022

ހިލާލީގެ އިން ރައީސް އޮފީހާހަމައަށް ހިނގާލާފާދާން 5 މިނިޓްވެސް ނުވާނެ. ދެން ކީއްވެތޯ އެތަނަށްދާން ވަށައިގެން ފުލުހުންނާ ސިފައިންލައިގެން އެތެރެނުފެންނަ ކާރެއްގައި ތިޔަދަނީ. މަވެސް ތިޔަކަހަލަ ޕޯޑިއަމަކަށް އެރިއްޖިއްޔާ ވަރަށްމޮޅުވާހަކަދައްކާނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454