މިފްކޯ އިން ބުނީ ދޯންޏަކުން ހަތް ޓަނު ކިރައިގެން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށް
ދޯނިތަކެއް މަސް ކިރުވަން ކޫއްޑޫއަށް ބަނދަރުކޮށްފައި-- ފޮޓޯ: ފަރެސްމާތޮޑާ މަސްވެރިން/ ފޭސްބުކް
16 އެޕްރީލް 2022 - 14:32
މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.
މިއީ މަސް ކިރުމުގައި ދެ ހަފުތާ ތެރޭ މިފްކޯއިން ލިމިޓް ކަނޑައެޅި ދެވަނަ ފަހަރެވެ. ކުރިން އެ ކުންފުނިން ލިމިޓެއްް ގޮތުގައި ކަނޑައެޅީ ދޯންޏަކަށް ފަސް ޓަނެވެ. އެކަމާ މަސްވެރިން ވަނީ ނުރުހުން ފާޅުކޮށް ކޫއްޑޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
މަސްވެރިންގެ މުޒާހަރާއާ ގުޅިގެން މިފްކޯއިން ލިމިޓު އުވާލައި އެ ދުވަހެއްގެ ލިމިޓު ހަމަވަންދެން ދޯނިތަކުން ހުރިހާ މަހެއް ކިރަން ނިންމައި މިއަދުގެ ނިޔަލަށް ކިޔޫގައި ތިބި ދޯނިތަކެއްގެ ހުރިހާ މަހެއް ވަނީ ކިރައިފަ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް އަދިވެސް މަސް ކިރުވާ ކަމަށެވެ. އެހެންވެ، މަސް ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ އާއި އެހެން ދަތިތައް ހައްލު ކުރުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނި ގޮތުގައި މަސް ބާނާ އަދަދު މި ދުވަސްވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެހެންވެ ދޯންޏަކުން ހަތް ޓަނު ކިރައިގެން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށް ބުންޏެވެ.
މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުނީގެ ޖަޒީރާ-102 ކޫއްޑު އަށް ވަނީ ފޮނުވައިފަ އެވެ. އެއީ 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއ އުކުޅަސް
17 April 2022
ދޯންޏަކުން އެންމެ މަހެެއް ކިރިޔަސް ތިޔަމަސްވެރިން ސިޔާސީ މީހުންގެ ކަރުގަ މާފަތި އަޅުވައިގެން އަތްޖަހާފަ ދުއްވާދޭނެ ....2023 މިއޮއް އަންނަނީ މިދުވަސް ހަނދާނެއް ނުހުންނާނެ
ބަބޫ
17 April 2022
އަޅެ މިވަރުވާއިރުވެސް މިއުޅޭ ގަމާރު މަސްވެރިން ހަމަ މި ބައިގަނޑަށް ވޯޓުދޭނެ މިމީހުން ދައްކާހާ ހުވަފެނަކަށް ހެއްލިތިބޭ. ދިވެހި ތާރީކުން ބަލާއިރުވެސް ދިވެހިންނަކީ މޮޔަބައެއް. އަދިވެސް ތަރައްގީ ނުވޭ
ޗެޑިއުލް
17 April 2022
ހުރިހާ މަސްވެރިންނައް މަސްކިރާނެ ޝެޑިއުލްއެއްދީ. އޭގައޮންނަ ދުވަހަކު އެދޯނިންބާނާ ހުރިހާމަހެއް ކިރުވެންވާނެ. އޭރުން މަސްވެރިންމަހައް ނިކުންނާނީ މަސްކިރުވޭނެ ދުވަސްދުވަހު އަދި މަސްތައް އުކާލަންނުޖެހި، ތެޔޮބޭކާރުނުވެ ވަގުތުވެސް ބޭކާރުނުވެ ފަރުޖެއްސޭނެ.
ބޭބެއަށް
17 April 2022
މަހަކީ ހިތަށްއެރި ދުވަހަކު ނިކުމެގެން ބޭނުންވަރަކަށް ބޭނޭ އެއްޗެއްތަ؟
ބަރުތީލަ
17 April 2022
ބާނާ ހުރިހާ މަހެއް ކިރާނަމޭ ސޯލިހް ބުނިތާ އަދި މިވީ ދެދުވަސް .
ގޯތިއާދަނު
17 April 2022
މިހެއްގެ ވާހަކަ ދައްކާނެ ކަމެއްނެތް މަހަށް ހަމަ އަގު ހޯދައެއް ނުދެވުނު ކަމުގެ ޒިންމާ ނަގަން ޖެހޭނީ ބުރޯ ވަޒީރާ ސޯލިހް
ބަރުތީލަ
17 April 2022
މަސްކުންފުނިން ކޮންމެ ސަރުކާރަކުން ވެސް އަތްދޫކޮށް ނުލެވިގެން އުޅޭ ސަބަބު ރައްޔިތުމީހާއަާް މިހާރު ވަރަށް ސާފު. މަސްކުންފުނި ހިލައިގެން މުއްސަންދިވީމީހުންގެ ލިސްޓް ވަރަށް ދިގު
އަލިފުޅު1111
17 April 2022
ދޮގު ހަދައިގެން ވެރިކަމަށް އަންނަ މީހުނަށް ވޯޓަކުން އެނކަން ދައްކާކަށް މަސްވެރިންނަކަށް ނުކެރޭ. ދެންވެސް ވާނީއެވަރު. މާލޭގަ އަޅާފައޮތް ބުރިޖުން 5އަހަރުވެއްޖެ މިލިޔަނުން ދަތުރުކުރާތާ. ބައިރުފިޔާއެއްވެސް މި ނާޤާބިލް ސަރުކާރަކުން ނުނަގާ. ދެންފައިސާ ދައްކަންވީ ހުރިހާ ރައްޔިތުންގެ ލާރިން. ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަނީ އަމިއްލަ މީހުންގެ ގޭގޭގަ ބޮޑުއަގުގަ ކުއްޔަށް ހިފާފަ. އޮފީސް އިމާރާތްތައް އަޅާނަމަ ގައިމު ޚަރަދުކުޑަވީސް. އެކަމަކުމަހެއްނުގަނެވޭ؟؟
އޮނަރަބްލް އަފީފު ދީދީ
16 April 2022
ކ.އަތޮޅު މާލޭ މީހުނަށް އަޅާދިން 300މ ޑޮލަރުގެ ބުރިޖުން ދައުލަތަށް އެންމެ ލޯލާރިއެއްވެސް މިހާތަނަށް ނުލިބޭއިރު އޭގެ މެއިންޓަނަންސަށް އަހަރަކު އެތައް މިލިޔަން ރުފިޔާ ޙަރަދުކުރޭ. # ރަށުމީހުން "ސެލްފީ ނަގާނެ ރީތިތަނެއް ހެދުމަށް" ހިކިފަސްތަނުގައި 80މ ޑޮލަރު ޙަރަދުކޮށްގެން 4 ބުރިޖް އަޅާފައި އޭގެދަށުން ކޮނެ ފެންދެމޭގޮތަށް ހެދިތަންތަނުން ޙަޒާނާއަށް މުކޮސްވެސް ނުލިބޭ. ރަށުމީހުންނަށް މިފަދަ އިސްރާފުނުކޮށް މަސްވެރިންބާނާ މަސް ގަނެ ސްޓޯރ ކުރެވޭގޮތް ހަދާބަލަ.
ހހހހހހހހހ
17 April 2022
ރަނގަޅަށް ނުވިސްނޭ، ގުނަންވެސް ނޭނގޭ ބޮޑު މޮޔައެއް.
މުހައްމަދު ޒ
16 April 2022
ތިވަރަށް ކިރައިގެން ބޮނޑެތި ދޯނޮފަހަރުން ލިބޭނީ ކޯންޗެއްތޯ. ބޮނޑުޚަރަދު ކޮށްގެން ޕްލާންޓް ބަހައްޓައިގެން އޮޑިވެރިން ބޮނޑެތި ލޯނުދައްކާއިރު ކިހިނެއް މިވަރުން އުޅޭނީ. ދެރަކަމެއް .
ބޭރުވެލާ
16 April 2022
ސަރުކާރު މަސް ކުންފުނީގެ ނާގާބިލުކަން ނޭގޭ ދިވެއްސެއް މަދުވާނެ..ބަޔާން ނެރެވިދާނެ ފުލުފުލުން...މަސްވެރިން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ކިރާނުލެވޭ.....