"ތޯ: ލަވް އެންޑް ތަންޑާ" ގެ ޕޯސްޓަރެއް.
19 އެޕްރީލް 2022 - 07:28
މާވެލް އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމު "ތޯ: ލަވް އެންޑް ތަންޑާ" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.
މާވެލްގެ ސުޕަހީރޯ "ތޯ އޮޑިންސަން" އަށް ހާއްސަކޮށް ގެނެސްދޭ އެ ފިލްމަކީ އޭނާގެ ހަތަރުވަނަ ސޯލޯ ފިލްމެވެ. އެ ފިލްމަކީ "ތޯ: ރެގްނޯކް" ގެ ސީކުއެލް އެވެ. އަދި މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ) ގެ 29 ވަނަ ފިލްމެވެ.
ޓީޒާއިން ފެންނަ ގޮތުގައި، އެ ފިލްމުގައި ދައްކާނީ އެމްސީޔޫގެ ފިލްމު "އެވެންޖާސް: އެންޑްގޭމް" ގައި ހިނގި ކަންތަކަށް ފަހު، ތޯ (ކްރިސް ހެމްސުވޯތު) އުޅޭ ގޮތެވެ.
"ތޯ" ގެ ކުރީގެ ފިލްމުތަކުން ވެސް ފެނުނު އެކްޓަރުން ކަމަށްވާ ކްރިސް ޕްރެޓް، ޓެސާ ތޮމްޕްސަން، ކެރެން ގިލަން، ވިން ޑީސެލް، ކޭޓް ބްލެންޝެޓް، ނެޓަލީ ޕޯޓަމަން އަދި މާކް ރަފްލޯ ފަދަ އެކްޓަރުން ފެންނާނެ އެވެ.
އެ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ޖުލައި މަހު އަށެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy