ޅައިމަގު: އެ ރަށުގެ އަންހެނެއްގެ މޫނަށް ރޭ ވަނީ ކެމިކަލް ޖަހާފައި.-- ފޮޓޯ: ގޫގްލް މެޕްސް
25 ޑިސެމްބަރ 2016 - 00:15
ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖެހި މައްސަލައިގައި ދެވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު މިރޭ ވިދާޅުވި ގޮތުގައި ޅައިމަގުން ހައްޔަރުކުރި ދެވަނަ މީހާ އަކީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަލައިގައި މިއަދު ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.
ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހުމުން، ފަރުވާ ދިނުމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު އެވެ.
އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު، ގޭގެ ބޭރު ދޮރު ހުޅުވައިލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހަކު ކަމަށް ވެ އެވެ. އެއީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނަސް، ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވި އެވެ. އެހެންވެ، އޭނާ އަށް މިހާރު އަންނަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
"އެކަން ކުރި މީހެއްގެ މަގުސަދެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ،" ލައިމަގު ކައުންސިލްގެ ރައީސް އަބްދުލްގަނީ ކުރިން "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ހަލީމާ އަކީ އެކަނި އުޅޭ މީހެކެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
26 December 2016
މިހާރު ހަލީމާގެ ހާލަކީ ކޮބައިތޯ އަޅޭ ނޫސްވެރިޔާ ސުވާލު ކޮށްލަބަލަ....
ކުރަންވީ
25 December 2016
ޅައިމަގަކީ ބައިމަދު އެކަަމަކު ކުށުގެ ރިކޯރޑް އިންތިހާ އަށް އިތުރު ތަނެކެވެ. މިއަހަރު އެރަށު ކުދި ބޮޑު އެންމެން ނިކުމެ ސްކޫލް ވެސް ވަނީ ބަންދު ކޮށްފައެވެ. އެރަށު މީހަކު މާލޭގެ މަޝްހޫރު އަމިއްލަ ކުންފުންނެއްގެ އެކައުންޓުން ސިއްރުން އެތައް މިލިއަން ރުފިޔާ އެއް ވަގަށް ނެގި ކަމަށް ވަނީ ޚަބަރު ތަކުން އެނގިފައެވެ. އަދި ވެސް އެމީހަކު ނުފެނޭ ކަމަށްވަނީ. ކަން މިހެން ހުރުމުން މިފަދަ ކަންކަން ޅައިމަގު ފަދަ ކުޑަ އާބާދީ އެއް އޮންނަ ރަށުގައި ކުށް ތައް ގިނައީ އެއީ ފުލުހުން މިފަދަ ކަންކަން އިންވެސްޓިގޭޓް ރަނގަޅަށް ނުކުރާތީއެވެ. މިފަދަ ކަންކަން ޖެހޭނެ ރަނގަޅަށް އިންވެސްޓިގޭޓް ކުރެވެން.
ދިވެހިން
25 December 2016
މިފަދަ ޖަރިިމާތަކަށް އެކަށީގެންވާ އަދަބުދެވެން ޖެހޭނެ. ތަމަޅަ ފިލްމުތަކުގެ ސްޓައިލް ދިވެހި މުޖުތަމައުގައި ޕްރޮމޯޓް ވާން ޖާގަނުދިނުމަށް މަސްއޫލު ފަރާތްތަކަށް އިލްތިމާސް ކުރަން.
ކަލްކްމޭން
25 December 2016
ކެމިކަލް ޖެހި މައްސަލައިގައި ދެވަނަ މީހަކު ހައްޔަރު ކުރުމުން މަމެން މިބަލާލަނީ ތިކަމުގައި ޝާމިލް ވަނީ ކިތައް މީހުން ކަމަށް ނަވަތަ ބޭނުން ކޮށްގެން. ތި ކެމިކަލް ހަމަލާ ދީފައިވަނީ އެއީ ފަތިހު 5:11 ގައެވެ. އެހެން ކަމަށްވާނަމަ ތިކަމުގައި އަދިވެސް ބަޔަކު ހިމެނޭނެއެވެ. ސްލީޕިންގް ޕާރޓްނަރުން ވެސް ތިބޭނެއެވެެ. މަދުވެގެން 5 މީހުން ގިނަ ވެގެން 11 މީހުން މީ ތިބޭނެ ކަމަށް ލަފާ ކުރެވޭ އަދަދަކީ. ދެން ތިކަން ރަނގަޅަށް ކޮރަޕްޝަން އޭގެ ތެރެއަށް ނުވައްދާ އިންވެސްޓިގޭޓް ކޮށްފިނަަމަ ތިކޭސްގެ ވާރޑިކްޓް ނެރެވެން ޖެހޭނެ 98 ދުވަސް ތެރޭގައި އިއްޔެ އިން ފެށިގެން. ސަބަބަކީ ތިކަން ހިނގީ އެއީ 12 ވަނަ މަހުގައި ކަމަށްވާތީ އެވެ. އެއީ ހިސާބު ނަވަތަ އިން ބަލާނަމަ 12 ގުނަކުރަން 8 ޕްލަސް 2 އީކްއަލް 98 އެވެ. 98 މިއަންނަނީ ނަވަތަ ހިސާބުން. އެހެން ކަމަށްވާނަމަ ޕޮލިހުން ވެސް އަދި ކަމާއި ބެހޭ އެހެން މުވައްސަސާ ތަކުން ވެސް ފަރުވާ ކުޑަ ނުކޮށް ފިނަމަ ތިކޭސް ގެ ވާރޑިކްޓް ނެރެވެން ވާނެ 24 ޑިސެމްބަރ 2016 އިން ފެށިގެން 98 ދުވަސް ތެރޭގައި.
ޕައިތަގޯރާ
25 December 2016
ކިހިނެެއްތޯ ވާނީ ތިހިސާބު ބަދަލު ކޮށްލާފަ 333 ދުވަހަށް ހެދިއްޔާ ، މާ ސަޅި ނަންބަރެއްނު އެއީ ، 98 ކަޑައޭ ، އެހެންވީމާ 12 ގުނަކުރަން 27 ޕުލަސް 9، އީކުއަލްސް 333 އެވެ. 333 މި އަންނަނީ ވާތު ހިސާބު އަކުރުންނެވެ. އެހެން ކަމުން 333 ދުވަސް ތެރޭ މިކަމެއް ނިމެން އެބަޖެހޭ. ހިހިހީ