މީރާއިން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: މިދިޔަ މަހު ޖަމާކުރި އާމްދަނީ ވަނީ ދަށްވެފައި. މިހާރު ފޮޓޯ: ނިޝާން އަލީ
21 އެޕްރީލް 2022 - 12:16
ރިސޯޓްތަކުން ދައުލަތަށް ލިބެން ޖެހޭ ސީދާ 17 ބިލިއަން ރުފިޔާ އަކީ ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ އެއްޗެއް ނޫން ކަމަށް މީރާ އިން ބުނެފި އެވެ.
މީރާގެ ޗެއާމަން އަހުމަދު ސަރުވާޝް ވިދާޅުވީ އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ފައިސާގެ ތެރެއިން ބޮޑު އަދަދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނުލިބި ހުރި ޖޫރިމަނާ އެވެ.
ދައުލަތަށް ނުލިބި ހުރި ކަމަށް އޮޑިޓް ރިޕޯޓްގައިވާ ޓޫރިޒަމްގެ އަދަދުތައް:
ރިސޯޓް ކުލި: 3.4 ބިލިއަން ރުފިޔާ
ރިސޯޓް ކުލީގެ ޖޫރިމަނާ: 13.4 ބިލިއަން ރުފިޔާ
ޖުމްލަ: 16.9 ބިލިއަން ރުފިޔާ
ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން އެއީ: 78 ޕަސެންޓް
ސަރުވާޝް ވިދާޅުވި ގޮތުގައި "އެއީ ލިބޭނެ އެއްޗެއް ކަމަށް ބަލައިގެން ތިއްބަސް ލިބޭނެ އެއްޗެއް ނޫނެ"ވެ. އޭގެ ސަބަބުތައް ވެސް އޭނާ އޮޅުންފިލުއްވައިދެއްވި އެވެ.
"ޓޫރިޒަމްގެ ޖޫރިމަނާތައް ވަރަށް ބޮޑު. އެއީ އަހަރަކަށް ބަލާއިރު 182 ޕަސެންޓް. ދުވާލަކަށް 0.5 ޕަސެންޓްގައި ޖޫރިމަނާވަމުން ދާނެ. އެހެން ގޮސް، އެ އަދަދުތައް ބޮޑުވަމުން ގޮސްފައި އެހުރީ،" އޭނާ ވިދާޅުވި އެވެ.
"މީރާގެ ނުލިބި ހުރި ހިސާބުތަކުން އެ ފެންނަން އެ ހުންނަނީ އެއީ މީރާ އަށް ވެސް މާފުކޮށްދެވޭނެ އެއްޗެއް ނޫން. އަނެއްކާ އޭގެ ޖޫރިމަނާ ބަޔަކީ މިހާރު އޮތް ގޮތުން ލިބޭނެ އެއްޗެއް ވެސް ނޫން."
އޭނާ ވިދާޅުވި ގޮތުގައި، ޖޫރިމަނާގެ ކަންތަކުގައި ސަރުކާރުން މީގެ ކުރިން ވަނީ، އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ވެސް ނިންމައިފަ އެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ގައި ޖޫރިމަނާ ވަމުން އަންނަ ނިސްބަތް ކުޑަކުރަން އޮތީ ނިންމައިފަ އެވެ.
"އޭރު ނިންމާފައި އޮތީ 0.0490 ޕަސެންޓަށް ޖޫރިމަނާ ބަދަލުކުރަން. އެއީ އަހަރަކަށް 18 ޕަސެންޓް. އެ ނިސްބަތުން ޖޫރިމަނާ ބަދަލުކޮށްފިއްޔާ ޖޫރިމަނާގެ ގޮތުގައި މީރާ އަށް ލިބެން ޖެހޭ ބައި ވަރަށް ބޮޑަށް ކުޑަވާނެ،" ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންސް އެގްޒެކެޓިވްގެ މަގާމުގައި ވެސް ހުންނެވި ސަރުވާޝް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ އަދަދަށް ބަދަލު އަޔަސް، ކުއްޔަށް ލިބެން ޖެހޭ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އަދި ވިދާޅުވީ ކުއްޔާއި ޖޫރިމަނާގެ ބޮޑު ބަޔަކީ ނުހެދި ރަށްރަށުން ލިބެން ޖެހޭ ފައިސާ ކަމަށެވެ.
"ހިންގަމުން ގެންދާ އެސެޓްތަކުން ހަމަ ބަރާބަރަށް ދައްކާކަން އަޅުގަނޑުމެންނަށް ފާހަގަ ވަނީ. މައްސަލަ މި ދިމާވަނީ ނުހެދި ހުރި ރަށްރަށުގެ. އަދި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އަދަދުގެ ތެރޭގައި ހިމެނޭނެ ކޮވިޑާ އެކު ކުލި ފަސްކޮށްދިން މުއްދަތުގެ ބައެއް ރެންޓްތައް ވެސް،" ސަރުވާޝް ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން ޖޫރިމަނާ ބޮޑުކަމުން އެތިއެތިކޮޅުން ވެސް ދައްކާ. އެހެން ތިބެލައިފައި ލާރިކޮޅެއް ލިބުނީމަ ވެސް ދައްކާލާނެ،" ސަރުވާޝް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
24 April 2022
އެކަހަލަ ލާރި ގިނަފަހަރަށް ކެމްޕެއިންއަށް ހަރަދުކުރާވަރަކުން ރައިޓްއޯފް ވަމުން ދާނީ. އެހެންވެ ނުދައްކާ ބަހައްޓާފަ އެހުންނަނީ.
ތިމާވެށި
23 April 2022
މީރާ އިން ވާހަކަ ދެއްކި މީހާ އެ ދެއްކި ވާހަކަ އަކީ އެހެން ގައުމެއްގަ ނަމަ އިސްތިއުފާ ދޭން ޖެހޭ ވަރުގެ ވާހަކަ އެކެވެ.
ހައްލ
22 April 2022
ޓެކްސް ދައްކަންވާދުވަހަށް ނުދެއްކީމަ، ރިސޯޓުއަތުލާގޮތަށްހަދާބަލަ. ދައްކާނެ.
ކެކެކެކެ
22 April 2022
ކެކެކެކެކެކެ
އަންނައުނު
22 April 2022
ޓޫރިޒަމް މިނިސްޓަރ މަޖްލީހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ. އިންސްޕެކްޝަނަށް ގޮސް ކައިބޮއެގެން ޗުއްޓީ ހަދާފަ ? ދިނުން މި މީހުނގެ ކަމަކީ. ސްޓާފުންގެ އެކޮމޮޑޭޝަނާ ނުގަވައިދުން ހިންގާ ޖަރީމާތައް މިމީހުން ފަސްއަޅާ ފޮރުވަނީ. ނުގަވާއިދުން ރާއްޖެ ވިއްކާ ޓެކުހަށް މަކަރު ހަދާއިރު އޮތޯރިޓީތައް ނިދަނީތަ؟ ނުވިތާކަށް ދޭން އޮންނވަރުވެސް މިވެރިން ނުދީ ކޮން ސަކަރާތެއް މި ޖަހނީ.
މުންޑު ގަނޑު.
22 April 2022
ކޮމެންޓަށް ބަލާލާފައި ޔަޤިންކުރެވޭ އަންނައުނު އަކީ ރިސޯތެއްގައި ތިަކްނަކން އިގޭ ހިސާބުގައި މަސައްކަތް ކުރާ މީހެއްކަން. ބުނެލަން ބޭނުންވަނީ މާދަމާ ވަޒީފާ ދޫކޮށްލާފައި ތިކަމާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް ނުވަތަ ތިޔަ ވައްކަން ކުރިމީހުން އެކަން ކުރިކަން ސާބިތުކޮށްދެވޭ ވަރުގެ ލިޔެކިއުންތަކެއް ނުވަތަ ހެކިތަކެއް ރައްކާކޮށްފަ ބަހައްތާށޭ.
ކޮރަލް
22 April 2022
ހަމަ ޖެހޭ ވާހަކަ އެއް ނޫނެވެ. ފައިސާ ނުދައްކާ ހުރި ފަރާތް ތަކުގެ ތަފްސީލް ހޯދަން މަސައްކަތް ކުރަން ވީ އެވެ. މިމީހުން ރިސޯޓް ތަކަށް ކުލި އަދި ޖޫރިމަނާ ނުދެއްކީމަ އެއްވެސް ކަމެއް ނުކުރެވެއެވެ. ޢެކަމު ތަން ހަވާލު ކުރަނީ އެއްބަސް ވުމެއް ހަދާފަ އެވެ. ކުލި ނުދައްކާ ތަން ތަން ސަރުކާރައް ނަގާ ބަލާށެވެ.
ލަމަޓާ
22 April 2022
ގަދަކަމުން ވެސް ނަގަންވާނީ އާއްމުން އަތުން. ނަމަ ނަމަ މަހުޖަނެއް އަތުން ނުނަނަގާތި. ސްޓިކާ ޖަހުވައިގެންނާ އެގޮތް މިގޮތުންވެސް ނިކަމެތި މީހާ ފެލާލާތި
ލުލު01
22 April 2022
ނިކަމެތިން ފެލާ ސަރުކާރު
ނޯތުހާބަރު
22 April 2022
ނިކަމެތި ރައްޔިތުން ފެލާ ސަރުކާރު މުއްސަންދިންގެ ސަރުކާރު
ފޫހި
21 April 2022
ޢެހެންވީއިރު އަހަރެމެންވއަތުން ވެސް ނުނަގާތި. ދެން ޓެކްސް ނުދައްކާނަން. ކޮންވައްތަރު