21 އެޕްރީލް 2022 - 12:27
އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން އުފައްދައިގެން އުޅޭ ނޭޓޯ އިން، ޔޫކްރޭންގެ ސަރަހައްދު ބޭނުންކޮށްގެން ރަޝިޔާ އަށް ބިރުދެއްކުން ހުއްޓައިލުމުން، ޔޫކްރޭނުގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލާނެ ކަމަށް، ރަޝިޔާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ އެލެކްސީ ޕޮލިޝްޗުކް ވިދާޅުވީ ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ޚާއްސަ ހަރަކާތްތައް، އޭގެ މަގްސަދު ހާސިލްވިހާ އަވަހަކަށް ހުއްޓައިލާނެ ކަމަށެވެ. އޭގެ ތެރެއިން އެއް މަގްސަދަކީ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުގައި ދިރިއުޅޭ، ސުލްހަ އަށް ލޯބިކުރާ ރައްޔިތުން ހިމާޔަތް ކުރުމެވެ.
އޭގެ އިތުރުން ޔޫކްރޭންގެ އަސްކަރީ ގާބިލްކަން ނައްތައިލުމާއި، ޔޫކްރޭނުން ނާޒީ އުސޫލުތައް ނައްތައިލުމަކީ ވެސް، މިހާރު ފަށާފައިވާ އަސްކަރީ ޚާއްސަ ހަރަކާތްތަކުގެ ވަރަށް މުހިންމު މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެފަދައިން ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ވެރިވެގަނެގެން ތިބުމުގެ ސަބަބުން ޔޫކްރޭންގެ ސަރަހައްދުގެ ތެރެއިން ރަޝިޔާ އަށް ކުރިމަތިވާ ނުރައްކާތައް ނައްތައިލުމަކީ ވެސް، ވަރަށް މުހިންމު މަގްސަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޔޫކްރޭންގެ ތެރެއިން ރަޝިޔާ އަށް ނުރައްކާތައް ކުރިމަތިވަނީ ކިހިނެއް ކަމެއް، އަދި އެއީ ކޮން ކަހަލަ ނުރައްކާތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން ފަށާފައިވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދަނީ ކުރިން ވެސް ރާވާފައިވާ ގޮތަށް ކަމަށާއި، އޭގެ މަގްސަދުތައް ފުރިހަމަ އަށް ހާސިލްވަމުން އަންނަ ކަމަށެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ. އަންނަ އާދީއްތަ ދުވަހަށް ދެ މަސް ފުރޭ އިރު، ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން، ޔޫކްރޭންގެ އެތައް ހާސް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ އިތުރުން ފަސް މިލިއަނެއްހާ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޝްރަފް
24 April 2022
ރަސިޔާގެ ވެރިކަމުގައި އެ ތިބީ ވަރަށް އަނިޔާވެރި ލާ އިންސާނީ ބައެއް. އެއްވެސް ކަމަކާ ނުލައި މިނިވަން ގައުމަކަށް އަރާ އެތައް ބައެއް މަރާ ތަން ސުންނާފަތި ކޮއްލުން އެއީ އެމީހުން ގެ ލާއިންސާނީ ކަން.
މުރީދު
23 April 2022
މި ހަނގުރާމައިގެ ބިރުވެރިކަމަކީ މި ހަމަލާތަށް ކޮންޓްރޯލުން ނައްޓައިގެންގޮސް އެއްވެސްފަރާތަކުން ގޮތްދޫނުކޮށް ނިޔުކްލިޔާ ހަނގުރާމައަކަށް ބަދަލުވެދާނެތީއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެއްޔާ މިދުނިޔެ މިހާރު މިއޮތްގަޮތަށް އޮތުމަކީ ނާދިރުކަމެކެވެ.
ކޮރަލް
21 April 2022
އެމެރިކާ އާއި ނޭޓޯއިން ހިއްވަރު ދީގެން ޔުކްރޭން ރައީސް ގޮތް ދޫ ބުކުރުމުން ފެށުނު ހަނގުރާމަ އެކެވެ. މިއަދު އެހީ ވާން އެމެރިކާ އެއްވެސް ނޭޓޯ އެއްވެސް ނެތެވެ. މަރުވަމުން ދަނީޔޫކްރޭން މީހުނެވެ. ގައުމު ސުންނާ ފަތި ވެއްޖެ އެވެ.
ގައުމުބެ
22 April 2022
ގައުމެއް އުފެދި މިނިވަންކަން ސާބިތު ކުރެވިފައިވަނީ ޖާނާ މާލުން ގުރުބާން ވެގެން. އޭރުވެސް މިހާރުވެސ. ބޮޑު ސާރިދޯޅުގެ ވަކިތަކުން ސަލާމަތް ވެވޭ އިރު ޒަހަމްތަކެއް ވާނެ.
ޑައިޜޚ
21 April 2022
ރަށިޔާ ބޯޑަރުގަ ބޮޑު އަސްކަރީ ފައުޖެއް ބާއްވާކަ ރަށިޔާއެއްނުދޭނެ. ނޯވޭ އާއި ސުއިޑުން ވެސް ނޭޓޯ އާގުޅެން އެއުޅެނީ. މީހަމަ ރަށިޔާއާ ދެކޮޅައް ނޭޓޯ ހަގުރާމަ އިއުލާން ކުރުން ކަހަލަކަމެއް. އަހަރުންނަ ވަރަށް އަށަރުކުރޭ، މިއަދުވެސް ޕެޓްރޯލް ލީޓެރެއް އުޅެނީ ގައިގަޑަކަ 17ރ. ފުލްކޮއް އެޅެނީ 55ރ. ނޭޓޯގެ އުދޮގުލާހެދި މިއަހަރު ނިމޭއިރު 100ރ އަޅަން ޖެހިދާނެ. އެންމެން މައިތިރި ވެބަލަ.
ޑައިރިއާ
23 April 2022
ދެވަނަ ބޮޑުހަނގުރާމައިގެ ފަހުންވެސް މިވީހާދުވަހު ސްވިޑްން އާއި ނޯވޭ ނޭޓޯގައި ބައިވެރިއެއްނުވޭ. ބައިވެރިވާކަށް ބޭނުމެއްވެސް ނުވޭ. ނަމަވެސް މިފަހަރު ރަޝިޔާއިން ޔޫކްރޭންއަށް އަރައިގަތީމައި އެކަމާއި ބިރުން އެ 2 ގައުމުންވެސް މިހާރު ވިސްނަނީ ނޭޓޯގައި ބައިވެރިވާން. އެހެންވީމައި މިކަމުގައި ރަޝިޔާގެ ޒިންމާވެސް ވަރަށް ބޮޑު.
ބަޑީ
21 April 2022
ރަޝިޔާއަކީވެސް އިޒްރޭލްގެ ބަޑީއެއް. "ޔޫކްރޭނުން ނާޒީ އުސޫލުތައް ނައްތައިލުމަކީ ވެސް، މިހާރު ފަށާފައިވާ އަސްކަރީ ޚާއްސަ ހަރަކާތްތަކުގެ ވަރަށް މުހިންމު މަގްސަދެއް" މާނައަކީ އިޒްރޭލްއާ ދެކޮޅު އުސޫލުތައް ނައްތާލުން.
ލެއްގިކޮމިޝަނަރ
21 April 2022
ރަސިޔާއަކީ ދަތްނެތް ސިންގާއެކޭ ބުނެވެނީ މިހެންގެނޭ. ނޭޓް ބިރުދައްކަނީއޯ؟ ކުރިންބުނީ ތިމަންނަމެން ބިރުގަންނަވާ ލެވޭނެވަރުގެ ބައެއްނޫޅޭނެޔޭ. މިހާރުމިއެގުނީ ނޭޓޯއިން ފޮޑިއެއް ޖަހާލިޔަސް ރަސިޔާ ބިރުން ތުރުތުރުއާޅާކަން. ސޯވިއެޓް ޒަމާނުގެ ދަބަރުޖަހާފަހުރި ހަތިޔާރުން މިޒަމާނަކު ހަނގުރާމައެއް ނުކުރެވޭނެކަން ވިސްނިގެން މިހާރު އެއުޅެނީ ލަދުން ސަލާމަތްވާނެ ގޮތެއްހޯދާފަ ހަނގުރާމަ ހުއްޓާލަންހެން ހާދަހީވެޔޭ. ބޮޑުބާރުގެ ލަގަބުވެސް މިފަހަރު ގެއްލޭނެ.
އޮޔާދިޔަކަމިޝަނަރު
24 April 2022
ކަލެޔަށް ތިއޮތީ ވަރަށް އެގިފަ.
ބީރުބޮލު ވަޒީރު.
21 April 2022
ބައެއް މީހުނަށް ހީވެފައި އޮތީ މި ހަނގުރާމައިގާ ރަސިއާ މުޅިންވެސް ބޭނުންކުރަނީ ސޮވިއެޓް ދުވަސްވަރުގެ ބާ ހަތިޔާރޭ. އެއީ މުޅިން ކުށްހީއެއް ނޫން. ރަސިޔާއަށް ޔަގީންވޭ މި ހަނގުރާމައަށް އެމެރިކާ އަދި ޔޫރަޕް ވަންނާނެކަން. އެމެރިކާގެ ފައިސާގެ ނިޒާމް ފުނޑިގެން ދާއިރު އެމީހުންނަށްވެސް ނުތިބެވޭނެ. މިއީ ހަގީގަތް. އެދުވަހަކުން ފެންނާނެ ޒަމާނީ ހަނގުރާމައެއް. ސުޓާރވޯސް ކަހަލަ ފިލްމަކާ ވައްތަރުވާނީ. ހުސައިންގެ ކޮމެންޓެއް ތާއީދު. ސަލީމް އިދުރީސަށް ނޭގެނީ.
ހުސެން
21 April 2022
ކުރިޔަށްއޮތްތަނުގައި ހަނގުރާމަ ފުޅާކޮށް ވަރުގަދަވާނެކަމަށް އަޅުގަނޑު ލަފާކުރަނީ، ސަބަބަކީ އެމެރިކާއަކަށް ތިޔަކަމުގެ ތެރެއަށް އަމަލީގޮތުން ބޭނިނުގަނެ ކެތެއްނުވާނެ، އަދި ހަނގުރާމަ ހުއްޓޭކަށްވެސް އެމެރިކާބޭނުމެއްނުވޭ، ނަމަވެސް އެމެރިކާއަށް ރަޝީޔާއާ ކުރިމަތިލެވޭނެ ގާބިލުކަން ނެތީމާ އަނގަތަޅަންތިބީ މަސައްކަތް ކުރަމުން އެދަނީ ރަޝިޔާއާ ކުރިމަތިލިމަށް އެމެރިކާއަށް ބައިއަތު ހިފާނެ ގައުމުތައްވޭތޯ، ޗައިނާ އަދި އިންޑިޔާ އަރާކޮޅެއް ހަނގުރާމަ ކާމިޔާބުކުރާނެ
ރައްޒާގު
24 April 2022
ހަގުރާމަޔަކަށް ތާއީދެއް ނުކުރަން.